14 އެޕްރީލް 2022
ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް، އެ ދެ ތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ބްރަހްމަސްތުރާ" ގެ ލަވައެއްގެ ތަންކޮޅެއް ދައްކާލައިފި އެވެ.
ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް، އެ ދެ ތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ބްރަހްމަސްތުރާ" ގެ ލަވައެއްގެ ތަންކޮޅެއް ދައްކާލައިފި އެވެ.
އެ ފިލްމު ޕްރޮޑިއުސަރު، ކަރަން ޖޯހަރް އިއްޔެ އާންމުކުރި "ކެސާރިޔާ" ލަވައިގެ ތަންކޮޅަކުން ފެންނަނީ އާލިއާ އާއި ރަންބީރްގެ ލޯތްބެވެ. އެ ދެމީހުންގެ ކެމިސްޓްރީ ކަމުގޮސްގެން ސަޕޯޓަރުން ވަނީ އެ ވީޑިއޯ އަށް ލޯބި ބަންޑުންކޮށްލައިފަ އެވެ.
އެއީ އެ ފިލްމު އުފެއްދި ޓީމުގެ ފަރާތުން އާލިއާ އާއި ރަންބީރަށް އެ މީހުންގެ ކައިވެންޏަށް މަރުހަބާ ކިޔުމަށް އާންމުކުރި ވީޑިއޯއެކެވެ.
ރަންބީރާއި އާލިއާގެ ފިލްމު "ބަރަހްމަސްތުރާ" އަކީ 2018 ގައި ޝޫޓިން ފެށި ފިލްމެކެވެ. އެ ދެތަރިން ރައްޓެހިވީ ވެސް އެ ފިލްމުގެ ޝޫޓިންގެ ތެރެއިންނެވެ. އޭގެ ފަހުން ދެ ތަރިން އެކުގައި އެންމެ ފުރަތަމަ އާންމުންގެ ތެރެ އަށް ނިކުތީ ސޯނަމް ކަޕޫރާއި އަނަންދު އަހޫޖާގެ ވެޑިން ރިސެޕްޝަނުންނެވެ.
އިއްޔެ އެ ދެ ތަރިންގެ މެހެންދީ ހަފުލާ ފަށާފައިވާއިރު ކައިވެނި އޮތީ މިއަދު ކަމަށްވެ އެވެ. އެ ކައިވެނީގެ ފޮޓޯތައް ކުރިން ލީކްވެދާނެތީ ވަނީ އެތަނުގައި މަސައްކަތްކުރާ މީހުންގެ ފޯނުތަކުން ފޮޓޯ ނުނެގޭ ގޮތަށް ކެމެރާގައި ވެސް ޓޭޕް އަޅައިފަ އެވެ. އެ ކައިވެންޏަށް ވަރަށް ބޮޑަށް ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށްވެ އެވެ.
ރަންބީރުގެ މެނޭޖަރެއް، ޕީއާރު ޓީމެއް ވެސް ނުތިބޭ
ބޮލީވުޑްގެ އެންމެ އަގުބޮޑު ފިލްމުގެ ޓްރެއިލާ ނެރެފި
"ކަލް ހޯ ނާ ހޯ" ލިޔަން އަނޫރާގަށް ލިބުނު
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
ރަންބީރާއި އާލިއާގެ "ބުރައްމަސްތުރާ" އަންނަ އަހަރު
ރަންބީރަކީ ވަރަށް މޮޅު އެކްޓަރެއް: އަމީތާބް
އާޔޫޝް ފުރަތަމަ ބެކް ޑާންސަރެއްގެ ގޮތުގައި
ނީޓޫގެ "ޖުގް ޖުގް ޖިޔޯ" އަންނަ އަހަރު
ރިޝީ މަރުވި ފަހުން ނީޓޫ ކުޅުނު ފިލްމު ހާއްސަވާނެ
ކްރިކެޓް ތަރި ޔުވްރާޖްގެ ފިލްމު ކަރަން ނަހަދާނެ