04 މެއި 2022
އެމެރިކާގެ، ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖޯޖް ވޮޝިންޓަންގައި އަމިއްލަ މަރުވުމުގެ ހާދިސާތައް އިތުރުވާން ފެށުމާ ގުޅިގެން، އެ މަނަވަރުގެ 200 އަށް ވުރެ ގިނަ ސިފައިން އެއްގަމަށް ބަދަލުކޮށްފި އެވެ.
އެމެރިކާގެ، ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖޯޖް ވޮޝިންޓަންގައި އަމިއްލަ މަރުވުމުގެ ހާދިސާތައް އިތުރުވާން ފެށުމާ ގުޅިގެން، އެ މަނަވަރުގެ 200 އަށް ވުރެ ގިނަ ސިފައިން އެއްގަމަށް ބަދަލުކޮށްފި އެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ބުނި ގޮތުގައި މިދިޔަ އެޕްރީލް މަހުގެ ތެރޭގައިވެސް އެއް ހަފުތާގެ ތެރޭގައި ތިން ފަޅުވެރިން އަމިއްލަ އަށް މަރުވި އެވެ. އަދި މިދިޔަ 12 މަސްދުވަހުގެ ތެރޭގައި އެ މަނަވަރުގެ ހަތް ފަޅުވެރިން މަރުވި އެވެ.
މަނަވަރުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި ވާޖީނިއާގައި ބަނދަރުކުރުމާ ގުޅިގެން، ފަޅުވެރިން ބޭނުން ނަމަ، އެއްގަމުގައި ހުރި ކަނޑުގެ ސިފައިންގެ މަރުކަޒަށް ދިރިއުޅުން ބަދަލުކުރުމަށް މިހާރު ވަނީ ހުއްދަ ދީފަ އެވެ. އެކަމަށް ހުއްދަ ދިނުމާ ގުޅިގެން 200 އަށް ވުރެ ގިނަ ސިފައިން މިހާރު ވަނީ އެ ބަނދަރާ ކައިރީގައި ހުރި، ކަނޑުގެ ސިފައިންގެ ބައެއް މަރުކަޒުތަކަށް ވަގުތީ ގޮތުން ދިރިއުޅުން ބަދަލުކޮށްފަ އެވެ.
މަނަވަރު މަރާމާތު ކުރުމުގެ މަސައްކަތަށް އަހަރެއްހާ ދުވަސް ހޭދަވާނެ ކަމަށް ބެލެވޭއިރު، މަނަވަރު ކަނޑުމަތީގައި އެންމެ ފަހުން ހޭދަކުރި 12 މަސްދުވަހުގެ ތެރޭގައި، ސިފައިންގެ ބަޔަކު އަމިއްލަ އަށް މަރުވި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ. މި ތަހުގީގުގައި، މަނަވަރުގެ ފަޅުވެރިންގެ ހިތްތަކުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދެން މެދުވެރިވަނީ ކޮން ސަބަބުތަކަކާ ހުރެތޯ ދެނެގަންނާނެ އެވެ.
އެމެރިކާގެ ވައިގެ ސިފައިންގެ ތެރޭގައި ހިމެނޭ، ކަނޑާއި ވައިގެ އެޓްލާންޓިކް ލަޝްކަރުގެ ކޮމާންޑަރު، އެޑްމިރަލް ޖޯން މިޔާ ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދާ ތަހުގީގުގެ ނަތީޖާ މިހަފުތާގެ ތެރޭގައި ލިބޭވަރު ވާނެ އެވެ.
ފަސް ހާސް މީހުންގެ ޖާގައިގެ މަނަވަރު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދާ މުއްދަތުގެ ތެރޭގައި، ގާތްގަނޑަކަށް 2700 ފަޅުވެރިން މަނަވަރުގައި މަސައްކަތް ކުރާނެ އެވެ. އަދި އެ މުއްދަތުގައި 420 ފަޅުވެރިން ނިދައި ކައިބޮއި ހަދާނީ ވެސް މަނަވަރުގަ އެވެ.
އެޕްރީލް މަހުގެ ތެރޭގައި ތިން ފަޅުވެރިއަކު އަމިއްލަ އަށް މަރުވުމާ ގުޅިގެން، އެމައްސަލަ ހައްލުކުރުމުގެ ގޮތުން، ނަފްސާނީ ބައްޔަށް ފަރުވާ ކުރާ ޚާއްސަ ތަޖުރިބާކާރެއް ވަނީ މަނަވަރުގައި ބަހައްޓައިފަ އެވެ. އަދި އެފަދަ ހާދިސާތަކާ ކުރިމަތިލުމަށް 13 މީހުންގެ މައްޗަށް އެކުލެވޭ ޚާއްސަ ޓީމެއް ވަނީ އައްޔަންކޮށްފަ އެވެ.
އެމެރިކާގެ އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން އިޒްރޭލަށް
އިޒްރޭލަށް ސިފައިންނެއް ނުފޮނުވާނަން، އެހީވެދޭނަން
އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު މެދުއިރުމައްޗަށް
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
އުތުރު ކޮރެއާ އިން ދެ ބެލިސްޓިކް މިސައިލް ފޮނުވާލައިފި
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލެއް ޖަޕާނުގެ މަތިން
އެމެރިކާގެ މަނަވަރުތައް ތައިވާން ކަނޑުއޮޅި ހުރަސްކޮށްފި
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ
އުތުރު ކޮރެއާއިން އަނެއްކާ މިސައިލްތަކެއް އަޖުމަބަލައިފި
ތަމްރީންތައް ފުޅާކޮށްފިއްޔާ ބަދަލު ހިފާނަން: ރަޝިޔާ