14 އެޕްރީލް 2022
މިހާތަނަށް ނެރުނު އެންމެ ވަރުގަދަ ޓީވީ ޝޯ "ގޭމް އޮފް ތުރޯންސް"ގައި "އާރިޔާ ސްޓާކް"ގެ ރޯލުން މަގުބޫލުކަން ހޯދި އިނގިރޭސިވިލާތުގެ އެކްޓްރެސް މެއިސީ ވިލިއަމްސް، އެ ރޯލު ކުޅެން ވަރަށް ފޫހިވި ކަމަށް ބުނެފި އެވެ.
މިހާތަނަށް ނެރުނު އެންމެ ވަރުގަދަ ޓީވީ ޝޯ "ގޭމް އޮފް ތުރޯންސް"ގައި "އާރިޔާ ސްޓާކް"ގެ ރޯލުން މަގުބޫލުކަން ހޯދި އިނގިރޭސިވިލާތުގެ އެކްޓްރެސް މެއިސީ ވިލިއަމްސް، އެ ރޯލު ކުޅެން ވަރަށް ފޫހިވި ކަމަށް ބުނެފި އެވެ.
އުމުރުން 24 އަހަރުގެ މެއިސީ، ގޭމް އޮފް ތުރޯންސްގައި އެންމެ ފުރަތަމަ ފެނުނު އިރު އޭނާގެ އުމުރަކީ އެންމެ 14 އަހަރެވެ. ޝޯގެ ހުރިހާ ސީޒަނެއްގައި މެއިސީ މަސައްކަތް ކުރި އިރު، އޭނާގެ ފުރާވަރު އުމުރު އެއްކޮށް ހޭދަވީ އެ ޝޯގެ ތެރޭގަ އެވެ.
ބޮޑުވަމުން އައި އިރު އަމިއްލަ "އައިޑެންޓިޓީ"އެއް ނުލިބި އޮއްވާ އެހާ ބޮޑު ޝޯއެއްގައި އުޅެން ޖެހުމުން، އެ ޝޯގައި އާރިޔާގެ ރޯލު ކުޅެން ވަރަށް ފޫހިވި ކަމަށް މެއިސީ ބުންޏެވެ.
"އަމިއްލަ އައިޑެންޓިޓީ ހޯދަން އުޅުނު އިރު އެހާ ބޮޑު ކެރެކްޓާއެއް ކުޅެން ޖެހުނީ އަސްލު. އެއީ މުޅި މީހާގެ ދިރިއުޅުމުގެ ބޮޑު ބަޔަކަށް ވީމަ އެ ރޯލު މަތިން ވަރަށް ފޫހިވޭ،" ޖީކިއު މެގަޒިން އަށް ދިން އިންޓަވިއުއެއްގައި މެއިސީ ބުންޏެވެ.
މެއިސީ ބުނީ ގޭމް އޮފް ތުރޯންސްގައި މަސައްކަތް ކުރި ދުވަސްތައް މަތިން ހަނދާންކުރަން މިހާރު ބޭނުންނުވާ ކަމަށެވެ. އަދި އެއިން އެއްވެސް ކަމެއްގެ މަތިން "މިސް" ނުވާ ކަމަށް ވެސް ބުންޏެވެ.
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
"ގޭމް އޮފް ތުރޯންސް"ގެ އިތުރު ސްޕިން އޮފްއެއް
ހައުސް އޮފް ދަ ޑްރެގަންގެ ފަހު އެޕިސޯޑް ލީކުވެއްޖެ
"ހައުސް އޮފް ޑްރެގަން" އާއެކު ތާރީހީ ކާމިޔާބީއެއް
ހަައުސް އޮފް ޑްރެގަންގެ އެޕިސޯޑަކަށް 20 މިލިއަން
ގޭމް އޮފް ތުރޯންސްގެ ޕްރީކުއެލް އޮގަސްޓް 21 ގައި
"ގޭމް އޮފް ތުރޯންސް" ގެ ޕްރީކްއެލްގެ ޓީޒާއެއް
ގޭމް އޮފް ތުރޯންސްއިން ނަފުސާނީވި: ހެރިންޓަން
ތުރޯންސްގެ ޕްރީކްއެލް އަކީ ހައުސް އޮފް ދަ ޑްރެގަން
"ތުރޯންސް" ގެ އިތުރު ޕްރިކްއެލްއެއް