Roadha Mihaaru
މިއީ ބައިބަލާގެ ރަސްގެފާނު: ފަސޭހައިން އަތެއް ނުޖެހޭނެ

މިއީ ބައިބަލާގެ ރަސްގެފާނު: ފަސޭހައިން އަތެއް ނުޖެހޭނެ!

03 ޖޫން 2022

އަސްލަމް ވަހީދު ބޭރުން ކުޅެން ވަދެއްޖެ ނަމަ، ބައިބަލާ ކޮށީގެ ތެރޭގައި ތިބޭ ކުޅުންތެރިން ޖެހިލުން ވެއެވެ. އެއީ އަސްލަމް ހަދާނެ ގޮތެއް ނޭނގޭތީ އެވެ. ކުޅުންތެރިއެއްގެ ގައިގައި އަތްލައިފައި ރެކިގަނެގެން ދާނެ ގޮތެއް ހިތަށް ވެސް ނުގެނެވެ އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

އަސްލަމް ވަހީދު ބޭރުން ކުޅެން ވަދެއްޖެ ނަމަ، ބައިބަލާ ކޮށީގެ ތެރޭގައި ތިބޭ ކުޅުންތެރިން ޖެހިލުން ވެއެވެ. އެއީ އަސްލަމް ހަދާނެ ގޮތެއް ނޭނގޭތީ އެވެ. ކުޅުންތެރިއެއްގެ ގައިގައި އަތްލައިފައި ރެކިގަނެގެން ދާނެ ގޮތެއް ހިތަށް ވެސް ނުގެނެވެ އެވެ.

ކަން ވީ ގޮތަކީ ވެސް އެ އެވެ. މި އަހަރުގެ ބައިބަލާ މުބާރާތުގައި ވެސް އަސްލަމްގެ ކުޅުން މޮޅެވެ. އެހެން ޓީމުތަކުން އޭނާއަށް ޖެހިލުން ވިއެވެ. އެ ސަބަބާ ހުރެ މިސްޓަ ބައިބަލާގެ މަގާމު އަސްލަމް ހޯދުމުން ހައިރާންވާން ޖެހޭ ސަބަބެއް ނެތެވެ. އެއީ އޭނާ ކުރި ބުރަ މަސައްކަތާއި ދެއްކި ތަފާތު މޮޅު ކުޅުމެވެ.

މުބާރާތް ފެށުމުގެ ތިން މަސް ކުރިން އަސްލަމް މުބާރާތަށް ތައްޔާރުވާން ފަށައިފި އެވެ. އޭނާއަކީ ބައިބަލާގައި ޑިމާންޑު ބޮޑު ކުޅުންތެރި އެކެވެ. ހުރިހާ ޓީމަކުން ވެސް އޭނާ އަށް ކަޅި އަޅައެވެ.

"ޖިމް ޖައްސަން ފަށައިފިން ތިން މަސް ކުރިން. ބަރު އުފުލަނީ ބޮޑަށް. ދެން ކެއުމަށް ވެސް ވަރަށް ބަލައިގެން އުޅެނީ ޖިމް ޖައްސާއިރު،" ގދ. ތިނަދުއަށް އުފަން އަސްލަމް ބުންޏެވެ.

ފިޓުކޮށް ހުންނަން އަސްލަމް ދެން މާ ބޮޑު ކަމެއް ނުކުރެ އެވެ. ޖިމަށް ދިއުމަކީ ވެސް ދާއިމަށް ކުރާ ކަމެއް ނޫނެވެ. އެހެންވެ، އެހާ ފިޓުކޮށް އޭނާ އަބަދު ހުންނަ "ސިއްރެއް" އަސްލަމަކަށް ވެސް ނޭނގެއެވެ.

ކުރިން ވިލިނގިލީގައި އުޅުނުއިރު އަބަދު ކުޅެން އުޅުނަސް، ކައިވެންޏަށް ފަހު ހުޅުމާލެ ބަދަލުވުމުން ލައިފްސްޓައިލް އޭރާ ތަފާތެވެ. އެކަމަކު ބައެއް ފަހަރަށް ފުޓްސަލް ކުޅެން ރައްޓެހިންނާ އެކު ދިއުމަކީ އަސްލަމްގެ އުފަލެކެވެ.

އިބަލާގެ ފޯރި އެންމެ ބޮޑަށް ރާއްޖޭގައި ހިފި ދުވަސްވަރު، ބައިބަލާގެ އެންމެ ގަދަ އެއް ނަމަކީ ހުސައިން ޝިމާޒް (ކޮކީ)އެވެ. އެއީ ބައިބަލާގެ ތާރީހުގައި އުފެދުނު މޮޅު ކުޅުންތެރިއެކެވެ.

ވިލިމާލޭގައި އަސްލަމް އުޅުނު ދުވަސްވަރު، ބައިބަލާގެ ތެރެއަށް އޭނާގެ ޝައުގުވެރިކަން ދަމައިގަތީ ކޮކީގެ ކުޅުން ފެނިފަ އެވެ. ކޮކީފަދަ މޮޅު ކުޅުންތެރިއަކަށް ބައިބަލާގެ މައިދާނުގައި ވުން، އެއީ އޭނާ އެ ދުވަހު ދުށް ހުވަފެނެކެވެ. ހިޔާލުގައި ކުރެހި މަންޒަރެކެވެ.

ބައިބަލާގެ ކޮށި ތެރޭގައި ހަލުވި، މި ކުޅުންތެރިޔާ ވިދާލީ ބިސްބުރު ޓީމުން 2009 ވަނަ އަހަރު އެވެ. ފުރަތަމަ މުބާރާތުން ފަށައިގެން ވެސް އޭނާގެ ކުޅުމުގެ ޖާދޫގައި ބެލުންތެރިިންނާއި ކޯޗުން ޖެހުނެވެ.

އަސްލަމް 2019 ވަނަ އަހަރު ކުޑަހެންވޭރު ޓީމާއެކު ބައިބަލާ މުބާރާތުގެ ޗެމްޕިއަން ތައްޓާއެކު --

އަސްލަމް 2019 ވަނަ އަހަރު ކުޑަހެންވޭރު ޓީމާއެކު ބައިބަލާ މުބާރާތުގެ ޗެމްޕިއަން ތައްޓާއެކު --

ފުރަތަމަ މުބާރާތުގައި ވެސް ތަޖުރިބާކާރު އެތައް ކުޅުންތެރިންނަކާ ވާދަކޮށް، މެޗުތަކުގައި "މޭން އޮފް ދި މެޗް"ގެ މަގާމު ހޯދި އެވެ.

ބައިބަލާ ކޮށި ތެރޭގައި އަސްލަމްއަކީ ޖެހިލުން ކުޑަ ކުޅުންތެރި އެކެވެ. ޖެހިލުން ނުވެ، ހިތްވަރާއެކު އޭނާ ކުރި މަސައްކަތުން ދެ އަހަރު ޖެހިޖެހިގެން "މިސްޓަ ބައިބަލާ"ގެ ޝަރަފުވެރި މަގާމު ހާސިލުކުރި ހަމައެކަނި ކުޅުންތެރިޔާއަށް އޭނާ ވިއެވެ. މި އަހަރު އަސްލަމް އެ މަގާމު ހާސިލުކުރީ ތިންވަނަ ފަހަރަށެވެ. އެކަމަކު މި އަހަރު މިސްޓަ ބައިބަލާ ލިބުމުން ނުވާ އުފާ، ދެ ވަނަ ފަހަރަށް އެ މަގާމު ލިބުމުން އޭނާ ވި އެވެ.

"އެއީ ޖައްސަޖައްސައިގެން [މިސްޓަ ބައިބަލާ] ލިބުނީމަ. މިހާތަނަށް އަދި ނީންނާނެ ޖައްސަޖައްސައިގެން ދެ އަހަރު މިސްޓަ ބައިބަލާ ހޯދާފަ އެހެން މީހަކު،" އަސްލަމް ބުންޏެވެ.

މިސްޓަ ބައިބަލާގެ ޓްރޮފީއާ އަސްލަމް ހަވާލު ވަނީ، މިއީ އޭނާ މި މަގާމު ހޯދި ތިންވަނަ ފަހަރު

މިސްޓަ ބައިބަލާގެ ޓްރޮފީއާ އަސްލަމް ހަވާލު ވަނީ، މިއީ އޭނާ މި މަގާމު ހޯދި ތިންވަނަ ފަހަރު

"އެއީ ޖައްސަޖައްސައިގެން [މިސްޓަ ބައިބަލާ] ލިބުނީމަ. މިހާތަނަށް އަދި ނީންނާނެ ޖައްސަޖައްސައިގެން ދެ އަހަރު މިސްޓަ ބައިބަލާ ހޯދާފަ އެހެން މީހަކު،" -- އަސްލަމް

މި އަހަރުގެ މުބާރާތުގައި ޓީންއޭޖްގެ ވަރުގަދަ ޓީމާއެކު އަސްލަމް އަމާޒު ހިފީ ތައްޓަށެވެ. އެކަމަކު، ގަދަ ހިފުމުގައި ކްލަބް އޯވަންއޯ އަތުން ބަލިވުން ވީ، އޭނާއަށް މޮޅިވެރިކަން ގެނުވި ކަމަކަށެވެ. ސަބަބަކީ މިސްޓަ ބައިބަލާގެ މަގާމު ލިބުނު އެއްވެސް އަހަރަކު އަސްލަމަކަށް ޗެމްޕިއަން ތަށި އުފުލާލާކަށް ނުލިބެ އެވެ.

މި އަހަރުގެ މުބާރާތުގައި މުޅި ޓީންއޭޖް ޓީމުގެ ފަރާތުން ވެސް އޭނާއަށް ލިބުނީ ހިތްވަރެވެ. އަސްލަމް ގަބޫލުކުރާ ގޮތުގައި މިސްޓަ ބައިބަލާގެ މަގާމު އޭނާއަށް ލިބުނީ ގުޅިގެން އެ އެންމެން ކުރި މަސައްކަތުންނެވެ.

"މިސްޓަ ބައިބަލާ ލިބޭނެ ކަމަކަށް ވެސް އުންމީދެއް ނުކުރަން. އެކަމަކު މިސްޓަ ބައިބަލާ ލިބުނީމަ ވަރަށް އުފާވި. ތަށި ނުލިބުނީމަ ވަރަށް ދެރަވި."

މިސްޓަރ ބައިބަލާ ލިބޭނެކަމަކަށް ވެސް އުންމީދެއް ނުކުރަން. އެކަމަކު މިސްޓަ ބައިބަލާ ލިބުނީމަ ވަރަށް އުފާވި، ތަށި ނުލިބުނީމަ ވަރަށް ދެރަވި، -- އަސްލަމް
އަސްލަމް "މިހާރު"އަށް އިންޓަވިއު ދެނީ -- ފޮޓޯ/ ނިޝާން އަލީ

އަސްލަމް "މިހާރު"އަށް އިންޓަވިއު ދެނީ -- ފޮޓޯ/ ނިޝާން އަލީ

ބައެއް ފަހަރަށް ވަރަށް އަނިޔާވާ ގޮތަށް ވެސް ކުޅޭ، މި ސަގާފީ ކުޅިވަރުގައި އަސްލަމަށް އޮތީ އެންމެ ގޮންޖެހުމެކެވެ. އެއީ އަނިޔާގެ މައްސަލަ އެވެ. އެއީ ކުރިން މުބާރާތެއްގައި އޭނާގެ ކަރަށް އެރި ތަދެކެވެ. މި އަހަރުގެ މުބާރާތަށް ވެސް އަސްލަމް ނުކުތީ، އަނިޔާވެފައި ހުރެގެންނެވެ. އޭރު ކަރަށް އެރި ތަދު، އަނެއްކާ މި ފަހަރު ވެސް އެރީއެވެ.

އަސްލަމް މި މުބާރާތުގައި ހުރި އަނިޔާވެފައި ކަމާމެދު މުބާރާތް ބެލި މީހުން ޝައްކު އުފައްދާނެ އެވެ. ބޭރުން ކުޅެން އަރާ ތިން ހަތަރު ކުޅުންތެރިން އެއްފަހަރާ ގޮވައިގެން ވެސް އޭނާ މި ފަހަރު ފޭބި އެވެ. އެތެރޭން ކުޅުނު އިރު، ވަރުގަދަ އެތައް "މިސްޓަ ބައިބަލާ"އިންނެއް ހިފެހެއްޓިއެވެ.

އަނިޔާވެފައި ހުރި ނަމަވެސް ބައިބަލާ ކުޅުން ހުއްޓާލާކަށް އަސްލަމްގެ ހިޔާލަކު ނެތެވެ. އުމުރުން 31 އަހަރުގައި އޭނާ އަދިވެސް ދެކޭ ހުވަފެނަކީ މިސްޓަރ ބައިބަލާގެ މަގާމު ހޯދުމެވެ. އެކަމަކު، ދެން އެ މަގާމު އޭނާ ބޭނުން ވަނީ ޗެމްޕިއަން ޓްރޮފީއާއެކުގަ އެވެ. މިސްޓަ ބައިބަލާގެ މަގާމު ދެން ހޯދައިފިނަމަ، އޭނާއަށް އެ އާ ކުރެވެނީ ރެކޯޑެކެވެ.

އެކަމަށް އޭނާއަށް އޮތް ހަމައެކަނި ހުރަހަކީ އަނިޔާ އެވެ. އެ ކަމުން ރިކަވާ ވޭތޯ އަސްލަމް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަސްލަމް ވަނީ 2019ވަނަ އަހަރު ކުޑަހެންވޭރު ޓީމާއެކު ޗެމްޕިއަންކަން ހޯދައިފައި --

އަސްލަމް ވަނީ 2019ވަނަ އަހަރު ކުޑަހެންވޭރު ޓީމާއެކު ޗެމްޕިއަންކަން ހޯދައިފައި --

"ޑޮކްޓަރަށް ދެއްކިން، ފިޒިޔޮތެރަޕީ ވެސް ނެގިން. އެކަމަކު މާ ބޮޑަކަށް ރަނގަޅެއް ނުވި. އެހެންވެ މިހާރު ކުޅޭއިރު އެތެރޭން މާ ބޮޑަކަށް ނުކުޅެން،" އަސްލަމް ބުނެލި އެވެ.

ޑޮކްޓަރަށް ދެއްކިން، ފިޒިޔޮތެރަޕީ ވެސް ނެގިން. އެކަމަކު މާ ބޮޑަކަށް ރަނގަޅެއް ނުވި. އެހެންވެ މިހާރު ކުޅޭއިރު އެތެރޭން މާ ބޮޑަކަށް ނުކުޅެން -- އަސްލަމް

މިސްޓަ ބައިބަލާގެ މަގާމު ލިބުނު އެއްވެސް އަހަރެއްގައި މުބާރާތުގެ ތަށި އުފުލާލަން ނުލިބުމަކީ އަސްލަމް މާޔޫސް ވާ ކަމެކެވެ. ޗެމްޕިއަން ތައްޓާއި މިސްޓަ ބައިބަލާގެ މަގާމު އެކުގައި ހޯދަން އަސްލަމް ހުރީ ވަރުގަދަ އަޒުމެއްގަ އެވެ. ކުރިއަށް އޮތް ބައިބަލާ މުބާރާތަށް ކެތްމަދު ވެފަ އެވެ.

އެކަމަކު، އަސްލަމް ކުޅޭނެ ވަކި ޓީމެއް އަދި ނޭނގެ އެވެ. އޭނާއަކީ އަގުބޮޑު ކުޅުންތެރި އެކެވެ. ގިނަ މުބާރާތްތަކުގައި އޭނާ ކުޅެފައި ހުރި ލައްކައަކަށް ވުރެ އަގުބޮޑުކޮށެވެ.

އަސްލަމަކީ މިއަދު ބައިބަލާގެ ރަސްގެފާނެވެ. މިސްޓަ ބައިބަލާގެ މަގާމު އަދިވެސް ހޯދައި، ބައިބަލާގެ ރެކޯޑެއް ހެދުމުގެ ފުރުސަތު އަސްލަމަށް އެބައޮތެވެ. އެ ޗެލެންޖަށް އަސްލަމް ފުރިހަމައަށް ތައްޔާރެވެ.