Roadha Mihaaru
ކަޅުވަކަރު މިސްކިތް ބަހައްޓާ ތަން ރަނގަޅެއް ނޫން

އިސްލާމީ މަރުކަޒު ކުރިމަތީ ކަޅުވަކަރު މިސްކިތް ބެހެއްޓުން ރަނގަޅެއް ނޫން: ޝަހީމް

05 ޖެނުއަރީ 2019

އިސްލާމީ މަރުކަޒުގެ ކުރިމަތީގައި، ތާރީޚީ ކަޅުވަކަރު މިސްކިތް ބެހެއްޓުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

އިސްލާމީ މަރުކަޒުގެ ކުރިމަތީގައި، ތާރީޚީ ކަޅުވަކަރު މިސްކިތް ބެހެއްޓުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އެކަމަކު އެތަނުގައި ކަޅުވަކަރު މިސްކިތް ބަހައްޓަން އޭނާ ދެކޮޅުހައްދަވަނީ، ނަމާދުކުރާ ގޮތަށް އެ މިސްކިތް ރާވާ ނަމަ އެވެ.

ކުރީގެ ސަލްޓަން ޕާކްގެ އިރުދެކުނު ކަންމަތީގައި ވިންޓާ ޕާކެއް ހަދަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރޫޅާލި ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާ ތަނާ މެދު، ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި، ޝަހީމް ވިދާޅުވީ އެހެން މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

ދިރާގުގެ ހެޑް އޮފީސް ކުރިން ހުރީ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އިސްލާމީ މަރުކަޒުގެ ކުރިމަތީގަ އެވެ.

"އެއީ ދީނީ ގޮތުން ބަލާއިރު އިލްމުވެރިން ބަހުސް ކޮށްފައިވާ މައްސަލައެއް. މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުން ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި ވަނީ މަނާކުރައްވާފައި،" ޝަހީމް އޭނާގެ ފޭސްބުކް ޕޭޖްގައި ލިއުއްވި ވިދާޅުވި އެވެ.

"ކަޅުވަކަރު މިސްކިތް ބަހައްޓަނީ އެތަނުގައި ނަމާދު ނުކުރެވޭ ގޮތަށް ކަމަށްވާ ނަމަ އަދި ތަރައްގީގެ ގޮތުން ހުންނަ އިމާރާތެއްގެ ގޮތުން ނަމަ އެތަނުގައި ބެހެއްޓުން އެންމެ ރަނގަޅު."

ކަޅުވަކަރު މިސްކިތް ކުރިން ވެސް ހުރީ އިސްލާމީ މަރުކަޒާ ވަރަށް ކައިރީގަ އެވެ. އަދި އިސްލާމީ މަރުކަޒަށް ވުރެ ދަރުމަވަންތަ މިސްކިތާ އެތަން އޭރު ކައިރި އެވެ. އެކަމަކު މިހާރު އެ މިސްކިތް އަލުން ބަހައްޓަން އެ އުޅެނީ އިސްލާމީ މަރުކަޒުގެ ސީދާ ދޮރުމައްޗަށް ވާ ގޮތަށެވެ.

ދިރާގުގެ ކުރީގެ ހެޑް އޮފީސް ހުރި ތަން ސާފުކޮށް މިހާރު ބޭނުންކުރަނީ ޕާކިން ޒޯނެއްގެ ގޮތުގަ އެވެ. އެތަނުގައި ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމީ އެކަމާ ގުޅޭ ތަޖުރިބާކާރުންނާއި އާންމުންގެ ހިޔާލު ހޯދުމަށް ފަހު ކެބިނެޓުންނެވެ.

ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައި ފާރުތައް ހިރިގަލުން ހަދާފައި ހުރި ކުޑަކުޑަ މިސްކިތެކެވެ. މި މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެވިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި މިސްކިތް ބިނާކުރީ އައްސުލްތާން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރުގަ އެވެ. މި ރަދުން ރަސްކަން ކުރެއްވީ 1779 އިން 1799 އަށެވެ.