23 މެއި 2022
ރ. އަލިފުށީގައި އެއާޕޯޓެއް އެޅުމަށް ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފެށުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
ރ. އަލިފުށީގައި އެއާޕޯޓެއް އެޅުމަށް ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފެށުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
އެމްޓީސީސީން ހިންގާ މި ބިޔަ މަޝްރޫއުގެ ބިން ހިއްކުމުގެ ކުރިން ކުރަން ޖެހޭ ފުރަތަމަ މަސައްކަތްތައް މިއަދު ވަނީ ފަށައިފަ އެވެ. އެއީ ބިން ހިއްކަން ޖެހޭ ސަރަހައްދު ވަކި ކުރުމުގެ މަސައްކަތެވެ.
އެ މަޝްރޫއަށް 451 މިލިއަން ރުފިޔާ ހަރަދުވާއިރު، މަޝްރޫއުގެ ދަށުން 50.5 ހެކްޓަރުގެ ސަރަހައްދުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރެއިން އެއާޕޯޓް އެޅުމަށް 40.5 ހެކްޓަރުގެ ބިން ވަނީ ކަނޑައަޅައިފަ އެވެ. އަދި ބާކީ ހާއްސަކުރާނީ އަލިފުށީގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް ކަމަށް އެމްޓީސީސީން ބުންޏެވެ.
ހިއްކާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 2،871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 480 މީޓަރުގެ ގްރޮއިންއެއް ހެދުން ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.
އެމްޓީސީސީން ބުނިގޮތުގައި، އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އަކާއި، ސެކިއުރިޓީ ފެންސް، ޓެކްސީވޭ އަދި ސާވިސް ރޯޑު ހެދުމުގެ މަސައްކަތުގެ އިތުރުން ޓާމިނަލް އިމާރާތުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަލިފާން ނިއްވާ ސާމާނާ އެކު އެކަމަށް ހާއްސަ ކޮށްފައިވާ އިމާރާތް އެޅުމުގެ މަސައްކަތް ވެސް ކުރާނީ އެ ކުންފުނިންނެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސަރުކާރުން އެމްޓީސީސީ އާ މި މަޝްއޫރު ހަވާލުކުރި އިރު، މަސައްކަތް ނިންމަން އެއްބަސްވެފައި ވަނީ ގާތްގަނޑަކަށް ދެ އަހަރު ދުވަހެވެ.
އަލިފުށީ އެއާޕޯޓް، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައި
އަލިފުށީ އެއާޕޯޓް ޓާމިނަލްގެ ބިންގާ އަޅައިފި
"އެއާޕޯޓާއެކު އަލިފުށި އިގުތިސޯދީ ހަބަކަށް ވާނެ"
ބިޔަ މަޝްރޫއާ އެކު އަލިފުއްޓަށް އުފާވެރިކަން
އަލިފުށީގެ ބިން ހިއްކަން ވަރަށް އަވަހަށް ފެށޭނެ:އާޒިމް
އަލިފުށީގެ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އަށް
އިސްދޫ ބަނދަރު މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި
މިރޭ 1 ޖަހަންދެން އެއާޕޯޓަށް ބަސް ދަތުރު ބާއްވަނީ
"ރަސްމީ ފާލަން މަސް ދުވަހުގެ ތެރޭގައި ނިމޭނެ"
ރަސްމީ ފާލަމުގެ ސްޓްރަކްޗާ ފްރޭމް ނިމިއްޖެ