22 މެއި 2022
މަނީ ލޯންޑަރިންގެ ބޮޑު ތުހުމަތެއް ކުރެވޭ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީގެ މައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް މިއަދު ހުށަހަޅައިފި އެވެ.
މަނީ ލޯންޑަރިންގެ ބޮޑު ތުހުމަތެއް ކުރެވޭ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީގެ މައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް މިއަދު ހުށަހަޅައިފި އެވެ.
އެ ކޮމެޓީގެ މެމްބަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް "މިހާރު" އަށް ވިދާޅުވީ މުޖުތަމައު ގަބޫލުކުރާ މިންގަނޑު އަބުރުވެރި، އަހުލާގު ރަނގަޅު މީހެއް ކަމަށް ވުމަކީ މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ ސިފަތަކުގެ ތެރޭގައި ގާނޫނުގައި ހިމެނޭ ކަމަށްވާއިރު، ޝަހުބާން މިހާރު އެއާ ހިލާފުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
"ގާނޫނުގައި ބުނާ ޝަރުތުތައް، ޝަހުބާންގެ މިހާރު ފުރިހަމަ ނުވާތީ މިހާރު އެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ހުށަހަޅައިފިން،" އުޝާމް ވިދާޅުވި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ މެމްބަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އެ ކޮމެޓީގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ޝަހުބާންގެ މައްސަލަ އޭނާ ވަނީ ކޮމެޓީ އަށް ހުށަހަޅައިފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
"މަނީ ލޯންޑަރިންގެ ތުހުމަތަކީ ވަރަށް ސީރިއަސް ތުހުމަތެއް. ގާނޫނުގައި ބުނާ ސިފައެއް އުނިވުމަކީ މަގާމުން ވަކިވާނެ ސަބަބެއް،" އޭނާ ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވި އެވެ.
މީޑިއާ ކައުންސިލްގެ ގާނޫނު ބުނާ ގޮތުން އެ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވާ ފަސް ގޮތެއް އޮވެ އެވެ. އެއީ؛
1. ދައުރު ހަމަވުމުން.
2. އިސްތިއުފާދިނުމުން.
3. ކައުންސިލުގެ މެމްބަރުކަމުން ވަކިކުރުން.
4. މަރުވުމުން.
4. މެމްބަރެއްގައި ހުރުމަށް އެ ގާނޫނު ލާޒިމުކުރާ ސިފައެއް އުނިވުމުން.
ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު ޝަހުބާންގެ އިތުރުން އޭނާގެ ބޭބެ، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ވެސް ކުރެ އެވެ.
އެ މައްސަލައިގައި ދެ މީހުން ވެސް ފުލުހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.
އެފަދަ ސީރިއަސް ބޮޑު ތުހުމަތެއް ކުރެވޭއިރު ވެސް، ޝަހުބާން އަދިވެސް މަގާމުގައި ހުންނެވުމުން، ބައެއް ނޫސްތަކުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ތުހުމަތުތައް ދޮގުކުރައްވަމުން ޝަހުބާން ކުރިން ވިދާޅުވީ އެމްއެމްސީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް އޭނާގެ ނެތް ކަމަށެވެ. ފަހުން ގުޅުމުން އޭނާގެ ފޯނަކަށް ޖަވާބެއް ނުދެއްވަ އެވެ.
މީޑިއާ ކައުންސިލް ހާޒިރުކުރި ކޮމިޓީ ސިއްރު ކޮށްފި
ޝަހުބާން ވަކިކުރަން މި ފަހަރު ވެސް ފާހެއް ނުވި!
ޝަހުބާންގެ އިސްތިއުފާއަށް ގޮވާލައި ގަރާރެއް ނެރެފި
"ބޮޑު ތުހުމަތެއް، ޝަހުބާން އިސްތިއުފާ ދޭންޖެހޭނެ"
މައްސަލަ ބަލަން އެންގީ ކޮމިޓީން ނިންމައިގެނެއް ނޫން
މީޑިއާ ކޮމިޝަންގެ ހިޔާލާ މެދު މީޑިއާތަކުން ކަންބޮޑުވޭ
ޖިންސީ ގޯނާ މައްސަލާގައި މަޖިލިހުން މީޑިއާތަކާ ދެކޮޅަށް
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
ބިލަކީ ނޫސްވެރިކަމަށް ބިރެއް، އަނބުރާ ގެންދަން ޖެހޭ