Roadha Mihaaru
ދުނިޔޭގެ އެންމެ ހިމަ ޓަވަރުގެ މަސައްކަތް ނިމިއްޖެ

ދުނިޔޭގެ އެންމެ ހިމަ ޓަވަރުގެ މަސައްކަތް ނިމިއްޖެ

12 އެޕްރީލް 2022

އެމެރިކާގެ ނިއު ޔޯކްގައި އިމާރާތްކުރި ދުނިޔޭގެ އެންމެ ހިމަ ޓަވަރުގެ މަސައްކަތް އެއްކޮށް ނިންމާލައިފި އެވެ.

އެމެރިކާގެ ނިއު ޔޯކްގައި އިމާރާތްކުރި ދުނިޔޭގެ އެންމެ ހިމަ ޓަވަރުގެ މަސައްކަތް އެއްކޮށް ނިންމާލައިފި އެވެ.

"ސްޓެއިންވޭ ޓަވާ" ކިޔާ އެ އިމާރާތުގެ ފުޅާމިނުގައި ހުންނަނީ އެންމެ 18 މީޓަރު (60 ފޫޓް) އެވެ. އަދި އެ އިމާރާތުގެ އުސްމިނުގައި 435 މީޓަރު (1،428 ފޫޓް) ހުރެ އެވެ. އެ ޓަވަރު ހުންނަނީ ނިއު ޔޯކްގެ މަޝްހޫރު ސެންޓްރަލް ޕާކުގެ ކުރިމަތީގަ އެވެ.

އެއީ މިހާރު ނިއު ޔޯކްގައި ތިންވަނަ އަށް އެންމެ އުސް ޓަވަރު ވެސް މެ އެވެ. އެ ސިޓީގައި ހުންނަ އެންމެ އުސް އިމާރާތްތަކަކީ ވަން ވޯލްޑް ޓްރޭޑް ސެންޓަރާއި ސެންޓްރަލް ޕާކް ޓަވާ އެވެ.

އެމެރިކާގެ ނިއު ޔޯކްގައި އިމާރާތްކުރި އެންމެ ހިމަ ޓަވަރު ކަމަށްވާ ސްޓެއިންވޭ ޓަވާ.

އެމެރިކާގެ ނިއު ޔޯކްގައި އިމާރާތްކުރި އެންމެ ހިމަ ޓަވަރު ކަމަށްވާ ސްޓެއިންވޭ ޓަވާ.

ނިއު ޔޯކްގެ އާކިޓެކްޗާ ފާމަކުން ޑިޒައިންކުރި އެ ޓަވަރުގެ 84 ފުލޯގައި 60 އެޕާޓްމަންޓް ހުރެ އެވެ. އެތަނުގައި މީހުން ދިރިއުޅެން ހުޅުވާލަން ތައްޔާރުވަމުން އަންނައިރު، ސްޓޫޑިއޯ އެޕާޓަމަންޓެއްގެ އަގު އުޅެނީ 7.75 މިލިއަން ޑޮލަރަަށެވެ. އަދި ޕެންޓްހައުސްގެ އަގު އުޅެނީ 66 މިލިއަން ޑޮލަރަށެވެ.

އެ ޓަވަރުގެ މަސައްކަތް ފެށީ 2013 ވަނަ އަހަރު އެވެ.