Roadha Mihaaru
ދޮންކޭލުގެ ތޮށި ނޮޅަން ރޮބޮޓެއް އުފައްދައިފި

ދޮންކޭލުގެ ތޮށި ނޮޅަން ރޮބޮޓެއް އުފައްދައިފި

14 އެޕްރީލް 2022

ޖަޕާނުގައި ދޮންކޭލުގެ ތޮށި ނޮޅަން ހާއްސަ ރޮބޮޓެއް އުފައްދައިފި އެވެ.

ޖަޕާނުގައި ދޮންކޭލުގެ ތޮށި ނޮޅަން ހާއްސަ ރޮބޮޓެއް އުފައްދައިފި އެވެ.

އެ ރޮބޮޓް އުފެއްދީ ޖަޕާނުގެ ޔުނިވާސިޓީ އޮފް ޓޯކިޔޯގެ ދިރާސާވެރިންތަކެކެވެ. އެ ރޮބޮޓް މަސައްކަތްކުރާ ގޮތް ފެންނަ ވީޑިއޯއެއް އެ މީހުން ވަނީ އާންމުކޮށްފަ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި، ދެ އަތް އިންނަ އެ ރޮބޮޓަށް ދޮންކޭލެއްގެ ތޮށި ނޮޅެނީ ތިން ވަރަކަށް މިނެޓުންނެވެ. އަމިއްލަ އަށް ދެންކެޔޮ ނަގާއި، އެ ނޮޅާތަން ފެނެ އެވެ.

އެ ރޮބޮޓް އުފެއްދި މީހުން ބުނީ، އެ މެޝިން ކާމިޔާބުކަމާ އެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީން ކަމަށް އަދި ދެނީ 57 ޕަސެންޓެވެ. އަދި އެ މެޝިން ވަރުގަދަކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

އެ ރޮބޮޓަށް ދެންކޭލުގެ ތޮށި ނޮޅަން ދަސްކޮށްދިނީ "ޑީޕް އިމިޓޭޝަން ލާނިން" ޕްރޮސެސްއެއްގެ ތެރެއިންނެވެ. އެއީ އިންސާނުންގެ ހަރަކާތްތައް މެޝިނަކަށް ދަސްކޮށްދިނުމުގެ ގޮތުން، އެކި ފަހަރު މަތިން އެކަން ކުރާގޮތް އެ އެއްޗެއްސަށް ދައްކައި، ޑޭޓާ އުފައްދަން ގެންގުޅޭ މެތަޑެކެވެ.

އެ ދިރާސާވެރިން ބުނި ގޮތުގައި އެ ރޮބޮޓް، ދޮންކޭލުގެ ތޮށި ނޮޅަން ދަސްކުރީ 13 ގަޑިއިރުގެ ތަމްރީނަކަށް ފަހު އެވެ. ތޮށި ނޮޅާނެ ގޮތް، ސަތޭކައެއްހާ ފަހަރު އެއަށް ދެއްކި އެވެ. އަދި އެމީހުން ބުނި ގޮތުގައި، ކުރިއަށް އޮތް ތަނުގައި އެ ރޮބޮޓަށް އެ ކަހަލަ އެހެން ކަންކަން ކުރަން ވެސް ދަސްކޮށްދޭނެ އެވެ.

ޖަޕާނުގައި މަސައްކަތް ކުރާ މީހުން ލިބުމުގެ ދަތިކަމާ ހެދި، އެ ގައުމުގެ ފެކްޓަރީތަކާއި އެހެން ބައެއް ތަންތަނުގައި މިހާރު ވެސް ވަރަށް ގިނައިން އެކި ކަހަލަ ކުދިކުދި މަސައްކަތް ކުރަން ރޮބޮޓްތައް ގެންގުޅެ އެވެ.