Roadha Mihaaru
އައިފޯންތަކުގައި ޔޫއެސްބީ-ސީ ބޭނުންކުރަން ޓެސްޓްކުރަނީ

އައިފޯންތަކުގައި ޔޫއެސްބީ-ސީ ބޭނުންކުރަން ޓެސްޓްކުރަނީ

16 މެއި 2022

އައިފޯން ޗާޖުކުރަން ޔޫއެސްބީ-ސީ ޕޯޓް ބޭނުންކުރުމަށް ޓެސްޓްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައިފޯން ޗާޖުކުރަން ޔޫއެސްބީ-ސީ ޕޯޓް ބޭނުންކުރުމަށް ޓެސްޓްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެޕަލްގެ އެތެރޭގެ ސިއްރު ޚަބަރުތައް އާންމުނާ ހަމަ އަށް ތިލަކުރާ ބައެއް މީހުންނާ ހަވާލާދީ ރިޕޯޓްތައް ބުނީ، އެ ކުންފުނިން ޔޫއެސްބީ-ސީ ޓެސްޓްކުރިޔަސް، މި އަހަރުގެ ފޯން ލައިނުގައި އެ ބޭނުންކުރަން ނުފަށާނެ ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ އަންނަ އަހަރު އެ ބަދަލު ގެނައުން ކަމަށެވެ.

އެޕަލްގެ އެނަލިސްޓެއް ކަމަށްވާ މިން ޝީ ކުއޯ ގެ ޓުވީޓެއްގައި ބުނީ އަންނަ އަހަރު މެދުތެރޭގައި އައިފޯންތަކުގައި ޔޫއެސްބީ-ސީ ބޭނުންކުރަން ފަށާނެ އެވެ.

އެ ބަދަލު ވާނީ އައިފޯނުގެ ތާރީހު މުޅިން ބަދަލުކޮށްލާނެ ކަމަކަށެވެ؛ އެކަމަކު، އެޕަލް އިން މިހާރު ވެސް އައިޕެޑް ޕްރޯ އާއި އައިޕެޑް އެއާ އަދި އައިޕެޑް މިނީގައި ޔޫއެސްބީ-ސީ ބޭނުންކުރެ އެވެ.

އެޕަލްއިން އެ ބަދަލު އައިފޯނަށް ގެންނަން އުޅޭއިރު، ޔޫރަޕިއަން ޔުނިއަނުން މިދިޔަ އަހަރު ވަނީ ސްމާޓްފޯން ހިމެނޭ ގޮތަށް އެހެން ކަހަލަ ހުރިހާ ޑިވައިސްތަކުގައި ވެސް ޔޫއެސްބީ-ސީ ޕޯޓް ބޭނުންކުރަން ފަށަން ޕްރޮފޯސަލްއެއް ހުށަހަޅައިފަ އެވެ. އެ ބަދަލު ގެނައުމުގެ އެންމެ ބޮޑު މަގުސަދަކީ އެއީ ކަމަށް ލަފާކުރެ އެވެ.

ޓެކްނިކަލް ސައިޑުން ބަލާ ނަމަ، ޔޫއެސްބީ-ސީ އަަކީ މާ ރަނގަޅު އިހުތިޔާރެކެވެ. އެޕަލްއިން މިހާރު ބޭނުންކުރާ ލައިޓްނިން ޕޯޓް އަށް ވުރެ މާ އަވަހަށް، ޔޫއެސްބީ-ސީ މަސައްކަތް ކުރާނެ އެވެ.