18 އެޕްރީލް 2022
މިސްކިތްތަކަކީ ބިންމަތީގައިވާ މާތްﷲ ގެ ގެތަކެވެ. އަޅުކަން ކުރުމަށްޓަކައި އެއް ހިސާބުގަނޑެއްގައި އުޅޭ މީހުން އެއްވާ ތަނެވެ. އިސްލާމްދީނުގެ މުހިންމު ޝިއާރެކެވެ. އެހެންކަމުން އެ ތަނަށް އިހުތިރާމްކޮށް، އެ ތަނުގެ ގަދަރު ދަމަހައްޓަން ޖެހެ އެވެ. އެ ތަނުގެ ސާފުތާހިރުކަން ދަމަހައްޓަން ޖެހެ އެވެ. އަދި މި ނޫނަސް މިސްކިތުގެ އެހެން އަދަބުތަކަށް ރައްކާތެރިވާން ޖެހެ އެވެ.
މިސްކިތްތަކަކީ ބިންމަތީގައިވާ މާތްﷲ ގެ ގެތަކެވެ. އަޅުކަން ކުރުމަށްޓަކައި އެއް ހިސާބުގަނޑެއްގައި އުޅޭ މީހުން އެއްވާ ތަނެވެ. އިސްލާމްދީނުގެ މުހިންމު ޝިއާރެކެވެ. އެހެންކަމުން އެ ތަނަށް އިހުތިރާމްކޮށް، އެ ތަނުގެ ގަދަރު ދަމަހައްޓަން ޖެހެ އެވެ. އެ ތަނުގެ ސާފުތާހިރުކަން ދަމަހައްޓަން ޖެހެ އެވެ. އަދި މި ނޫނަސް މިސްކިތުގެ އެހެން އަދަބުތަކަށް ރައްކާތެރިވާން ޖެހެ އެވެ.
މިސްކިތްތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި މިސްކިތަށް އަރާ މީހުން ސާފުތާހިރުކޮށް ތިބުމާއި މިސްކިތުގެ އެހެނިހެން އަދަބުތަކަށް ރައްކާތެރިވުމަކީ ނަބިއްޔާ ﷺ ގެ ސުންނަތް ދެމެހެއްޓުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މަތިވެރި ސަވާބާއި ދަރުމަ ލިބިގެންދާ ކަމެކެވެ. މިސްކިތަށް އަންނަ މީހުންނަށް ހިތްހަމަޖެހުން ލިބި އަޅުކަމަށް ޝައުގުވެރިކަން އުފެދޭނެ ކަމެކެވެ. ހަމައެއާ އެކު އެއީ މާތް ﷲ ގެ ޝިއާރެއް މަތިވެރި ކުރެވިގެން ދާ ކަމެކެވެ. ﷲ ގެ ޝިއާރުތައް މަތިވެރި ކުރުމަކީ ހިތުގެ ތަގުވާގެ ތެރެއިން ހިމެނޭ ކަމެކެވެ. (އަލްހައްޖު 32).
• މިސްކިތް ސާފުކުރުމާއި ހަޑިނުކުރުން.
މިސްކިތް ސާފުކުރުމަށް މީހުން ބައިތިއްބަން ޖެހެ އެވެ. އެ މީހުންގެ އެ މަސައްކަތަކީ ﷲ ގެ ޝިއާރެއް ދެމެހެއްޓުމަށްޓަކައި ފަރުވާތެރިކަމާއެކު ކުރާ މަސައްކަތަކަށް ހަދަން ޖެހެ އެވެ. މިސްކިތް ސާފުކުރަން ބަޔަކު ތިއްބަސް އަދި ނެތަސް ފަރުދީ ގޮތުން ކޮންމެ މީހަކު ވެސް އަދާކުރަންޖެހޭ ޒިންމާތަކެއް ވެސް ވެ އެވެ. މިސްކިތަށް ނުވަތަ މިސްކިތުގެ ހަރިންމަ ތެރެއަށް ވިއަސް ކުޅުނުޖެހުމާއި ކާބޯތަކެއްޗާއި އެއްވެސް ބާވަތެއްގެ ކުންޏެއް ނޭޅުން ހިމެނެ އެވެ.
މިސްކިތް ސާފުކުރުމަކީ މަތިވެރި ދަރުމަ ލިބިގެންދާ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާ ގޮތުގައި އެކަލޭގެފާނުގެ އުންމަތުގެ މީހުންނަށް ލިބޭ ދަރުމަ އެކަލޭގެފާނަށް ހުށަހެޅިގެންދިޔައިރު އޭގެ ތެރޭގައި މިސްކިތުން ނަގައި އެއްލައިލާ ކުދިކުދި އެތިކޮޅުތަކަށް ލިބޭ ދަރުމަ ވެސް ހިމެނިގެން ދިޔަ އެވެ.(އައްތިރުމިޛީ). މިއާ ހިލާފަށް މިސްކިތްތެރެ ހަޑިވާ ޒާތުގެ ކަންކަން ކުރުމަކީ ކުށެކެވެ. ނަބިއްޔާ ﷺ ހަދީސް ކުރައްވަނީ މިސްކިތަށް ކުޅު ޖެހުމަކީ ކުށެއް ކަމަށެވެ. އަދި އެކަމުގެ ކައްފާރާ އަކީ އެ ކުޅަށް ފަސްއަޅައި ފޮރުވުން ކަމަށެވެ. (މުސްލިމް). މުރާދަކީ އެތަން ސާފު ކުރުމެވެ.
• ޒީނަތްތެރިވެގެން މިސްކިތަށް ދިއުން.
މީގެ ތެރޭގައި ސާފުތާހިރުކަން މަތީ ހުރުމާއި ސާފުތާހިރު ހެދުމެއް ލުމާއި ދަތްއުނގުޅުމާއި ހުވަނދުލުން ފަދަ ކަންކަން ހިމެނެ އެވެ. މިސްކިތަށް ދާއިރު ޒީނަތްތެރިވުމަށް ﷲ އަންގަވާފައި ވެ އެވެ. (އަލްއައުރާފް 31). ހާއްސަކޮށް ހުކުރު ދުވަހު ހިނައިގަތުމާއި ހުވަނދުލުން އެއީ ސުންނަތެކެވެ. އަދި މި ކަމަކީ އެއް ހުކުރާއި އަނެއް ހުކުރާ ދެމެދުގައި ވެވޭ ކައްފާރާއެއް ކަމުގައި ވެސް ރަސޫލާ ﷺ ބަޔާން ކުރައްވާފައި ވެ އެވެ.
• މިސްކިތަށް އަރާއިރު ނުބައިވަސްދުވާ ކަންކަމުން ދުރުހެލިވުން.
މާތް ﷲ ރުއްސުންލެއްވި ޖާބިރުގެފާނު އަރިހުން ރިވާވެގެންވާ ހަދީސަކުން އެނގޭ ގޮތުގައި ފިޔަ އާއި ލޮނުމެދާއި ލީކްސް ކައިގެން (އޭގެ ވަސް އަނގައިގައިވާ ހާލު) މިސްކިތްތަކާ ކައިރި ނުވާން ނަބިއްޔާ އިންޒާރު ދެއްވާފައި ވެ އެވެ. އެހެންކަމުން ތިމާގެ ގައިން ނުވަތަ ލާހެދުމުން ނުވަތަ އަރާ އިސްޓާކީނުން ނުބައި ވަސް ދުވާ ހާލު ނުވަތަ ސިނގިރޭޓް ބޮއެގެން އަނގަސާފުނުކޮށް މިސްކިތަށް އަރައިގެން ނުވާނެ އެވެ.
• އިސްތިސްނާ ހާލަތެއް ފިޔަވައި މީސްތަކުންގެ ކޮނޑުތައް ކަޑައްތު ކުރަމުން ކުރިއަށް ނޭރުން ހިމެނެ އެވެ. ނަބިއްޔާ ﷺ ސިފަ ކުރައްވާފައިވާ ގޮތުގައި ކޮނޑުތައް ކަޑައްތު ކުރުމަކީ ނަރަކައަށް ދާން ފާލަމެއް އެޅުން ފަދަ ކަމެކެވެ. (އައްތިރުމިޒީ). މިސްކިތުގައި ހަމަ ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ފިޔަވައި ވާހަކަ ނުދެއްކުން ހިމެނެ އެވެ.
މިސްކިތުން ފައިބާއިރު އެއްވެސް މީހަކަށް އުނދަގުލެއް ނުވާނެހެން ކެތްތެރިކަމާއި މަޑުމައިތިރި ކަމާ އެކު ފޭބުން ހިމެނެ އެވެ. އަންހެނުން މިސްކިތަށް ދާ ނަމަ ފިތުނައަކަށް ވެދާނެ ފަދަ އެންމެހާ ކަންކަމުން ދުރުހެލިވުން ހިމެނެ އެވެ.
ވީމާ މިސްކިތް ސާފުތާހިރުކޮށް ބޭއްވުމަށް މަސައްކަތް ކުރަން ޖެހޭނެ އެވެ. ވަކިން ހާއްސަކޮށް ރޯދަމަހުގައި ރޯދަވީއްލުމަށް މިސްކިތަށް ގެންދާ ކާބޯތަކެތި މިސްކިތުގެ އެކި ތަންތަނަށް އަޅައި މިސްކިތް ހަޑިކޮށްގެން ނުވާނެ އެވެ. އަދި މިސްކިތަށް އަރާމީހުންނަށް އުނދަގޫވާނެ އެންމެހާ ކަންކަމުން ދުރުހެލިވާން ޖެހޭނެ އެވެ.
މިސްކިތަށް ނުދިއުމުގެ ނުރައްކާ ވަރަށް ބޮޑު!
ވ. ތިނަަދޫގައި މިސްކިތް އަޅަން ބަޔަކު ޝައުގުވެރިވެއްޖެ
ނަމާދު ޖަމާއަތް ނުހެދުމުގެ ނިންމުން އިތުރު ހަފުތާއަކަށް
ނަމާދާއި ދުއާ އިން ނަފްސަށް ހަމަޖެހުން ލިބޭ
ކަޅުވަކަރު މިސްކިތް ބޭނުން ކުރާނީ ނަމާދުގެޔަކަށް
ކަޅުވަކަރު މިސްކިތް ބަހައްޓާ ތަން ރަނގަޅެއް ނޫން
އިމާމުންނާ ހެދި، މިސްކިތަށް ދާ މީހުންގެ އަދަދު މަދުވޭ
ހުރިހާ ރަށެއްގައި ވެސް ކޭތަނަމާދު ކުރުން މިރޭ އޮންނާނެ
މުސްލިމް މުޖުތަމައުގައި އިސްލާމްވަންތަ މަދަނީ ދައުލަތެއް
އާއިލާ ހިމާޔަތް ކުރުމަށް ދައުލަތުން ލިބޭ ބާރުތައް