Roadha Mihaaru
ފޯ ސީޒަނުން ތަޖުރިބާ އާއި ތަމްރީން 700 ދަރިވަރަކަށް

ފޯ ސީޒަންގެ ތަޖުރިބާ އާއި ތަމްރީނު 700 ދަރިވަރަކަށް

28 މެއި 2022

ރާއްޖޭގައި ހިންގާ ފޯ ސީޒަންގެ ރިސޯޓުތަކުގެ ހޮސްޕިޓާލިޓީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން މިދިޔަ 20 އަހަރުގެ ތެރޭގައި 700 މީހުން ތަމްރީނު ހޯދައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ހިންގާ ފޯ ސީޒަންގެ ރިސޯޓުތަކުގެ ހޮސްޕިޓާލިޓީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން މިދިޔަ 20 އަހަރުގެ ތެރޭގައި 700 މީހުން ތަމްރީނު ހޯދައިފި އެވެ.

ފޯ ސީޒަނުން 2001 ވަަނަ އަހަރުން ފެށިގެން ހިންގާ އެ ޕްރޮގްރާމުގައި ޓޫރިޒަމްގެ އެކި ދާއިރާތަކުން ތަޖުރިބާ ހޯދައި، އަމަލީ މާހައުލުން ކަންކަން ދަސްކުރުމުގެ ފުރުސަތު ފޯރުކޮށްދެ އެވެ. މި އަހަރުގެ ޕްރޮގްރާމްގައި ވެސް 40 ދަރިވަރަކު ބައިވެރިކުރި އެވެ.

ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.

ފޯ ސީޒަންގެ މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ރީޖަނަލް ވައިސް ޕްރެޒިޑެންޓް އަރުމަންޑޯ ކްރޭންޒްލިން ވިދާޅުވީ، ހޮސްޕިޓާލިޓީ ދާއިރާގައި މިހާރު މަސައްކަތް ކުރާ ކާމިޔާބު އެތައް ބަޔެއް އުފެދިގެން ދިއުމަކީ އެ ރިސޯޓަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ފޯ ސީޒަންގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އަރުމަންޑޯ ކްރޭންޒްލިން ވާހަކަ ދައްކަވަނީ: އަންނަ އަހަރުގެ ޕްރޮގްރާމުގައި 65 ކުދިން ވަނީ ބައިވެރިވެފައި--ފޮޓޯ:ނިޝާން އަލީ/މިހާރު

ފޯ ސީޒަންގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އަރުމަންޑޯ ކްރޭންޒްލިން ވާހަކަ ދައްކަވަނީ: އަންނަ އަހަރުގެ ޕްރޮގްރާމުގައި 65 ކުދިން ވަނީ ބައިވެރިވެފައި--ފޮޓޯ:ނިޝާން އަލީ/މިހާރު

"މި ޕްރޮގްރާމުގެ ބައެއް ބައިވެރިންނަކީ މިހާރު ކާމިޔާބު ވިޔަފާރިވެރިން. މީހުން ތަރައްގީ ކުރުމަކީ މި ދާއިރާގެ އެންމެ މުހިއްމު ކަންތައް. އަދި ރާއްޖޭގެ ޒުވާނުންނަށް މި ދާއިރާ އިން ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއަށް ގެންދިއުމަށް އޮތް މަގެއް،" އޭނާ ވިދާޅުވި އެވެ.

ފޯ ސީޒަންގެ ދެ ރިސޯޓެއް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. އެއީ ލަނޑާގިރާވަރާއި ކުޑަ ހުރާ އެވެ. ލަނޑާގިރާވަރުގެ ޑިރެކްޓަރު އޮފް ޕީޕަލް އެންޑް ކަލްޗާ ރާޖަން ވިޝްވަނާތަން ވިދާޅުވީ، ފޯ ސީޒަންގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ދަރިވަރުން ނަގަނީ އެ މީހުންނާ އިންޓަވިއުކޮށް، ޝައުގުވެރިކަން ހުރި ދާއިރާތައް ވަރަށް ބޮޑަށް ދެނެގަތުމަށް ފަހު ކަމަށެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ގްރެޖުއޭޓްވީ ބައެއް ދަރިވަރަކާ، ފަސްޓް ލޭޑީ ފަޒްނާ މިއަދު ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ.---ފޮޓޯ:ނިޝާން އަލީ/މިހާރު

އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ގްރެޖުއޭޓްވީ ބައެއް ދަރިވަރަކާ، ފަސްޓް ލޭޑީ ފަޒްނާ މިއަދު ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ.---ފޮޓޯ:ނިޝާން އަލީ/މިހާރު

"މި ގޮތަށް ކުދިން ނެގުމަށް ފަހު، އެކުދިންނަށް ވަކި ވަކި މެންޓާސްތައް ހަމަޖައްސަން،" އޭނާ ވިދާޅުވި އެވެ.

ރާޖަން ވިދާޅުވިގޮތުގައި، ކޮވިޑާ ގުޅިގެން ކޮންމެވެސް ވަރެއްގެ ދަތިތަކެއް އެ ޕްރޮގްރާމަށް ކުރިމަތިވި ނަމަވެސް، މިދިޔަ ދެ އަހަރު ތަމްރީނު ދިނެވެ. އެއީ ވެސް އެ ޕްރޮގްރާމަށް ފޯ ސީޒަނުން ދޭ އަހައްމިޔަތު ކަން ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރު ގްރެޖުއޭޓްވި ދަރިވަރުންނަށް މެރިޓައިމް ކޯސްތަކެއް ވެސް ހިންގި އެވެ. އޭގެ ތެރޭގައި ނިޔަމި ކޯހާއި މެރިން މެކޭނިކް ލެވެލް 3 ކޯސް ހިމެނެ އެވެ.

އަންނަ އަހަރަށް ހިންގާ ޕްރޮގްރާމުގައި ރާއްޖޭގެ 30 ރަށަކުން 65 ދަރިވަރަކު ވަނީ ނަގައިފަ އވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ގްރެޖުއޭޓްވީ ބައެއް ދަރިވަރަކާ، ފަސްޓް ލޭޑީ ފަޒްނާ މިއަދު ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ.---ފޮޓޯ:ނިޝާން އަލީ/މިހާރު

އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ގްރެޖުއޭޓްވީ ބައެއް ދަރިވަރަކާ، ފަސްޓް ލޭޑީ ފަޒްނާ މިއަދު ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ.---ފޮޓޯ:ނިޝާން އަލީ/މިހާރު

ފޯ ސީޒަަނުން ހިންގާ ޕްރޮގްރާމް 2010 ވަނަ އަހަރު ވަނީ ސަރުކާރުން ބަލައިގަންނަ ލެވެލަށް ގެންގޮސް، އެކްރެޑިޓް ކޮށްފަ އެވެ. އެ ޕްރޮގްރާމުގައި އުމުރުން 17-20 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން އޯ ލެވެލް ނިންމައި، ދިވެހި އަދި އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭ ކުދިންނަށް ބައިވެރިވެވޭނެ އެވެ.

ފޯ ސީޒަންގެ ހޮސްޕިޓާލިޓީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ފުޑް އެންޑް ބެރެރޭޖާއި ހައުސްކީޕިން އާއި ގެސްޓް ސާވިސް އާއި ފްރޮންޓް އޮފީހާއި ޕެޑި ޑައިވް މާސް އާއި މެރިޓައިމް ދާއިރާއިން އަމަލީ ތަޖުރިބާ ލިބޭނެ އެވެ.