24 ޑިސެމްބަރ 2016
ދޯހާ، ގަތަރު (ޑިސެމްބަރު 24) – އުމުރުން 17 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ މަތަކުރި ޕެނަލްޓީއާ އެކު ޕެނަލްޓީ ޖަހައިގެން 4-3 އިން ޔުވެންޓަސް ބަލިކޮށް އިޓާލިއަން ސުޕަ ކަޕް އޭސީ މިލާން ރޭ ކާމިޔާބުކޮށްފި އެވެ.
ދޯހާ، ގަތަރު (ޑިސެމްބަރު 24) – އުމުރުން 17 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ މަތަކުރި ޕެނަލްޓީއާ އެކު ޕެނަލްޓީ ޖަހައިގެން 4-3 އިން ޔުވެންޓަސް ބަލިކޮށް އިޓާލިއަން ސުޕަ ކަޕް އޭސީ މިލާން ރޭ ކާމިޔާބުކޮށްފި އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ރޭ ކުޅުނު މެޗުގެ 18 ވަނަ މިނެޓުގައި ޖިއޯޖިއޯ ކިއެލީނީގެ ލަނޑުން ޔުވެންޓަސް ވަނީ ލީޑު ނަގައިފަ އެވެ. މިލާނަށް އެއްވަރުކޮށްދިނީ 38 ވަނަ މިނެޓުގައި ޖިއަކޯމޯ ބޮނަވެންޗޫރާ އެވެ.
ދެ ޓީމު 1-1 އިން އެއްވަރުވެގެން ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފު ނިމުނު އިރު ވެސް ނަތީޖާއަށް ބަދަލެއް ނާދެ އެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި މިލާނުގެ ފުރަތަމަ ޕެނަލްޓީ ޖިއަންލޫކާ ލަޕަޑުލާ ޖެހުމުން ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން މަތަކުރުމުން އެ ޓީމަށް ކުރި ލިބުނު ނަމަވެސް އެ ޓީމުގެ މާރިއޯ މަންޒުކިޗް ޖެހި ޕެނަލްޓީ ދަނޑީގައި ޖެހުމުން ދެ ޓީމު ހަމަހަމަވި އެވެ. މިލާނަށް ލީޑު ލިބުނީ ޔުވެންޓަސްގެ އާޖެންޓީނާ މިޑްފީލްޑަރު ޕައޮލޯ ޑީބަލާ ޖެހި ޕެނަލްޓީ އުއްމީދީ ގޯލްކީޕަރު ޑޮންނަރުއްމާ މަތަކުރުމުންނެވެ. އެއަށް ފަހު ޗެލްސީގެ ލޯނެއްގެ ދަށުން މިލާނަށް ކުޅެމުން އަންނަ މާރިއޯ ޕަސަޔިޗް ޕެނަލްޓީ ވައްދާލައި 4-3 އިން މިލާން މޮޅުކޮށްދިނެވެ.
މިއީ ވިންޗެންޒޯ މޮންޓެލާގެ ކޯޗުކަމުގެ ދަށުން އަލުން ބިނާކުރަމުން އަންނަ މިލާނުން 2011 ވަނަ އަހަރުގެ ފަހުން ހޯދި ފުރަތަމަ ތަށްޓެވެ. އަދި މިއީ އެ ކްލަބުގެ ވެރިޔާ އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީގެ 30 އަހަރުގެ ދައުރުގައި ހޯދި 29 ވަނަ ޓްރޮފީ އެވެ.
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
މިލާނުން ގަދަ ހަތަރެއް ކަށަވަރު ކޮށްފި
ޔުވެންޓަސް ހާލަތު ގޯސް، މިލާން އަނެއްކާވެސް ބަލިވެއްޖެ
މިލާން ބަލިކޮށް އިންޓައިން ސުޕަ ކަޕް ކާމިޔާބުކޮށްފި
ޔުވެންޓަސް ކަޓައިފި، ޗެލްސީ އާއި ޕީއެސްޖީ ދެވަނަބުރަށް
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
އޭސީ މިލާނުން އެއްވަނައިގައި ލީޑު ދަމަހައްޓައިފި
ޓޮރީނޯ އަތުން މޮޅު ނުވިޔަސް އޭސީ މިލާން އެއްވަނައިގައި