10 އެޕްރީލް 2024
އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ގެ ސިފައަކީ މިއީ އެވެ. ރަށުގައި ފެންބޮޑުވެއްޖެ ނަމަ އަރުވާ ޖަހައިގެން ރަށުގެ ހުރިހާ ގެއަކަށް ވަދެވަޑައިގަންނަވާނެ އެވެ. އެންމެންގެ ހާލު ވަކިވަކިން ބައްލަވަ އެވެ. ވެ ދެއްވެން އޮތް އެހީތެރިކަމެއް ދެއްވަ އެވެ. މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑީގައި ނެތި މިދިޔަ ދުވަސްތަކުގައި ވެސް އޭނާ އުޅުއްވީ ހަމަ އެހެންނެވެ.
އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ގެ ސިފައަކީ މިއީ އެވެ. ރަށުގައި ފެންބޮޑުވެއްޖެ ނަމަ އަރުވާ ޖަހައިގެން ރަށުގެ ހުރިހާ ގެއަކަށް ވަދެވަޑައިގަންނަވާނެ އެވެ. އެންމެންގެ ހާލު ވަކިވަކިން ބައްލަވަ އެވެ. ވެ ދެއްވެން އޮތް އެހީތެރިކަމެއް ދެއްވަ އެވެ. މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑީގައި ނެތި މިދިޔަ ދުވަސްތަކުގައި ވެސް އޭނާ އުޅުއްވީ ހަމަ އެހެންނެވެ.
މީހުންނާ ސަމާސާ ކުރެއްވުމާ އެކު، އެ ގާތް ގުޅުން އައިބީ އަބަދުވެސް ބާއްވަ އެވެ. ސިޔާސީ ގޮތުން އެއްވެސް ބާރެއް ނެތަސް އޭނާގެ އެ އުޅުއްވުމަށް ބަދަލެއް ނާދެ އެވެ. އުޅުއްވަނީ އާންމުންނާ އެކު އެވެ.
އެހެންވެ، މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް އޭނާ އަލުން ނުކުންނެވީ ފޭދޫ އަށް އަނެއްކާވެސް ފަހިކަން ގެނެސްދިނުމަށް މަސައްކަތް ކުރެއްވުމަށެވެ. ރަށުގެ ރައްޔިތުންނާ އެކު އޮންނަ ގާތް ގުޅުމާ އެކު، ކަމެއް ކޮށްދެވޭތޯ އެވެ.
މާލެ: ފެބްރުއަރީ 19، 2018- ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
ވެރިކަންތައް ބަދަލުވެގެން ދިޔައިރު ވެސް ދެ ވަނަ އާބާދީ އެންމެ ބޮޑު އަތޮޅު، އައްޑުއަށް ބަދަލެއް އައި މަންޒަރެއް ނުފެނުނެވެ. ރަށަށް ރާޅު އަރައި، ވިއްސާރަވެހިއްޖެ ނަމަ ރަށު ތެރޭގައި އޮންނަނީ ފެންބޮޑުވެފަ އެވެ. ރަނގަޅު ނަރުދަމާ ނިޒާމަކާއި އެކަށީގެންވާ ގޮތެއްގައި ކަރަންޓު ނިޒާމެއް ނުލިބެ އެވެ. ރަށުގައި ދިރިއުޅެން ބޭނުންވާ މީހުންނަށް ބޯހިޔާވަހިކަމެއް ނުލިބެ އެވެ. ވަޒީފާ ހޯދުމާއި މަތީ ތައުލީމުގެ ހޯދުން ވެގެން ދިޔައީ ބޮޑު ގޮންޖެހުމެކެވެ.
އޭރު ވެސް ރަށުގެ އިޖުތިމާއީ ކަންކަމުގައި އައިބީގެ އަޑުގަދަ އެވެ. ހައްގު ހޯދަން ބޭނުންވެ އެވެ. އެހެންވެ، ގިނަ ބައެއްގެ އެދުމަކާ އެކު 6،000 އެއްހާ މީހުން ދިރިއުޅޭ ފޭދޫގެ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 2014 ވަނަ އަހަރު ވާދަކުރައްވައި އައިބީ ސިޔާސީ ދާއިރާ އަށް ފުރަތަމަ ފަހަރަށް ނުކުމެވަޑައިގަތެވެ.
ބޭރުގެ އޮފިޝަލުންތަކަކާއެކު ބޭއްވި ބައްދަލުވުމެއްގައި ފޭދޫ ދެކުނު ދާއިރާގެ އޭރުގެ މެމްބަރު އައިބީ ބައިވެރިވެވަޑައިގަންނަވަނީ.
އައިބީ ގަބޫލުކުރައްވާ ގޮތުގައި އެ ފަހަރު މަޖިލީހުގެ ތެރޭގައި ދާއިރާގެ ރައްޔިތުންގެ ހައްގުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި މެމްބަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާނެ އެވެ. އޭގެ ހެއްކަކަށް ދެއްކެވީ އެތައް އަހަރު ތަކެއް ވަންދެން ރަށަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލު ކުރުމުގައި އިސް ދައުރެއް އަދާކުރެއްވުމެވެ.
ފޭދޫގެ ބިން ހިއްކުމާއި ނަރުދަމާ އަދި ފެނުގެ ނިޒާމް ގާއިމްކުރުމާއި ކަރަންޓުގެ ފެންވަރު ރަނގަޅު ކޮށްދެވުމަކީ އެއް ކަންތަކެވެ. ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ފުވައްމުލަކާ ދެމެދު ދަތުރުތައް ފަށައި، އައްޑޫގެ ދެން ހުރި ރަށްތައް ވެސް ފެރީ އިން ގުޅާލި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ފޭދޫ ދެކުނު ދާއިރާގެ އޭރުގެ މެމްބަރު އިބްރާހިމް ދީދީ ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
"ރަށުގެ ބައެއް މަގުތައް ވެސް ޒަމާނީ ފެންވަރަށް ހެދެން ފެށުނު. ސްކޫލުގެ އާ އިމާރާތް ހިމެނޭ ގޮތަށް ޖަލްސާކުރާ ހޯލަކާއެކު ހެދުނު. މީގެ ކުރިން ވިއްސާރަވިއްޔާ އިނާމު ދިނުމުގެ ޖަލްސާ އަށް ވެސް ދާން ޖެހޭނީ މަރަދޫގައި ހުންނަ ސްކޫލަކަށް މި ރަށުގައި ޖާގަ ނެތުމުގެ ސަބަބުން. މި ކަހަލަ ވަރަށް ގިނަ މައްސަލަތަކަށް އެ ދައުރުގައި ހައްލު ލިބިގެންދިޔަ،" އައިބީ ވިދާޅުވި އެވެ.
"ރަށުގެ ރައްޔިތުން ވެސް ގަބޫލުކުރާ ގޮތުގައި ގިނަ ކަންތައްތަކެއް، އެހެން ދައުރުތަކާ އަޅާބަލާއިރު ކުރީގައި ނުވެފައި ހުރި ވަރަށް ގިނަ ކަންތައްތަކެއް މި ރަށަށް ލިބިގެންދިޔަ."
އޭނާ ވިދާޅުވީ ގަމުގައި އިންޓަނޭޝަނަލް އެއާޕޯޓްގެ ނަމުގައި ބޯޑެއް ހަރުކޮށްފައި ހުއްޓަސް، މި ފަހަކާ ޖެހެންދެން ބޭރަށް ދަތުރުނުކުރެވޭ ކަމަށެވެ. އެކަމަކު، އައިބީ މެމްބަރުކަމުގައި ހުންނަވައި ގާއިމްކުރި ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ސަބަބުން ބޭރު ގައުމުތަކަށް ދަތުރުކުރަން ފެށުނުކަން ފާހަގަކުރެއްވި އެވެ.
ފޭދޫ ސްކޫލުގެ އާ އިމާރާތުގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އައިބީ ބައިވެރިވެވަޑައިގަންނަވަނީ.
ސަރުކާރުގެ ކެންޑިޑޭޓަކާއެކު ރަށަށް ކުރިއެރުން ލިބޭނެ ކަމަށް ގަބޫލު ކުރައްވައި، އައިބީ މަޖިލީހަށް ކުރިމަތިލެއްވުމަށް މި ފަހަރު ވެސް ރަށުގެ ގިނަ ބަޔަކު އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެ ވިސްނުމުގައި 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބު އޭރުގެ ވެރިކަން ކުރި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓު ފޭދޫ ދެކުނު ދާއިރާ އަށް ހޮވައިދިނެވެ. އަނެއްކާ ވެސް ބަދަލަކާ އެކު، ޕީއެންސީގެ ކެންޑިޑޭޓު ހޮވައިދީފި ނަމަ ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖެއްސޭނެ ކަމަށް އައިބީ ވެސް ގަބޫލުކުރައްވަ އެވެ.
ރަށުގެ ބައެއް މަގުތައް ވެސް ޒަމާނީ ފެންވަރަށް ހެދެން ފެށުނު. ސްކޫލުގެ އާ އިމާރާތް ހިމެނޭ ގޮތަށް ޖަލްސާކުރާ ހޯލަކާއެކު ހެދުނު. މީގެ ކުރިން ވިއްސާރަވިއްޔާ އިނާމު ދިނުމުގެ ޖަލްސާ އަށް ވެސް ދާން ޖެހޭނީ މަރަދޫގައި ހުންނަ ސްކޫލަކަށް މި ރަށުގައި ޖާގަ ނެތުމުގެ ސަބަބުން. މި ކަހަލަ ވަރަށް ގިނަ މައްސަލަތަކަށް އެ ދައުރުގައި ހައްލު ލިބިގެންދިޔަ،" އައިބީ
"ގުޅިގެން، އެންމެން އެކީ މަސައްކަތްކޮށްގެން، ތެދުވެރި ނިޔަތަކާ އެކު މަސައްކަތް ކޮށްފިއްޔާ މި ގައުމަކީ، މި ސަރަހައްދުގެ އެންމެ ރައްކާތެރި، އަމާން، އިގުތިސާދު އެންމެ ރަނގަޅު، ފުދުންތެރި ގައުމަކަށް ވެގެން ދާނެ. ގައުމުގެ ހަމަޖެހުމަކާ އެކު ހުރިހާ ކަމެއް ވެސް ކުރިއަށް ދާނީ،" އައިބީ ވިދާޅުވި އެވެ.
"ގައުމެއް، ގައުމެއްގެ ގޮތުގައި ހަމަޖެހިގެން ކުރިއަށް ދެވޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލިސް ހިންގަން ޒިންމާދާރު ބަޔަކު ތިބެގެން."
ސަރުކާރެއް ކުރިއަށްދާން މަޖިލީހުގެ ތެރެއިން ވެސް ގިނަ ކަންކަން ކުރަންޖެހޭއިރު، ކޯރަމް ހަމަނުވެގެން މަސައްކަތްތައް ކުރިއަށް ނުދާ މަޖިލީހަކަށް ހެދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގާބިލް ބަޔަކު އިންތިހާބުކޮށްފި ނަމަ، ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހަކާ އެކު ތަރައްގީ ޔަގީން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިބީއަކީ މަޖިލިހުގައި ކުރިން ވެސް ބަހުސްތަކުގައި ބައިވެރިވެވަޑައިގެން، ވަރަށް އެކްޓިވްކޮށް އުޅުއްވި މެމްބަރެކެވެ. ސިޔާސީ ތަޖުރިބާ އެބަހުއްޓެވެ. ހުރިހާ ފިކުރަކާ ދިމާވެ އެވެ. އެހެންވެ، އޭނާއަކީ މަޖިލިހުގައި ކޮންމެހެން އިންނަވަން ޖެހޭ މެމްބަރެއް ކަމަށް ގަބޫލު ކުރައްވަނީ އެހެންވެ އެވެ.
އާނަ: އެހީތެރިއެއް، "ކޮންމެ މީހަކު ވެސް މުހިންމު"
އެއްބަޔަކު ހޮވައިގެން އުއްމީދު ހާސިލެއް ނުވި: އަޒާން
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް
ފޯކަސްގައި އޮތީ ނަތީޖާ ނެރުން އެކަނި: ރައީސް
ހެނދުނާ ވޯޓުލައި ތާރީހީ މޮޅެއް ހޯދައިދީ: ރައީސް
ބޭނުންވަނީ ދުވެލި ހަލުވިކޮށް ނަތީޖާ ނެރެން: ރައީސް
"ވެރިކަންދިފާއުކުރަން އެންމެ އިންޗިއެއްވެސް ދޫނުދޭނަން"
ހިތްހަމަނުޖެހުނަސް އެމްޑީޕީއަށް ތާއީދު ނުކުރަން އެދިއްޖެ
ސަފީރަކު އެދޭގޮތަށް ހިންގަން ފުރުސަތުނުދީ: ރައީސް