21 ޖޫން 2020
އެމްއޭސީއެލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިމާރާތް ކޮށްފައިވާ އާ ސީ ޕްލޭން ޓާމިނަލް ދޫކުރުމާ މެދު އޭސީސީގެ ލަފަޔަކަށް އެދިފައިވާ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.
އެމްއޭސީއެލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިމާރާތް ކޮށްފައިވާ އާ ސީ ޕްލޭން ޓާމިނަލް ދޫކުރުމާ މެދު އޭސީސީގެ ލަފަޔަކަށް އެދިފައިވާ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) ން ބޭއްވި ބައްދަލުވުމެއްގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑައިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ، އޭސީސީގެ ލަފަޔަކަށް އެދުނީ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރަން ފިނޭންސް މިނިސްޓްރީން ދިން އިރުޝާދާ އެއްގޮތަށް ގެންދިއުމާ މެދު ކަަމަށެވެ.
"މިހާރު އަޅުގަނޑުމެން އޭސީސީގެ ރެސްޕޮންސަކަށް މަޑުކޮށްގެން މި ވަގުތު މިތިބީ. އެ ބޭފުޅުން އާނއެކޭ ހަމަ ވިދާޅުވާ އިރަށް ކޮންޓްރެކްޓްތައް އަޅުގަނޑުމެން ހަވާލު ކުރާނަން،" ސޯލިހު ވިދާޅުވި އެވެ.
އޭނާ އެގޮތަށް ވިދާޅުވުމުން ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ސުވާލަކަށް ވީ، ސަރުކާރުން ޝަރުތުތަކަަކަށް އެއްބަސްވެފައި ވާއިރު، އެގޮތަށް ކުރިއަށް ދިއުން އޭސީސީން ހުއްޓުވާފައި ވޭތޯ އެވެ. އޭގެ ޖަވާބުގައި ސޯލިހު ވިދާޅުވީ އޭސީސީން އެކަން ހުއްޓުވާފައި ނުވާ ކަމަށާއި އެކަމަކު އެ ކޮމިޝަންގެ ރައުޔެއް ހޯދަނީ އެމްއޭސީއެލުން ބޭނުންވެގެން ކަމަށެވެ.
ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި، އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހް، މާލިއްޔަތު ކޮމިޓީ އަށް ކުރިން ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޒަމް/މިހާރު
".. ނޫން އަޅުގަނޑުމެން އަނެއްކާ ވެސް ހަމަ އޭސީސީ އަށް މި ފޮނުވީ. ފިނޭންސް މިނިސްޓްރީން މި ކަހަލަ ގައިޑެންސެއް އެބައޮތޭ މަޖިލީހުން މި ކަހަލަ ގައިޑެންސެއް އެބަ އޮތޭ. ތިޔަ ބޭފުޅުން ފޮނުވާފައި އޮތް މީނދަމީނދަ އެއްޗަކާ އެއާ އެބަ ކުޑަކޮށް ތައާރަޒުވެޔޭ، އަޅުގަނޑުމެން މިގޮތަށް މި[ކަން] ގެންދަން ތިޔަ ބޭފުޅުން އޯކޭ ދެއްވީމައޭ އަޅުގަނޑުމެން މި އާއިގެން ކުރިއަށް ދާނީ،" އޭސީސީގެ ލަފައަކަށް އެދުނު ސަބަބާ ގުޅޭ ތަފްސީލަށް ވަޑައިގަންނަވަމުން ސޯލިހު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުގެ ހުށަހެޅުމަކީ ވަނީ ޓީއެމްއޭ އަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ދޫކުރުމެވެ. އެ ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ސީ ޕްލޭން ޓާމިނަލް އެމްއޭސީއެލް އިން އަމިއްލަައަށް ހިންގަން ވާން ޖެހޭ ތައްޔާރީތައް ނިމި ޓާމިނަލްއާ ހަވާލުވާން ވެސް އެ ނިންމުމުގައިވެ އެވެ.
ފިނޭޭންސުން އެގޮތަށް އެންގީ 19،000 އަކަމީޓަރުގެ ޖާގައެއް، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން 15 އަހަރު ދުވަހަށް ދޭން އެމްއޭސީއެލް އިން ޔަގީންކަން ދީފައިވާ ކަމަށް ބުނެ ޓީއެމްއޭއިން ޝަކުވާ ކުރަމުން ދަނިކޮށެވެ.
އެމްއޭސީއެލް އާއި ޓީއެމްއޭގެ އެ މަޝްވަރާގެ ކަންތައް ފެންމަތިވީ އެސްއޯއީ ކޮމިޓީން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓަކަށް ފަހު އެވެ. އޭރު ނެރުނު އޮޑިޓް ރިޕޯޓްގައިވާ ގޮތުން ޓީއެމްއޭ އިން އެދޭ ގޮތަށް ޓާމިނަލް ކުއްޔަށް ދީފި ނަމަ ދައުލަތަށް އަހަރަކު 41 މިލިޔަން ޑޮލަރު ގެއްލޭނެ ކަމަށެވެ.
ސީ ޕްލޭން ޓާމިނަލްގެ މައްސަލައިގައި ފިނޭންސް މިނިސްޓަރު އަމީރު އެންމެ ފަހުން ވިދާޅުވެފައި ވަނީ އެކަމުގައި ސަރުކާރުގެ ނިންމުން ތަންފީޒު ކުރައްވާނެ ކަމަށެވެ. އެއީ މިދިޔަ ފެބްރުއަރީ މަހެވެ
އާ ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.
ޓީއެމްއޭ އުދުއްސަން އެމްއޭސީއެލްގެ ބޮޑެތި ގޯސްތައް!
ޓާމިނަލް ދޭން އުޅުނީ ގެއްލުމުގައި، ޖިނާއީ ތަހުގީގެއް
ސީޕްލޭން ޓާމިނަލް ކުއްޔަށްދޭން ހުރަހެއް ނެތް: އޭސީސީ
ދިވެހިންނަށް ގެއްލުންވާ ފަދަ ކަމެއް ނުކުރަން: ސައީދު
ސީޕްލޭން ޓާމިނަލް މައްސަލަ: ސައީދަށް ބޮޑު ތުުހުމަތެއް!
މަޖިލީހުގައި އޮތީ ސިއްރު ރިޕޯޓެއް ނޫން: އޭސީސީ
އެމްޔޫ މަނިކު މަންޓާއަށް ފޭވާކުރައްވާފައެއް ނެތް
"އެއްބާރުލުން ދޭނަން، މައްސަލަ އަވަހަށް ނިންމައިދީ"
ޓީއެމްއޭއަށް ޓާމިނަލް ދޭން ނިންމި ގޮތާ އޭސީސީ ދެކޮޅު
ޓީއެމްއޭއަށް ސަރުކާރުން ހުށަހެޅި ގޮތް ރަނގަޅު: ހަސަން