18 މެއި 2022
ހައި ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުން މަޖިލީހަށް ހުށަހެޅި މައްސަލާގައި އިޖުރާއީ އަދުލުވެރިކަން ގާއިމު ކޮށްފައި ނުވާތީ، އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި އަލުން އެ ކޮމިޝަނަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުން މަޖިލީހަށް ހުށަހެޅި މައްސަލާގައި އިޖުރާއީ އަދުލުވެރިކަން ގާއިމު ކޮށްފައި ނުވާތީ، އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި އަލުން އެ ކޮމިޝަނަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު އަބުދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުﷲ ހަމީދާ ގުޅިގެން ޖޭއެސްސީން ތަހުގީގުކުރި ސުލޫކީ މައްސަލަ ސާބިތުވާތީ، އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރަން ނިންމީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވީ، ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން އެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމި ކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހެޅި މައްސަލަ އެވެ.
ޖޭއެސްސީން ބުނެފައިވަނީ ހައި ކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ މާލީ ހާއްސަ ލުއިތަކަކާއި މި ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުންކަން ތަހުގީގަށް ފާހަގަވާ ކަމަށެވެ. ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަވާލުކުރި އެ ފްލެޓްތަކާ ފަނޑިޔާރު އަބުދުއްރައޫފާއި ފަނޑިޔާރު އަބްދުﷲ ހަމީދު ހަވާލުވުމަކީ ގާނޫނުއަސާސީއާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީގެ ނިންމުމުގައި ވެ އެވެ.
އެ މައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައިގެން ހަމައެކަނި އިޖުރާއީ އަދުލުވެރިކަމަށް ރިއާޔަތް ކުރާއިރު، މައިގަނޑު ގޮތެއްގައި ފާހަގަކުރެވޭ ބައެއް ކަންކަން އެބަހުރި ކަމަށެވެ.
އޭގެ ތެރެއިން ދެ ކަމެއް އޭނާ ފާހަގަކުރެއްވި އެވެ.
''ފުރަތަމަ ކަމަކަށް މި ދެ ފަރާތުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ސީޣާއާ ނުގުޅޭ ގޮތުން ފަހުން ކަންތައްތަކެއްގެ މައްޗަށް ރިއާޔަތް ކުރެވި އަދި ފަހުން ދެ ކޮމިޓީ އެކުލަވާލައި އެއް ކޮމިޓީން ވަކި ގޮތަކަށް ނިންމުމަށް ފަހު ދެވަނަ ފަަހަރަށް އެހެން ކޮމިޓީ އެކުލަވާލައިގެން އަދި އެ ކޮމިޓީގެ ނިންމުން ވެސް ބަދަލުވެފައިވާތީ އެއީ އިޖުރާއީ ގޮތުން ލަފާކުރެވޭ ކަމެއްގެ ސަބަބުން ކަމަށް ލަފާކުރަން,'' ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އަލީ ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލައެއްގެ ތުހުމަތުގައި އެ މީހަކާ ސުވާލުކޮށް، ޖަވާބުދޭން ފުރުސަތު ދިނުމުން ކޮންމެ މީހަކު ވެސް ޖަވާބު ދެނީ ސީޣާގައި ހިމެނޭ ކަންތައްތަކާ ގުޅިގެން ކަމަށެވެ. އަދި ވިދާޅުވީ ފަނޑިޔާރަކު ވަކިކުރުމުގެ ކުރިން ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިޔުމުން ދޭންޖެހޭ ކަމަށެވެ.
''މިހާރު ގާނޫނު އޮންނަ ގޮތުން ލިޔުމުން އެބަދޭންޖެހޭ،" އަލީ ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން މަޖިލީހުގެ އިދާރާ އިން ފޮނުވި ސިޓީގެ ޖަވާބަށާއި ފަނޑިޔާރުންގެ ވާހަކަތަކަށް ބަލާއިރު ވެސް ފައިނަލް ރިޕޯޓެއް އެކުލަވައިލުމަށް ފަހު، ޖަވާބުދާރީވުމުގެ ފުރުސަތު ނުދޭކަން އެނގޭ ކަމަށެވެ.
އެހެންވެ، އަލީ ހުސައިން ހުށަހެޅުއްވީ، އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާތީ އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި އަލުން ޖޭއެސްސީ އަށް އެ މައްސަލަ ފޮނުވުމަށެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މޫސާ ސިރާޖެވެ.
އަލީ ހުސައިންގެ ހުށަހެޅުއްވުން ފާސްކުރީ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ފަނޑިޔާރުންނަށް ސެކިއުރިޓީ ކަށަވަރު ކޮށެއް ނުދެވޭ!
ހައި ކޯޓަށް ފަރުހީޒާ އާއި ޝަފީއު
ޖުޑިޝަރީ ކޮމިޓީގެ ފާޑުކިޔުން ސުޕްރީމްކޯޓާއި ޖޭއެސްސީއަށް
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ޝަރީއަތްތައް ލަސްވާ ސަބަބު ހޯދަން ޓާސްކް ފޯހެއް ހަދަނީ
ޝުޖޫނާއި އަޒްމިރަލްދާއާ މެދު ގޮތެއް ނިންމުން މާދަމާ
ޝުޖޫނާއި އަޒްމިރަލްދާ އަށް ކޮމިޓީން ރުހުން ދީފި
ސުޕްރީމް ކޯޓުގެ ބެންޗު ހަތަކަށް އިތުރުކުރަން ފާސްކޮށްފި
ތިނަދޫ މެޖިސްޓްރޭޓް މަގާމުން ވަކިކުރަން ފާސްކޮށްފި
މެޖިސްޓްރޭޓް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި