01 މެއި 2022
މާދަމާ ފާހަގަކުރާ ފިތުރު އީދުގައި އިޖުތިމާއީ އަދި އާއިލީ ގުޅުންތައް އާލާކޮށް ބަދަހިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިލްތިމާސް ކުރައްވައިފި އެވެ.
މާދަމާ ފާހަގަކުރާ ފިތުރު އީދުގައި އިޖުތިމާއީ އަދި އާއިލީ ގުޅުންތައް އާލާކޮށް ބަދަހިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިލްތިމާސް ކުރައްވައިފި އެވެ.
ފިތުރު އީދުގެ މުނާސަބާގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ ރޯދައިގެ މަތިވެރި ރޫހާނީ ހަކަތައިން ދިރުން ލިބިގެން ތިބެ ފިތުރު އީދާ ބައްދަލުކުރާއިރު، ހަނދާނަށް ގެނެސްދެނީ މި އުފާވެރި އީދުގައި އިޖުތިމާއީ ގުޅުންތަކާއި އާއިލީ ގުޅުންތައް އާލާކޮށް ބަދަހިކުރުމަށް އިސްލާމް ދީނުގައި ދީފައިވާ ހާއްސަ ސަމާލުކަން ކަމަށެވެ. އަދި އީދުގެ އުފާ ފާޅުކުރުމުގައި މުޖުތަމައުގައި ތިބި ފަގީރުންނާއި މިސްކީނުންނާއި ނިކަމެތިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އީދުގެ އުފާ ފާޅުކުރުން، އާއިލާގެ ތެރެއިން ފަށްޓަވަމާ ހިންގަވާށެވެ. މައިންބަފައިންނާއި މާމައިންނާއި ކާފައިންނަށް ޒިޔާރަތްކޮށް، ހާލުއަހުވާލު އޮޅުންފިލުވައި، އެ މީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ، އަގުބޮޑު ހަދިޔާއެއް ދިނުމަށް ވުރެ މާ ބޮޑަށް، ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. އަނބިދަރިންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، ހިޔާލު ބަދަލުކޮށްލައި ވާހަކަ ދައްކައިލުމަށް ވަގުތުކޮޅެއް ހާއްސަ ކޮށްލުމަކީ ވެސް، އާއިލީ ގުޅުން ބަދަހިކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި، އިސްލާމް ދީނުގައި އީދުގެ އުފާފާޅުކުރަނީ އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ. އަދި ކޮންމެ މީހަކު ވެސް އެ މީހެއްގެ އަވަށްޓެރިންނާއި ރައްޓެހިންނާ އެކުވެރިންނާއެކު، އީދުގެ ތަހުނިޔާ އާއި ހަދިޔާ ބަދަލުކޮށް އުޅުމަކީ މުޅި މުޖުތަމައުގައި އުފާވެރިކަމާއި އެކުވެރިކަން އުފެދޭނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އޭގެ އިތުރުން މުޖްތަމައުގައި ތިބި ނިކަމެތިންނާއި ފަގީރުންނަށް އެހީ ފޯރުކޮށްދީ، އެ މީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ފިލުވައިދިނުމަކީ، އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް، އެ މީހެއްގެ ފެންވަރުން ކުރެވޭނެ ކަންކަމެވެ."
މިއީ މާފުކޮށް، ގުޅުން ބަދަހިކުރަންވީ ދުވަސް: ރައީސް
ރައީސްގެ އީދު ސަލާމް ކުރުން ނުބާއްވަން ނިންމައިފި
މާލެ ދިއްލުމުގެ ކުރީ ސަފުގައި ސްޓެލްކޯގެ މުވައްޒަފުން
ހިސާބުތައް ދައްކަނީ މާދަމާ ހަނދު ނުފެންނާނެ ކަމަށް
ދެކުނަށް ފެން އީދެއް، އުތުރަށް މޫސުން ރަނގަޅުވާނެ
މާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
މި ފަހަރު ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު އޮންނާނެ
ރައީސްގެ އިލްތިމާސަކީ ރުޅިވެރިކަމާއި ހަސަދައިން ދުރުވުން
ރައީސް އިލްތިމާސްކުރެއްވީ އެކުވެރިކަމަށް ހިތް ހުޅުވާލަން