އިންޑިއާގެ މުމްބާއީގައި ބޮޑު ބިލްބޯޑެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ބޮލީވުޑްގެ އެކްޓަރު ކާތިކް އަރްޔަންގެ އާއިލާގެ ދެ މީހަކު މަރުވެއްޖެ އެވެ.
އިންޑިއާގެ މުމްބާއީގައި ބޮޑު ބިލްބޯޑެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ބޮލީވުޑްގެ އެކްޓަރު ކާތިކް އަރްޔަންގެ އާއިލާގެ ދެ މީހަކު މަރުވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާގައި މަރުވީ ކާތިކްގެ ބޮޑުބޭބެ އާއި އޭނާގެ އަންހެނުން ކަމަށެވެ. އެ ހާދިސާގައި ވަނީ ޖުމްލަ 16 މީހުން މަރުވެފަ އެވެ. އެ ދެމަފިރިންގެ ހަށިގަނޑު ފެނުނީ ވެސް އެ ހާދިސާ ހިނގިތާ ދެ ދުވަސް ފަހުންނެވެ.
އެ ބިލްބޯޑު ވެއްޓުނީ މިދިޔަ ހޯމަ ދުވަހު މުމްބާއީ އަށް ކުރި ގަދަ ވިއްސާރައިގައި އައި ވަރުގަދަ ކޮޅިގަނޑެއްގެ ތެރެއިން ވަޔާ އެކުގަ އެވެ. އެ ބިލްބޯޑު ވެއްޓުނީ އޭގެ ކުރިމަތީގައި ހުރި ޕެޓްރޯލް ޝެޑެއްގެ މައްޗަށެވެ. އެ ވަގުތު އެ ޝެޑުގައި ޕެޓްރޯލް އެޅުމަށް ވަރަށް ގިނަ ކާރުތައް މަޑުކޮށްގެން އޮތެވެ.
ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، އެ ދެމަފިރިން އެ ސަރަހައްދުން ދަތުރުކުރީ ގައުމުން ބޭރުގައި ދިރިއުޅޭ އެމީހުންގެ ދަރިފުޅު ކައިރިއަށް ޗުއްޓީ އަށް ދިޔުމަށްޓަކައި ވިސާ ޖަހަން ދާންވެގެންނެވެ. އެ ދެމަފިރިންގެ ހަބަރެއް ނުވެ ގިނައިރުވުމުން އެމީހުންގެ ދަރިފުޅު، ބައްޕާ އެކު މަސައްކަތްކުރާ މީހުންނަށް ގުޅި އެވެ. އަދި މަންމަ އާއި ބައްޕަގެ ހަބަރެއް ނުވުމުން މުމްބާއީގެ ފުލުހުންނަށް ވެސް ރިޕޯޓްކުރި އެވެ.
މުމްބާއީ ފުލުހުން އެ ދެމަފިރިން ހޯދަމުން ދަނިކޮށް އެމީހުން ހަށިގަނޑު ފެނުނީ އޭގެ ދެ ދުވަސްފަހުން މި ހިތާމަވެރި ހާދިސާ ހިނގި ސަރަހައްދުންނެވެ. އެ ދެމަފިރިންގެ ދަތުރުކުރި ކާރު އޮތީ ވެއްޓުނު ބިލްބޯޑުގެ ދަށުވެފަ އެވެ.
އެ ބިލްބޯޑަކީ އެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރުކޮށްފައި ހުރި އެއްޗެއް ކަމަށާއި އެ ހާދިސާއާ ގުޅިގެން އެ ބިލްބޯޑުގެ ވެރިފަރާތް ވެސް މުމްބާއީ ފުލުހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އައްލޫ އަރްޖުން ހައްޔަރުކުރުން؛ އާއިލާއިން ދެކޮޅު!
ސްރީދޭވީގެ ހަނދާނުގައި މޮނިއުމެންޓެއް ބަހައްޓައިފި
މަލައިކާގެ ބައްޕަގެ މަރު ތަހުގީގުކުރަނީ
ރިޝީގެ މަރުން އަރައިގަންނަން ނީތޫ އުޅެނީ ބިޒީކޮށް
އަލީ އާއި ހީނާ ރޯދަމަހު އުމްރާއަށް
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ
ސިޑް އާއި ކިއާރާ އަށް ކުއްޖަކު ލިބެނީ
ސޯނޫ ސޫދު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފި
ކެޓްރީނާ އަށް ކަމުދަނީ ވިކީ ތުނބުޅި ބެހެއްޓީމަ
އަނަންޔާ ކައިވެނިކުރަން ފަސް އަހަރުގެ ޕްލޭނެއް ހަދައިފި