22 އެޕްރީލް 2022
އެމެރިކާގެ މަޝްހޫރު ނިއުސް ނެޓްވޯކް ސީއެންއެން އިން މިދިޔަ މަހު ލޯންޗުކުރި ސްޓްރީމިން ސާވިސް ކަމަށްވާ ސީއެންއެން ޕްލަސް ހުއްޓާލަން ނިންމައިފި އެވެ.
އެމެރިކާގެ މަޝްހޫރު ނިއުސް ނެޓްވޯކް ސީއެންއެން އިން މިދިޔަ މަހު ލޯންޗުކުރި ސްޓްރީމިން ސާވިސް ކަމަށްވާ ސީއެންއެން ޕްލަސް ހުއްޓާލަން ނިންމައިފި އެވެ.
ސީއެންއެން ޕްލަސްގެ ހިދުމަތް ފެށީ މިދިޔަ މަހު 29 ގަ އެވެ. މަހެއް ނުވަނީސް ސީއެންއެން ޕްލަސް ހުއްޓާލަން ނިންމާފައިވާއިރު، މި މަހު 30 އިން ފެށިގެން އެ ހިދުމަތް ނުލިބޭނެ އެވެ.
އެ ހިދުމަތް ހުއްޓާލަން ނިންމާފައިވާކަން އެންގީ ސީއެންއެންގެ ސީއީއޯ ކްރިސް ލިޗް، އެތަނުގެ މުވައްޒަފުންނަށް ފޮނުވި ސިޓީއެއްގަ އެވެ. މީީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ހިދުމަތް ހުއްޓާލަން ޖެހުނީ، ސީއެންއެން ހިމެނޭ ގޮތަށް މި އަހަރު ތައާރަފުކުރަން އުޅޭ ވޯނާ ބްރޯސް ޑިސްކަވަރީގެ ހިދުމަތުގެ ސަބަބުންނެވެ.
ސީއެންއެން ޕްލަސް ހުއްޓާލާތީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ޖާގަ ހުރިވަރަކުން ސީއެންއެންގެ އެހެން ޑިޕާޓްމަންޓްތަކުން ވަޒީފާ ދޭން ނިންމާފައިވެ އެވެ. އަދި އެ ފުރުސަތު ނުލިބިއްޖެ ނަމަ، ހަ މަހުގެ މުސާރަ ދިނުމަށް ފަހު މުވައްޒަފުން ވަޒީފާއިން ވަކިކުރާ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ.
މީގެ ކުރިން ވެސް ވަރަށް ގިނަ ސްޓްރީމިން ޕްލެޓްފޯމުތައް ވަނީ ފެށިތާ ކައިރީގައި ހުއްޓާލަން ޖެހިފަ އެވެ. އެކަމަކު މިހާތަނަށް އެންމެ އަވަހަށް ހުއްޓާލަން ޖެހުނީ ސީއެންއެން ޕްލަސް އެވެ. އެ ހިދުމަތް ފަށަން ސީއެންއެން އިން 100 މިލިއަން ޑޮލަރު ހޭދަކުރި އެވެ.
ޑިސްކަވަރީގެ ބޮޑު ސްޓްރީމިން ސާވިސްއެއް
ސީއެންއެން ޕްލަސްގެ ނަމުގައި ސްޓްރީމިން ހިދުމަތެއް
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
"މިރްޒާޕޫރް"ގެ ފިލްމެއް ގެނެސްދެނީ
އެކްތާ އާއި އޭނާގެ މަންމަ ޕޮލިހަށް
ބޮލީވުޑްގެ ވަރުގަދަ ކާސްޓަކާ އެކު "ދަ ރޯޔަލްސް"
އުރްފީ އާއި އޭނާގެ އާއިލާގެ ދިރިއުޅުން ދައްކާ ޝޯއެއް
މި މަހު ބަލަންވާނެ ހިންދީ ވެބް ސީރީޒްތައް
"ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަނެއް
ނެޓްފްލިކްސްގެ "ކާލާ ޕާނީ"ގެ ދެވަނަ ސީޒަނެއް