Roadha Mihaaru
އާ ސީޕްލޭން ޓާމިނަލުގައި ލައުންޖު ހިންގަން ހުޅުވާލައިފި

އާ ސީޕްލޭން ޓާމިނަލުގައި ލައުންޖު ހިންގަން ހުޅުވާލައިފި

30 އޯގަސްޓް 2021

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީ ޕްލޭން ޓާމިނަލުގައި ލައުންޖު ހިންގަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީ ޕްލޭން ޓާމިނަލުގައި ލައުންޖު ހިންގަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއޭސީއެލް އިން ކުރި އިއުލާނެއްގައި ބުނީ އެ ޓާމިނަލުގައި ލައުންޖު ހިންގޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ރިސޯޓުތަކާއި ސީޕްލޭން އޮޕަރޭޓަރުންނާއި ޓުއާ އޮޕަރޭޓަރުންނަށް ކަމަށެވެ. މިގޮތަށް ދޫކުރާ ލައުންޖުތައް ހިންގާނީ އެމްއޭސީއެލްގެ ގަވާއިދުގެ ތެރެއިން ބިޑު ކާމިޔާބު ކުރާ ބަޔަކު ބޭނުން ގޮތަކަށެވެ.

މި ލައުންޖުތަކަށް އެދި ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 27ވަނަ ދުވަހުގެ މެންދުރު 2:00އާ ހަމައަށެވެ. ބިޑު ހުށަހަޅަން އަންނަ މަހުގެ 12ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ.

ބިޑު ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ޑޮލަރު ނުވަތަ އެއާ އެއްވަރަށްވާ ދިވެހި ރުފިޔާ (154،200ރ.) ދައްކަން ޖެހޭނެ އެވެ.

އެގްޒެކެޓިވް ލައުންޖް އެމްއޭސީއެލް އިން ދޫކުރާނީ ގޮޅިތަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން އެއްގޮޅިއަށްވުރެ ގިނަ ގޮޅިތަކަށް ވެސް އެއް ފަރާތަކަށް ބިޑު ހުށަހެޅޭނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ސީޕްލޭން ޓާމިނަލެއް ތަރައްގީ ކޮށްފައިވަނީ 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެންނެވެ. މި ޓާމިނަލްގެ ކޮންމެ ފްލޯއެއްގައި 7،000 އަކަމީޓަރު (ޖުމްލަ 28،000 އަކަމީޓަރު) ހުންނާނެ އެވެ.

އެ ޓާމިނަލުން ހަތަރު އޮޕަރޭޓަރުންނަށް އެންމެ ފުރިހަމައަށް ޖާގަ ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ. އާ ޓާމިނަލްގެ ޕްލޭން ޖެއްސުމަށް ހަދާފައިވާ ލެގޫން ސަރަހައްދަށް އެއްފަހަރާ 100 ބޯޓަށް ހިދުމަތް ދެވޭނެ އެވެ.