22 މެއި 2022
ޖަރުމަނުގައި ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރާ މީހުން ކޮންމެ މަހަކު އެންމެ 9.50 ޑޮލަރު ދައްކަން ޖެހޭ ގޮތަށް ހަދައިފި އެވެ.
ޖަރުމަނުގައި ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރާ މީހުން ކޮންމެ މަހަކު އެންމެ 9.50 ޑޮލަރު ދައްކަން ޖެހޭ ގޮތަށް ހަދައިފި އެވެ.
އެ ގައުމުގެ ސަރުކާރުން ބުނީ ކިތައްމެ ގިނަ ތާކަށް ދަތުރުކުރިޔަސް، ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރާ ނަމަ ކޮންމެ މަހަކު ވެސް ދައްކަން ޖެހޭނީ ހަމަ އެވަރުގެ ފީއެއް ކަމަށެވެ. އެއީ އެ ގައުމުގައި ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަން މީހުން ބޮޑަށް ޝައުގުވެރިކުރުވުމުގެ ގޮތުން ފެށި ޕްރޮޖެކްޓެކެވެ.
އަންނަ މަހު އެ އަގުގައި ހިދުމަތް ފަށާއިރު، އެކަމަށް ހާއްސަ ކާޑެއް ވެސް ތައާރަފުކޮށްފައިވެ އެވެ.
ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި، ރޭލު، ބަސް އަދި ޓްރެމްސްގައި އެ ގައުމުގެ އެތެރޭގައި ކުރާ ހުރިހާ ދަތުރުތަކަށް ވެސް އެ ކާޑު ބޭނުންކުރެވޭނެ އެވެ. އެކަމަކު ރޭލު، ބަސް އަދި ޓްރެމްސްގައި އެ ގައުމުން ބޭރަށް ކުރާ ދަތުރުތަކަށް އެ ކާޑު ބޭނުމެއް ނުކުރެވޭނެ އެވެ.
އެ ގައުމުގެ ސަރުކާރުން ފަށައިގެން އުޅޭ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރާ ޕްރޮގްރާމްގެ ދަށުން ހިންގާ އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ އަންނަ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. އެ ޕްރޮޖެކްޓަށް ޖަރުމަނުގެ ސަރުކާރުން ވަނީ 2.6 ބިލިއަން ޑޮލަރުގެ ބަޖެޓެއް ހަމަޖައްސައިފަ އެވެ.
ޖަރުނަމުގެ ރައްޔިތުންގެ އިތުރުން، އެ ގައުމަށް ދާ ޓޫރިސްޓުންނަށް ވެސް އެ ކާޑު ބޭނުންކުރެވޭނެ އެވެ.
އެ ކާޑު ގަނެވޭނީ ޖަރުމަނުގެ ގައުމީ ރެއިލްވޭގެ ވެބްސައިޓުންނެވެ. އެ ވިއްކަން ފަށާނީ އަންނަ ހޯމަ ދުވަހު އެވެ.
މިދިޔަ އަހަރު 15،500 އެއްހާ ސައިކަލް އެތެރެކުރި
ވެހިކަލްގެ މުއްދަތާބެހޭ ދިރާސާ ހަދަން އައިޔޫއެމްއަށް
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!
މާލޭގެ ތޮއްޖެހުން ހައްލު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް
ތޮއްޖެހުން ކުޑަކުރަން މަގުތަކުން 108އުޅަނދު ނަގައިފި
ނަންބަރު ބޯޑާ ހެދި ޖޫރިމަނާކުރާތީ މޭޔަރު ނުރުހިއްޖެ
އައުޑީން 2025 ގައި އިލެކްޓްރިކް ކާރު އުފައްދާނެ
ލައިސަންސްގެ މުއްދަތު ހަމަވިޔަސް ގަބޫލުކުރާނެ
އުދުހޭ ކާރެއް ކާމިޔާބުކަމާ އެކު ޓެސްޓްކޮށްފި
އާންމު ދަތުރުފަތުރުގެ ހިދުމަތް ލަގްޒެމްބާގްގައި ހިލޭ