13 މެއި 2022
މިހާރު ކުރިއަށްދާ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1443 ގެ ކުއާޓާ ފައިނަލުގައި ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް އޯވަންއޯ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މިހާރު ކުރިއަށްދާ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1443 ގެ ކުއާޓާ ފައިނަލުގައި ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް އޯވަންއޯ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މިރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ގޭމުގައި އެތެރެއިން ކުޅުނީ ބީޖީ އެވެ. އެކަމަކު އޯވަންއޯ ވަނީ ގަޑީގައި ދެ މިނިޓް އަށް ސިކުންތު ބާކީ އޮއްވައި ގޭމް ހޯދައިފަ އެވެ. ނަމަވެސް ބީޖީ ވަނީ ބޭރުން ކުޅެގެން އޯވަންއޯ ބަލިކޮށް ގަދަހިފުމަކަށް ގޮސް އުންމީދެއް ހޯދައިފަ އެވެ.
ގަދަ ހިފުމުގައި ފުރަތަމަ ގުރު ދިމާވީ ބީޖީ އަށެވެ. ބީޖީ އިން އެތެރެ ނެގި ނަމަވެސް ފުރަތަމަ ހިފުން ކާމިޔާބު ކުރީ ބޭރުން އަރަން ޖެހުނު އޯވަންއޯ އެވެ. ދެވަނަ ހިފުމުގައި ބޭރުން ކުޅެގެން ބީޖީ ކާމިޔާބު ކުރުމުން ފައިނަލް ބުރެއް ކުޅެން ޖެހުނެވެ.
ކްލަބް އޯވަންއޯ އާއި ބީޖީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ދެވަނަ ގޭމުގައި ބީޖީގެ ސަލަސް ބޭރުން އަރައިގެން ކުޅެނީ.-- ފޮޓޯ: ބައިބަލާ އޭސޯސިއޭޝަން/ސްލޯޓޭޕް
އެންމެ ފަހު ހިފުމުގައި އޯވަންއޯ އިން އެރީ އަލީ ވިޖްހާން (ވިޖޫ) އެވެ. އަދި ބައިބަލާގެ ރަސްގެފާނު ބީޖީ އިން އައީ ތިން ފަހަރު މިސްޓަ ބައިބަލާ މަގާމް ހޯދާފައިވާ މުހައްމަދު ޝިނާން (ނާނި) އެވެ. ނާނި ގުރުނަގަން އައި ވަގުތު ބޭރުން އަރަން ތައްޔާރު ވެގެން އައި ނަމަވެސް ވިޖޫ އަށް ގުރު ދިމާވުމުން އޭނާ ދިމާކުރީ ބޭރުން އަރާށެވެ. ވިޖޫ ވަނީ ފަސޭހަ ކަމާ އެކު ރިންގަށް އަރައި ނާނި ނުބައިކޮށްލައި ގަދަހިފުން ކާމިޔާބުކޮށް ޓީމު ސެމީ ފައިނަލަށް ގެންގޮސްދީފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ވިޖޫ އެވެ. އޭނާ ވަނީ މި މެޗުގެ ފުރަތަމަ ގޭމުގައި ބޭރުން ކުޅެ ބީޖީގެ ސުޖާ އާއި އަލީ ޝާފިއު (ބަސްއަހާ) އަދި ސޮލާހު (ސަލަސް) ވެސް ނުބައި ކޮށްފަ އެވެ. ސަލަސް އާއި ކުރީގެ މިސްޓަ ބައިބަލާ ބަސްއަހާ އަކީ އެންމެ ފަހުން 2019 ވަނަ އަހަރު ކުޑަހެންވޭރު ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ބައިބަލާ ޗެމްޕިއަންކަން ހޯދިއިރުގެ މުހިއްމު ދެ ކުޅުންތެރިންނެވެ. ވިޖޫ ވެސް ކުޅުނީ ކުޑަހެންވޭރު ޔުނައިޓެޑަށެވެ.
މި ފަހަރުގެ މުބާރާތަކީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު އަލުން އައިސް ބީޖީ ސްޕޯޓްސް ކުލަބް ބައިވެރިވި ފުރަތަމަ ބައިބަލާ މުބާރާތެވެ. އެޓީމު ކުއާޓާ އަށް އައީ ގަދަ 16 ގައި ބްރަދާސް އޮފް ބޮޒްނިއާ ބަލި ކޮށްފަ އެވެ.
މިއީ ކްލަބް އޯވަންއޯ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެޓީމަށް މުބާރާތުގައި އެންމެ ފުރަށް ދެވިފައި ވަނީ ގަދަ 16 އާ ހަމައަށެވެ. އޯވަންއޯ ވަނީ ގަދަ 16 ގައި ރޭ ސީދާ ދެ ގޭމުން މަސްއޮޑި ވޯވޯ ބަލި ކޮށްފަ އެވެ.
ސެމީ ފައިނަލުގައި ކްލަބް އޯވަންއޯ ނުކުންނާނީ މިރޭ ބީޖީ ޖޫނިއާސް ބަލިކުރި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
ޓީސީ ސްޕޯޓްސް ކުލަބުން ގަދަ 16 ގައި ހުޅުމާލެ ސްޕޯޓްސް ކުލަބް ބަލި ކުރިއިރު، ބީޖީ ޖޫނިއާސް ކުއާޓާ އަށް އައީ މީޓް ދަ އީގަލްސް ބަލި ކޮށްފަ އެވެ.
ސެމީ ފައިނަލުގައި ދެން ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ކްލަބް ޓީނޭޖް އެވެ.
އީގަލްސް ކުއާޓާ ފައިނަލަށް އައީ ރޭ ގަދަ ހިފުމަކަށް ގޮސް ލޮރެންޒީ ސްޕޯޓްސް ކްލަބް ބަލި ކޮށްފަ އެވެ. އީގަލްސް ވަނީ ކުއާޓާ ފައިނަލުގައި މިރޭ އެލްޓީ ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ދެ ގޭމުން މެޗު ކާމިޔާބު ކޮށްފަ އެވެ. އެލްޓީ ސްޕޯޓްސް ކުއާޓާ އަށް އައީ ބީޖީ ނިއު ޖެނެރޭޝަން ބަލި ކޮށްފަ އެވެ.
ކްލަބް ޓީނޭޖް ސެމީ ފައިނަލަށް ދަތުރުކުރީ، ޓީނޭޖް ޖޫނިއާސް ބަލިކޮށް ކުއާޓާ އަށް އައި ޔުނައިޓެޑް އީސްޓް ކޯސްޓާ ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށް ފަހު ދެ ގޭމް ވެސް ކާމިޔާބު ކޮށްގެންނެވެ. ޓީނޭޖުން ކުއާޓާ އަށް އައީ ބުރު ސްޕޯޓްސް ކުލަބް ބަލި ކޮށްފަ އެވެ.
ސެމީ ފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރެއެވެ.
އީދު ބައިބަލާ: ޗެމްޕިއަން ޓީނޭޖް ފެށީ ފަސޭހަ މޮޅަކުން
އޮފީސް ބައިބަލާ މުބާރާތުގެ މިސްޓަ ބައިބަލާ އަކީ ހަންޓޭ
ޓީންއޭޖުން ހަތަރުވަނަ ފަހަރަށް ބައިބަލާގެ ތަށި ހޯދައިފި
34 ޓީމާ އެކު މި އަހަރުގެ އީދު ބައިބަލާ ހުޅުމާލޭގައި
މިއީ ބައިބަލާގެ ރަސްގެފާނު: ފަސޭހައިން އަތެއް ނުޖެހޭނެ
އޯވަންއޯއިން ފުރަތަމަފަހަރަށް ބައިބަލާ ތަށި އުފުލާލައިފި
ބައިބަލާގައި ބީޖީގެ އެނބުރި އައުން ވަރުގަދަ
ބައިބަލާ ޗެމްޕިއަންކަން ކުޑަހެންވޭރު ހޯދައިފި
ރޭގެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރޭ
މާރާމާރީ ހިންގުމުން ބައިބަލާ މުބާރާތް މެދުކަނޑާލައިފި