22 މެއި 2022
އާ ސީޕްލޭން ޓާމިނަލް ހުޅުވުން ލަސްވަނީ ޕްރައިވެޓް ލައުންޖުތަކުގެ މަސައްކަތްތައް ނުނިމޭތީ ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.
އާ ސީޕްލޭން ޓާމިނަލް ހުޅުވުން ލަސްވަނީ ޕްރައިވެޓް ލައުންޖުތަކުގެ މަސައްކަތްތައް ނުނިމޭތީ ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު، ހަސަން އަރީފު ވިދާޅުވީ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތުގެ ގާތްގަނޑަކަށް 99 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އެތަން ބޭނުން ކުރުން ލަސްވަމުންދަނީ، ޕްރައިވެޓް ލައުންޖުތަކުގެ މަސައްކަތްތައް އެއްކޮށް ފުރިހަމަ ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި ޓީއެމްއޭ އާއި މަންޓާއިން އަންނަނީ އާ ސީޕްލޭން ޓާާމިނަލްގައި، އޮފީހުގެ މަސައްކަތްތައް ކުރަމުންނެވެ. އެ ޓާމިނަލްގެ އޮޕަރޭޝަން ދެން ލަހެއް ނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އާ ސީޕްލޭން ޓާމިނަލް އޭޕްރީލް މަހު ބޭނުން ކުރަން ފަށާނެ ކަމަށް ކުރިން ބުނެފައިވީ ނަމަވެސް އެމްއޭސީއެލް އިން ވަނީ އެތަން ހުޅުވުން ލަސްކޮށްފަ އެވެ.
އެ ކުންފުނިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީކުރި އާ ސީޕްލޭން ޓާމިނަލްގައި ލައުންޖާއި އެހެން ކަންކަމަށް ބޭނުންކުރެވޭ ގޮތަށް 28،000 އަކަމީޓަރުގެ ޖާގަ ހިމެނެ އެވެ. ހަތަރު ބުރީގެ މި ޓާމިނަލްގައި 54 ލައުންޖް ހުރެ އެވެ. މިތަން ތަރައްގީކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލު ކޮށްގެންނެވެ. އެ ޓާމިނަލުން ހަތަރު އޮޕަރޭޓަރުންނަށް އެންމެ ފުރިހަމައަށް ޖާގަ ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ. އާ ޓާމިނަލްގެ ޕްލޭން ޖެއްސުމަށް ހަދާފައިވާ ލެގޫން ސަރަހައްދަށް އެއްފަހަރާ 100 ބޯޓަށް ހިދުމަތް ދެވޭނެ އެވެ.
"ނޫވިލު" ސީޕްލޭން ޓާމިނަލުން ސިފަ ވަނީ ރާއްޖޭގެ މޫދު
އާ ސީ ޕްލޭން ޓާމިނަލްގެ ޓްރަޔަލްތައް ފަށައިފި
އެއާޕޯޓް ޕްރޮޖެކްޓް ލަސްކުރަނީ ގަސްދުގައި: ސައީދު
އާ ސީޕްލޭން ޓާމިނަލް މި އަހަރު ހުޅުވާނެ
އާ ސީޕްލޭން ޓާމިނަލުގައި ލައުންޖު ހިންގަން ހުޅުވާލައިފި
ޓާމިނަލް ދޫކުރުމަށް އާ ލަފައެއް ބޭނުމެއް ނެތް:ޔައުގޫބު
ސީޕްލޭން ޓާމިނަލް ދޫކުރަން އޭސީސީގެ ލަފަޔަކަށް އެދިއްޖެ
ޓާމިނަލް މައްސަލާގައި އާދިލް ހުރިހާ ކަމެއް ދިފާއުކޮށްފި
އެމްއޭސީއެލްގައި އޮތީ އިބްރާހިމްގެ ނުފޫޒު: މުޖުތަބާ
ދިވެހިންނަށް ގެއްލުންވާ ފަދަ ކަމެއް ނުކުރަން: ސައީދު