ބޮލީވުޑްގެ އެކްޓްރެސް ސްރީދޭވީގެ ހަނދާނުގައި އިންޑިއާގެ މުމްބާއީގެ މަގެއްގައި މޮނިއުމެންޓެއް ބަހައްޓައިފި އެވެ.
ބޮލީވުޑްގެ އެކްޓްރެސް ސްރީދޭވީގެ ހަނދާނުގައި އިންޑިއާގެ މުމްބާއީގެ މަގެއްގައި މޮނިއުމެންޓެއް ބަހައްޓައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި މޮނިއުމެންޓް ބެހެއްޓީ މުމްބާއީގައި ސްރީދޭވީ ދިރިއުޅުނު ގެއާ ކައިރީގައި އޮންނަ މަގެއްގައި ހުންނަ ރައުންޑްއެބައުޓެއްގަ އެވެ. މި މޮނިއުމެންޓް ބެހެއްޓުން ފާހަގަކުރުމަށް ސްރީދޭވީގެ އާއިލާއާ އެކު އިއްޔެ ހަފުލާއެއް ވެސް ބޭއްވި އެވެ.
އެ މޮނިއުމެންޓަށް ވަނީ "ސްރީދޭވީ ކަޕޫރް ޗޯކް"ގެ ނަން ދީފަ އެވެ.
އެ ހަފުލާގައި ސްރީދޭވީގެ ފިރިމީހާ ބޯނޭ ކަޕޫރާއި އޭނާގެ ކުއްޖެއް ކަމަށްވާ ހުޝީ ކަޕޫރް ބައިވެރިވި އެވެ. އޭނާ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރް އެ ހަފުލާއަށް ނުދެ އެވެ. އަދި ސްރީދޭވީގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ އަދި ބޮލީވުޑްގެ އެކްޓްރެސް ޝަބާނާ އަޒްމީ ވެސް އެ ހަފުލާއަށް ދިޔަ އެވެ.
ސްރީދޭވީ މަރުވީ މީގެ ހަ އަހަރު ކުރިން ފެބްރުއަރީ 24، 2018 ގަ އެވެ. އޭނާ މަރުވީ ދުބާއީގައި އޭނާ ހުރި ހޮޓެލްގެ ބާތުޓަބުގެ ތެރެއަށް ގެނބިގެންނެވެ.
ސްރީދޭވީ އަކީ އިންޑިއާގެ އެކި ބަސްތަކުގެ ފިލްމުތައް ކުޅުނު ގިނަ ބައެއްގެ ލޯބި ހޯދި ފަންނާނެކެވެ. އޭނާ ބޯނޭއާ ކައިވެނިކުރީ 1996 ގަ އެވެ.
އައްލޫ އަރްޖުން ހައްޔަރުކުރުން؛ އާއިލާއިން ދެކޮޅު!
ޖާންވީ އާއި ހުޝީއާ އެކު ވެދަންގް ވެސް ރާއްޖެއަށް
މަޖާ ރޯލުތައް ކުޅުނު އަތުލް މަރުވެއްޖެ
މަލައިކާގެ ބައްޕަގެ މަރު ތަހުގީގުކުރަނީ
ހާދިސާއެއްގައި ކާތިކްގެ އާއިލާގެ ބަޔަކު މަރުވެއްޖެ
ރިޝީގެ މަރުން އަރައިގަންނަން ނީތޫ އުޅެނީ ބިޒީކޮށް
މިއީ ވެސް ހަމަ "ސްރީދޭވީއެއް"
އަލީ އާއި ހީނާ ރޯދަމަހު އުމްރާއަށް
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ
ސިޑް އާއި ކިއާރާ އަށް ކުއްޖަކު ލިބެނީ