Roadha Mihaaru
ސަސް އަތުން ބަލިވެ ވެލެންސިއާ ގަދަ ހަތަރަކުން ބޭރަށް

ސަސް އަތުން ބަލިވެ ވެލެންސިއާ ގަދަ ހަތަރަކުން ބޭރުވެއްޖެ

05 މެއި 2022

ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަތުން 2-0 ބަލިވެ، ދިވެހި ޕްރިމިއަ ލީގު ތާވަލުގެ ގަދަ ހަތަރަކުން ކްލަބް ވެލެންސިއާ ބޭރު ވެއްޖެ އެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަތުން 2-0 ބަލިވެ، ދިވެހި ޕްރިމިއަ ލީގު ތާވަލުގެ ގަދަ ހަތަރަކުން ކްލަބް ވެލެންސިއާ ބޭރު ވެއްޖެ އެވެ.

މެޗު ކާމިޔާބު ކުރުމުން، ސަސް މިހާރު ވަނީ ތާވަލުގެ ހަތަރުވަނަ އަށް ޖެހިލައިފަ އެވެ. ސަސް އަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. ވެލެންސިއާ ލިބިފައި ވަނީ 13 ޕޮއިންޓެވެ.

ގައުމ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސަސްގެ ދެ ލަނޑު ވެސް ޖެހީ އަލީ ނަސޫހް ރަޝީދެވެ.

ޓީމު ދޫކޮށްލަން ރިލީޒަށް އެދުނު ކީޕަރު މުހައްމަދު ފައިސަލް، ވަނީ ގާތްގަނޑަކަށް ދެމަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ވެލެންސިއާގެ ފުރަތަމަ 11 އަށް އެނބުރި އައިސްފަ އެވެ. ފައިސަލް ރީލްޒަށް އެދުނީ އޭނާ އަށް މުސާރަ ނުދޭތީ ކަމަށް ފައިސަލް ކުރިން ބުނެފައި ވެއެވެ.

ދިވެހި ޕްރިމިއަ ލީގުގައި މިއަދު ވެލެންސިއާ އާއި ސަސް ކުޅުނު މެޗުގެ ތެރެއިން، އޭއެފްސީ ކަޕް ކޮލިފައިންގައި މިދިޔަ މަހު ކުރީ ކޮޅު ވެލެންސިއާ ބޫޓާންގެ ތިމްޕޫ ސިޓީ އާ ދެކޮޅަށް ކުޅުނު ފަހުން އެޓީމު މެޗަކުން މޮޅުވެފައެއް ނުވޭ --- ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއަ ލީގުގައި މިއަދު ވެލެންސިއާ އާއި ސަސް ކުޅުނު މެޗުގެ ތެރެއިން، އޭއެފްސީ ކަޕް ކޮލިފައިންގައި މިދިޔަ މަހު ކުރީ ކޮޅު ވެލެންސިއާ ބޫޓާންގެ ތިމްޕޫ ސިޓީ އާ ދެކޮޅަށް ކުޅުނު ފަހުން އެޓީމު މެޗަކުން މޮޅުވެފައެއް ނުވޭ --- ފޮޓޯ: އެފްއޭއެމް

މެޗުގެ ކުރީ ކޮޅު ލީޑް ނަގާނެ ފުރުސަތުތައް ވެސް ސަސް އަށް ލިބުނެވެ. އެކަމަކު އެޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. އެޓީމަށް ފުރަތަމަ ލަނޑު ނަސޫހް ޖެހީ 69 ވަނަ މިނެޓްގަ އެވެ. ވެލެންސިއާގެ ޕެެނަްލޓީ އޭރިއާގެ ބޭރުން ޔަޝްފާދު ހަބީބު (މުލަކޭ) ދިން ބޯޅަ އޭރިއާ ތެރެއަށް ވަން ގޮތަށް ނަސޫހު ވަނީ ގޯލްގެ ތރީ ކަނަށް ބޯޅަ ވައްދައިލައިފަ އެވެ.

ޔަޝްފާދު އެބޯޅަ ދިނީ ވެސް އެބޯޅަ އަށް ނަސޫހް އަރާނެކަން އެނގިގެންނެވެ. ތިރިރިން ބޯޅަ އޭނާ ދިނީ އޭރިއާގެ ތޮނގުމައްޗަށް ކަހަލަގޮތަކަށެވެ. އެހަމަލާ އުފެއްދުމުގެ ބިލްޑްއަޕްގައި މުލަކޭ މުހައްމަދު ޝަހާއު ވެސް މުހިންމު ދައުރެއް އަދާކުރި އެވެ. އޭރިއާގެ ބޭރުގައި ހުރި މުލަކޭ އަށް ބޯޅަ ދިނީ ވެސް ވެލެންސިއާގެ ހާފުގެ މެދެއްހާހިސާބުން ޝަހާއު އަށް ލިބުނު ބޯޅަ އެވެ.

ދެވަނަ ލަނޑު، ނަސޫހް ޖެހީ 84 ވަނަ މިނެޓްގަ އެވެ. ސަސްއިން ކޮމްބިނޭޝަން ބޭނުންކޮށްގެން އުފެއްދި ހަމަލާގައި ނަސޫހް ބޯޅަ ތަނަވަސްކޮށް ދިނީ އަހްނަފް ރަޝީދެވެ. އަހްނަފް ގޯލް ކުރިމައްޗަށް ހުރަސްކޮށް ދިން ބޯޅަ ނަސޫހް ވަނީ ގޯލްގެ ހުރަސް ދަނޑިކައިރިން މަތިމަތިން ބޯޅަ ގޯލަށް ވައްދައިލައިފަ އެވެ. ކީޕަރު މުހައްމަދު ފައިސަލް ޕަންޗުކޮށްލަން މަސައްކަތް ކުރި ބޯޅ ގޯލަށް ވަނީ އޭނާގެ އަތުގައި ޖެހިފަ އެވެ.