01 މެއި 2022
ރިޝީ ކަޕޫރް މަރުވިތާ ދެ އަހަރުވިޔަސް، އަދިވެސް ކޮންމެ ދުވަަހަކު އެ ހަނދާންތައް އާވެ ހިތްދަތިވާ ކަމަށާއި އެ ހިތްދަތިކަމުން އަރައިގަތުމަށް ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާގެ އަނބިމީހާ ނީތޫ ކަޕޫރް ބުނެފި އެވެ.
ރިޝީ ކަޕޫރް މަރުވިތާ ދެ އަހަރުވިޔަސް، އަދިވެސް ކޮންމެ ދުވަަހަކު އެ ހަނދާންތައް އާވެ ހިތްދަތިވާ ކަމަށާއި އެ ހިތްދަތިކަމުން އަރައިގަތުމަށް ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާގެ އަނބިމީހާ ނީތޫ ކަޕޫރް ބުނެފި އެވެ.
ރިޝީގެ މަރަށް އިއްޔެ ދެ އަހަރުވެފައި ވާތީ އޭނާގެ ހަނދާން އާކުރަމުން ނީތޫ ކުރި އިންސްޓަގްރާމް ޕޯސްޓްގައި ބުނީ ރިޝީ ދުނިޔޭގައި ނެތަސް، ކޮންމެ ދުވަަހަކު ދިމާވާ ކޮންމެ މީހެއްގެ ސަބަބުން ވެސް ރިޝީގެ ހަނދާންތައް އާވާ ކަމަށެވެ.
ރިޝީއާ ގުޅޭ ކޮންމެ ވެސް ވާހަކައެއް ކޮންމެ މީހެއްގެ ވެސް އޮންނަ ކަމަށް ބުންޏެވެ.
ނީތޫ ބުނީ 45 އަހަރުވަންދެން އެކުގައި އުޅުނު ބައިވެރިޔާ ވަކިވެގެން ދިއުމަކީ އުނދަގޫ އަދި ހިތްދަތި ކަމެއް ކަމަށެވެ.
"އަހަރެންގެ ހިތަށް ހަމަޖެހުން ގެނައުމަށް މިހާރު އަބަދު ވެސް މީހާ ހުންނަނީ މެންޓަލީ އޮކިއުޕައީ ކޮށްފައި،" އޭނާ ބުންޏެވެ.
ނީތޫ ބުނި ގޮތުގައި ޓީވީ މަސައްކަތްތަކާއި ފިލްމުތަކުގެ މަސައްކަތްތަކުގެ ސަބަބުން އެ ހިތްދަތިކަން އަބަދު ވަށާލާފައެެއް ނުވެ އެވެ.
"ރިޝީގެ ހަނދާން ހިތުން ނުފިލާނެ."
ނީތޫ މި ވަގުތު މަސައްކަތްކުރަމުން އަންނަނީ "ޑާންސް ދީވާނޭ"ގެ ޖަޖެއްގެ ގޮތުގަ އެވެ.
ހާދިސާއެއްގައި ކާތިކްގެ އާއިލާގެ ބަޔަކު މަރުވެއްޖެ
ރިޝީގެ މަރާއެކު އާންމުވި ވީޑިއޯއެއްގެ މައްސަލަ ބަލަނީ
ރިޝީ ކަޕޫރް މަރުވެއްޖެ
ސަރުކާރުން އާޓިސްޓުންގެ އަގު ވަޒަނެއް ނުކުރޭ: ރިޝީ
ފަޒާލް އާއި ރިޗާގެ ދަރިފުޅުގެ ފޮޓޯއެއް
ކެޓްރީނާ ބަލިވެއިން ވާހަކަ ވިކީ ދޮގުކޮށްފި
ސައިފް އިންސްޓަގްރާމްގައި ސިއްރު އެކައުންޓެއް ގެންގުޅޭ
މަންމައެއް ގޮތަށް އުޅެވޭތީ ސާރާ މާފަށް އެދިއްޖެ
އަލްކާ އަށް އަޑުއިވުމުގައި މައްސަލައެއް
ކަރަންގެ ފިލްމަކުން ފުރުސަތު ނުލިބޭތީ ފަރީދާގެ އުދާސް