07 އެޕްރީލް 2022
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ވިދާޅުވެއްޖެ އެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ވިދާޅުވެއްޖެ އެވެ.
މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި ގެއްލުން ލިބިފައި ހުރުމުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދަރިވަރުންނަށް ވަގުތީ ގޮތުން ކިޔަވައިދެމުން އަންނަނީ ކުރިން ފޮރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގަ އެވެ.
ސަރުކާރުން ނިންމާފައިވަނީ ބާޖަމާލުއްދީން ބިމުގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އަޅާށެވެ.
މިނިސްޓަރު "މިހާރު" އަށް ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ، މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށައި އަންނަ އަހަރުގެ ތެރޭގައި އަރަބިއްޔާގެ އާ އިމާރާތް ނިމޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ.
އަމަލީ މަސައްކަތް ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބާޖަމާލުއްދީން ބިމުގައި މިހާރު ހުރި އިމާރާތްތައް ތަޅާލާނެ ބަޔަކު ހޯދަން މިދިޔަ މަހު އިއުލާނުކޮށްފަ އެވެ. އެ އިއުލާނާ ގުޅިގެން 22 ފަރާތަކުން ކުރިމަތިލި އެވެ.
ބާޖަމާލުއްދީންގެ ނަމުން މަޝްހޫރުވި އިމާރާތުގައި އެންމެ ފުރަތަމަ ހިންގީ ޖަމާލުއްދީން ސްކޫލެވެ. އެ ތަން ވަރަށް ބޮޑަށް ބާވެ، ހަލާކުވުމުން އެ ސްކޫލްގެ ދަރިވަރުންނަށް އެ އިމާރާތާ ޖެހިގެން އާ ސްކޫލެއް ހަދައިދީ ދަރިވަރުން ބަދަލުކުރި އެވެ.
އެ އަށް ފަހު، ބާ ޖަމާލުއްދީން އިމާރާތް ބޭނުންކުރީ ގައުމީ ޔުނިވާސިޓީގެ ކޯސްތައް ހިންގުމަށެވެ. ނަމަވެސް އެތަން ބޭނުންކުރުމަށް ނުރައްކާވެފައިވާ ކަމަށް ބުނެ ކުރީގެެ ސަރުކާރުން އެމްއެންޔޫ އެތަނުން ބޭރުކުރީ އެވެ. އޭގެ ފަހުން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިޚާބީ މަރުކަޒުގެ ގޮތުގައި އެ ތަން ބޭނުންކުރަން ފެށި އެވެ. އަރަބިއްޔާގެ އިމާރާތް އެޅުމަށް އެ ތަން ވެސް ވަނީ ހުސްކޮށްފަ އެވެ.
އަރަބިއްޔާ ހާއްސަ، ޖާގަ ދެ ގުނަ ވާނެ: މިނިސްޓަރު
ބާ ޖަމާލުއްދީން އިމާރާތް ތަޅާލަން ފަށައިފި
އަރަބިއްޔާގެ މޫނުބުރުގާ އެޅުމުގެ މައްސަލަ ކޯޓުން ބޭރު
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް
އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް ފަށައިފި
އަރަބިއްޔާގެ އާ އިމާރާތަށް ޖާގަ ތަނަވަސް ބިމެއް ދީފި
"ދިރާސީ އަހަރު ބަދަލުކުރީ ރަނގަޅަށް ދިރާސާނުކޮށް"
މަސައްކަތެއް ނުކޮށް އަރަބިއްޔާގެ ކޮންޓްރެކްޓު ހަމަވެއްޖެ
މި ވަގުތު ތިބި ހުރިހާ ޓީޗަރުންނަށް ލައިސަންސް ލިބޭނެ
ސަރުކާރު ބަދުނާމުކުރުން ޓީޗަރުންނަށް "މަނާ"!