Roadha Mihaaru
އިދިކޮޅުގެ ތުހުމަތު: ޖިންސީ ގޯނާކުރި މީހާ ފޮރުވަނީ!

އިދިކޮޅުގެ ތުހުމަތު: ޖިންސީ ގޯނާކުރި މީހާ ފޮރުވައި ހަގީގަތް އޮޅުވާލަނީ

19 އެޕްރީލް 2022

އައްޑޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ހަގީގަތް އޮޅުވާލަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް، "އަސްލު ކުށްވެރިޔާ" ހައްޔަރުކުރަން އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ހަގީގަތް އޮޅުވާލަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް، "އަސްލު ކުށްވެރިޔާ" ހައްޔަރުކުރަން އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.

ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިދިޔަ މަހު 59 އަހަރުގެ އަންހެނަކު ހައްޔަރުކުރުމުން އައްޑޫގައި ހަމަނުޖެހުން ބޮޑުވި އެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރީ ކާފަ ކަމަށާއި އާއިލާ އިން އެކަން ސިއްރުކޮށް، އެހެން މީހަކު ފްރޭމްކޮށްފައިވާ ކަމަށް ބައެއް މީހުން ބުނެ އެވެ. އެކަމަކު އަންހެން މީހާ ހައްޔަރުކޮށް ކޯޓަށް ގެންދިއުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސްކޫލެއްގައި މަސައްކަތްކުރާ އަންހެނެއްގެ ބޮލުގައި ޖިންސީ ގޯނާގެ ތުހުމަތު އަޅުވައި ހައްޔަރުކޮށްގެން ގެންގުޅެނީ ކަމުގެ ހަގީގަތް އޮޅުވާލައި، މުޅި މައްސަލަ އެހެން މިސްރާބަކަށް އަނބުރާލުމުގެ މަގްސަދުގައި ކަމަށް އައްޑޫގެ މީހުން ބުނަމުން އަންނަ ކަމަށެވެ.

"އެކަން [އަންހެން މީހާ ފްރޭމްކުރިކަން] ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި ތަހުގީގުން ވެސް ސާބިތުބެފައިވާކަމާއި އެ ތުއްތު ދަރިވަރަށް ޖިންސީ ގޯނާކުރުމުގެ އަމަލު ހިންގާފައި ވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި އެ ދަރިވަރުންގެ އާއިލީ ފަރާތެއްކަން ތަހުގީގަށް އެނގެން އޮތް ކަމަށް އައްޑޫގެ ރައްޔިތުން އެދަނީ ކަށަވަރުކަމާ އެކު ބުނަމުންނެވެ،" އިދިކޮޅުން ނެރުނު ބަޔާނުގައި ބުންޏެވެ.

Jinsee goanaa ge massalaigai hayyaru kuri anhen meeha dhookollan govaalai petition eh

Jinsee goanaa ge massalaigai hayyaru kuri anhen meeha dhookollan govaalai petition eh

The most trusted news source in the Maldives

Mihaaru

އަންހެން މީހާ ދޫކޮށްލުމަށް އެދި އައްޑޫގެ ރައްޔިތުން ވަނީ ކަމާ ބެހޭ އެކި އިދާރާތަކަށް ޕެޓިޝަނެއް ހުށަހަޅާފައި.

ޖިންސީ ގޯނާ ކަހަލަ ބޮޑު ތުހުމަތެއް ކުރެވޭ މީހަކު ހައްޔަރުނުކޮށް، މިނިވަންކަމާ އެކު އުޅެން ދޫކޮށްލާފައި ވާތީ ކަންބޮޑުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އިދިކޮޅުން ބުނީ އިހުތިޖާޖުގެ ބައިވެރިންގެ އިހްސާސްތަކާ ދެކޮޅު ހަދައި އިހުތިޖާޖުގެ ބައިވެރިންނަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން އެތައް އަނިޔާއެއްދީފައިވާ ކަމަށް ވެސް ބުނެފަ އެވެ. އަދި ޖިންސީ ގޯނާ ހިންގި އަސްލު ފަރާތަށް ހިމާޔަތް ދިނުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އަންހެން މީހާ ހައްޔަރުކުރުމުން ގިނަ ބަޔަކު ވަނީ އެމައްސަލައިގައި ރަށުގެ މީހުން ތުހުމަތުކުރާ ކުއްޖާގެ ކާފަގެ ދޮށަށް އެއްވެ އޭނާ ހައްޔަރުކުރަން ގޮވާލައިފަ އެވެ. އެކަމަކު ފުލުހުން ވަނީ އެގޭ ދޮރުމަތީގައި އެއްވުމުގެ ބައިވެރިންނަށް ނުވަދެވޭނެ ގޮތަށް ބަންދުކޮށްފަ އެވެ.

އެރޭ ދަންވަރު ބާރުގެ ބޭނުންކޮށްގެން ފުލުހުން އެ އެއްވުން ރޫޅާލިއިރު އެއްވުމުގެ ބައިވެރިން ވަނީ ތުހުމަތުވާ މީހާ އެހެން ތަނަކަށް ފުލުހުންގެ ހިމާޔަތުގައި ގެންދިޔަ ކަމަށް ބުނެފަ އެވެ.

އިދިކޮޅުން ބުނީ ޖިންސީ ގޯނާގެ މައްސަލަތަކުގައި ބާރުގަދަ ސިޔާސީ ފަރާތްތައް ސަލާމަތްކުރުމަކީ މި ސަރުކާރުން އާންމުކޮށް ކުރާ ކަމެއް ކަމަށެވެ.

އެހެންވެ މި މައްސަލާގައި އިދިކޮޅުން ވަނީ އެ ކުއްޖާގެ ބަހުން ފުލުހުންގެ ތަހުގީގަށް ސާބިތުވާ ފަރާތް ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފަ އެވެ. އަދި ޖެންޑާ މިނިސްޓްރީ އާއި އެޗްއާރުސީއެމުން އެ މައްސަލަ ގާތުން ބެލުމަށާއި އެކަމުގައި ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމަށް ވެސް ގޮވާލި އެވެ.

"ސިޔާސީ ގޮތުން ކިތަންމެ ބާރުގަދަ ނަމަވެސް ގާނޫނު އެންމެންގެ މައްޗަށް ހަމަހަމަކަމާ އެކު ހިންގުމަށް ބާރު އެޅުމަށް ގޮވާލަމެވެ."

އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ބަލަމުން އެބަދެ އެވެ.

ޖިންސީ ގޯނާގެ ސަބަބުން ކުއްޖާގެ ކުރިމަތި ފަރާތަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި ގައިގެ އެކި ތަންތަނުގައި ވަކި އަޅާފައި ހުރި ކަމުގެ ނިޝާން ހުރި ކަމަށްވެ އެވެ. އެ މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ޖިންސީ ގޯނާގެ އެއްވެސް ރިކޯޑެއް އޮތް އަންހެނެއް ނޫނެވެ.

އެކަަމަކު ފުލުހުން ބުނާ ގޮތުގައި އެ މައްސަލައިގައި އިތުރު އެހެން މީހަކަށް ތުހުމަތުކުރެވޭ ވަރަށް ހެއްކެއް ލިބިފައެއް ނެތެވެ.