ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާމަން ހިމެނޭ ގޮތަށް އެ ކުންފުނީގެ ފަސް ނޮން އެގްޒެކެޓިވް ޑައިރެކްޓަރަކު ކުއްލި ގޮތަކަށް މިއަދު މަގާމުން ވަކިކޮށްފި އެވެ.
25 ޖެނުއަރީ 2024
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާމަން ހިމެނޭ ގޮތަށް އެ ކުންފުނީގެ ފަސް ނޮން އެގްޒެކެޓިވް ޑައިރެކްޓަރަކު ކުއްލި ގޮތަކަށް މިއަދު މަގާމުން ވަކިކޮށްފި އެވެ.
މިއީ ބީއެމްއެލްގެ ތާރީހުގައި ސަރުކާރު ތަމްސީލުކުރާ ޑައިރެކްޓަރުން އެއްފަހަރާ ވަކިކުރި ފުރަތަމަ ފަހަރެވެ.
ސަރުކާރު ހިއްސާވާ ބީއެމްއެލް ބޯޑުގެ އެގްޒެކެޓިވް މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު ވަކި ކޮށްފައިވާ ކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބީއެމްއެލް އަށް މިއަދު ވަނީ އަންގައިފަ އެވެ.
ޑިރެކްޓަރުގެ ބޯޑުން ވަކިކޮށްފައިވަނީ ޗެއާމަން ޔޫޝާއު ސައީދާއި ބޯޑު މެމްބަރުން ކަމަށްވާ ޖުވޭރިޔާ ސައީދާއި އަބްދުﷲ ހަސަނާއި އައިޝަތު ސަޖުނީ އާއި އަބްދުﷲ ހުޝާމު ޝަރީފެވެ.
އެކަމާ ގުޅޭގޮތުން ޕީސީބީގެ ރައީސް ހަމްދީ އަގީލް ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ ބޯޑު މެންބަރުން ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަ ބާރުގެ ދަށުން ކަމަށެވެ.
ޕީސީބީ މަސައްކަތް ކުރަނީ މިނިވަން އިދާރާއެއްގެ ގޮތުގައި ކަމަށް ވީ ނަމަވެސް، އެ އިދާރާގެ ބޯޑުން ވަނީ ކުންފުނިތަކަށް ޑިރެކްޓަރުން ކަނޑައެޅުމުގެ ބާރު ދޫކޮށްލައިފަ އެވެ. ޕީސީބީގެ ބޯޑުން ފާސްކޮށްފައި ވަނީ ކުންފުނިތަކުގެ އިސްވެރިން ކަނޑައެޅުމަށް ނަން ފޮނުވާނީ ރައީސްޖުމްހޫރިއްޔާ ކަމަށެވެ.
ބީއެމްއެލް އިން ބުނީ ބޯޑު މެންބަރުން ވަކިކުރި ނަމަވެސް، ކުންފުނީގެ ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އެއްވެސް ދަތިތަކެއް ކުރިމަތިނުވާނެ ކަމަށެވެ.
ކުންފުނީގެ ބޯޑުގެ މެޖޯރިޓީ މެންބަރުން ވަކިކޮށްފައި މިވަނީ ބޭރުގައި ކިޔަވާ ކުދިންނަށް ބީއެމްއެލް ކާޑު ބޭނުން ކުރެވޭ ލިމިޓު 750 ޑޮލަރުން 1،200 ޑޮލަރަށް ބޮޑު ކުރުމުގެ މަސައްކަތް ބޭންކާ ގުޅިގެން ސަރުކާރުން ކުރަމުން ދަނިކޮށެވެ.
ސަރުކާރުން ބޭނުންވި ނަމަވެސް ބީއެމްއެލްގެ އެފަދަ ނިންމުންތައް ނިންމުމުގެ ބާރު އޮންނަނީ ބޯޑަށެވެ. ޗެއާމަނާ އެކު ފަސް ޑައިރެކްޓަރުން ވަކި ކުރުމުން ބޯޑުގައި މި ވަގުތު ތިއްބަވާނީ ފަސް މެންބަރުންނެވެ.
އެއީ ކުންފުނީގެ ސީއީއޯ ކާލް ސްޓުމްކާ އާއި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނާއި އާންމު ހިއްސާދާރުން ތަމްސީލު ކުރައްވާ އަބްދުﷲ ނަސީމާއި އަހުމަދު މުހައްމަދު އަދި އިބްރާހިމް މުހައްމަދެވެ. ކުންފުނީގެ ހިންގާ ގަވާއިދު އޮންނަ ގޮތުން ބޯޑުން ދެން އެއްވެސް ނިންމުމެއް ނިންމޭނީ އާ ޑިރެކްޓަރުން ބޯޑަށް އައްޔަނު ކުރުމަށް ފަހު އެވެ.
ބޯޑަށް އަލުން މެންބަރުން އައްޔަން ކުރަން އާންމު ހިއްސާދާރުންނާ އެކު ކުންފުނީގެ އާންމު ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ.
ބީއެމްއެލްގެ ޗެއާޕާސަން، ބޯޑު މެމްބަރުން އައްޔަނުކޮށްފި
ފައިސާގެ މުއާމަލާތްތަކުގެ 99 ޕަސެންޓު ޑިޖިޓަލް:ޝަރީފު
ބީއެމްއެލްއިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކާ
ޓޫރިޒަމަށް މިހާރު ދޫކޮށްފައިވާ ލޯނު 8 ބިލިއަނަށް އަރާ
58 ޕަސެންޓު މީހުން ފައިސާ ޖަމާކުރަނީ ބީއެމްއެލްގައި
ބީއެމްއެލް އިން ހިއްސާއަކަށް 55ރ. ބަހަން ނިންމައިފި
ބީއެމްއެލްގެ ބޯޑަށް ތިން ބޭފުޅުން އައްޔަންކޮށްފި
ބީއެމްއެލްގެ ބޯޑު މެމްބަރު ސަޖްނީ އިސްތިއުފާ ދެއްވައިފި
ބީއެމްއެލްގެ އިތުރު އީޖީއެމެއް އަންނަ މަހު 21 ގައި
ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި