12 މެއި 2022
ސިއްހީ ދާއިރާއަށް ގުޑުމެއް އެރިޔަނުދޭން ގިނަ އަދަދެއްގެ ނަރުހުން އެ ދާއިރާއަށް ވަނުން ވަރަށް މުހިއްމު ކަމަށް މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުން މިއަދު ބުނެފި އެވެ.
ސިއްހީ ދާއިރާއަށް ގުޑުމެއް އެރިޔަނުދޭން ގިނަ އަދަދެއްގެ ނަރުހުން އެ ދާއިރާއަށް ވަނުން ވަރަށް މުހިއްމު ކަމަށް މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުން މިއަދު ބުނެފި އެވެ.
ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހާ ގުޅުވައިގެން އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ނަރުހުންނަކީ ސިއްހީ ދާއިރާގެ މައިބަދަ ކަމަށެވެ. އެ ދާއިރާއަށް ގުޑުމެއް ނާރާނެހެން މައިބަދަ ވަރުގަދަކޮށް ބެހެއްޓުމަކީ މުޖުތަމައުގެ ދުޅަހެޔޮ ކަމަށް ވަރަށް މުހިއްމު ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ.
ކޮވިޑު-19 ގެ ބިޔަ ރާޅުތަކުގެ ތެރެއިން އެ ކަމުގެ މުހިއްމުކަން މުޅި ދުނިޔެއަށް ވެސް ސާބިތުވެފައިވާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.
"ބަލި މީހަކު ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް އައުމަށްފަހު އެ މީހުންނަށް ހޭހަންކުރުމުގައި ވަރުބަލިކަމެއް ނެތި އެންމެ ގާތުން މަސައްކަތް ކުރާ އެއް ބަޔަކީ ނަރުހުންނެވެ. ބަލި މީހާ ތަހައްމަލު ކުރަމުންދާ ވޭނާއި ކެކުޅުން ދެކޭނެ އަދި އެކަމުގައި އެހީތެރިވެދީ ހަމްދަރުދީވާ އެއް ބަޔަކީ ވެސް ނަރުހުންނެވެ،" ބަޔާނުގައި ބުންޏެވެ.
"ރާއްޖެ އާއި ދުނިޔޭގެ ގިނަ ގައުމުތަކުގެ ދާއިރާތަކުގެ މުވައްޒަފުން ގޭގައި މަސައްކަތް ކުރަމުން ދިޔައިރު އަމިއްލަ އާއިލާއާ ދުރުގައި ސަލާމަތީ ގިޔަރު އަޅައިގެން ރެއާ ދުވާލު ވަރުބަލިކަމެއް ނެތި މަސައްކަތް ކުރި އެއް ބަޔަކީ ހަމަ ނަރުހުންނެވެ،"
ބަޔާނުގައި ބުނީ ނަރުހުންނަކީ އާއްމު ހާލަތްތަކުގައި އަދާކުރާ ޒިންމާތަކުގެ އިތުރުން ގައުމަށް ދިމާވާ ކޮންމެ ކަމެއް ނުވަތަ ކާރިސާއެއްގައި ދެ ވަނައެއް ނެތް ނަމޫނާ ދައްކާފައިވާ ހިދުމަތްތެރިން ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ބައިނަލްއަގުވާމީ ނަރުހުންގެ ޖަމިއްޔާ ގުޅިގެން ހެދި ދިރާސާއަކާ ހަވާލައިދީ ނާސިން ކައުންސިލުން ބުނީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ ސިއްހީ ނިޒާމުގެ ބަލިކަށިކަން ހާމަވެ، އެ ބަލިމަޑުކަމުގައި އެންމެ ބޮޑު ތަކްލީފްތަކާއި ގޮންޖެހުންތަކެއް އުފުލަންޖެހުނު އެއް ބަޔަކީ ނަރުހުން ކަމަށެވެ.
އެ ތަޖުރިބާގެ އަލީގައި މި އަހަރުގެ ޝިއާރު ހާއްސަކޮށްފައިވަނީ ނަރުހުންގެ ދާއިރާއަށް ވުނަކުރުމުގެ މުހިއްމު ކަމަށެވެ. ރާއްޖޭގެ ފަދަ ގައުމަކަށް މި ކަމުގެ މުހިއްމުކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި މާލީ ގޮތުން ވެސް އެތަކެއް ފައިދާތަކެއް ލިބިގެންދާނެ ކަން ބަޔާނުގައި ފާހަގަކުރެ އެވެ.
ނާސިން ކައުންސިލުން ބުނިގޮތުގައި ރާއްޖެ ހިމެނޭހެން ކޮވިޑުގެ ސަބަބުން ގައުމުތަކުގެ ސިއްހީ ނިޒާމަށް އަސަރުކޮށްފައިވާ މިންވަރު މި އަހަރު އަންދާޒާކޮށްލެވުމުން ރަނގަޅު ފެންވަރުގެ ނަރުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި 2030 ވަނަ އަހަރާ ހަމައަށް ހަ މިލިއަން ނަރުހުން އެކި ކަންކޮޅުތަކުން ބޭނުންވާނެ ކަން އެނގިގެން ދިޔަ ކަމަށެވެ.
އެހެންވެ، އެ ނަރުހުން ވަޒީފާގައި ދެމި ތިބުމަށް ހިތްވަރުދިނުމުގެ ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅަން ޖެހިފައިވާކަމަށާއި މަސައްކަތުގެ މާހައުލަކީ ދުޅަހެޔޮ މާހައުލެއް ކަމުގައި ހެދުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށް އެ ކައުންސިލުން ބުންޏެވެ.
ކިޔަވައި ނިންމާ ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ކޮބާ؟
ނަރުހުންގެ މުސާރަ 3-4 މަސް ތެރޭގައި ބޮޑުކުރަނީ
ނަރުހުންގެ މުސާރަވީ ކުޑަ، މަސައްކަތްވީ ބުރަ!
ނަރުހުންގެ އާ ޔުނީފޯމަށް ފާޑުކިއުން!
ސިޔާސަތު ކަނޑައަޅަން ނަރުހުންގެ ދައުރު އޮންނަން ޖެހޭ
އައިޖީއެމްއެޗް ނަރުހުންގެ ޔުނީފޯމް ބަދަލުކޮށްފި
ސިއްހީ ދެ ކައުންސިލަކަށް ކުރިމަތިލާން ހުޅުވާލައިފި
ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވަން ތައްޔާރުވަނީ
"ބަލި ފަހަތުން ދުވާ ސިއްހީނިޒާމުގައި ތިބެވޭކަށް ނެތް"
"ދިވެހި ސްޕެޝަލިސްޓުންނަށް އާއްމުންގެ އިތުބާރު ބޮޑު"