Roadha Mihaaru
އެގްރި އިން ލުނބޯ ވިއްކުން: ވިއްކަން ފަށާއިރަށް ހުސް

އެގްރި އިން ލުނބޯ ވިއްކުން: ވިއްކަން ފަށާއިރަށް ހުސްވޭ!

05 އެޕްރީލް 2022

އެސްޓީއޯއިން ރާއްޖެ އެތެރެކުރި ލުނބޯ އެގްރި ސެންޓަރުން ވިއްކަން ހުޅުވާލާ އިރަށް ވިކި ހުސްވެއްޖެ އެވެ. އެސްޓީއޯ އިން ކިލޯއެއް 45ރ. އަށް ލުނބޯ ކިލޯއެއް ވިއްކަން ނިންމިއިރު، އެގްރޯ އިން އެ ލުނބޯ ވިއްކަނީ މީހަކަށް ތިން ކިލޯގެ މަގުންނެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯއިން ރާއްޖެ އެތެރެކުރި ލުނބޯ އެގްރި ސެންޓަރުން ވިއްކަން ހުޅުވާލާ އިރަށް ވިކި ހުސްވެއްޖެ އެވެ. އެސްޓީއޯ އިން ކިލޯއެއް 45ރ. އަށް ލުނބޯ ކިލޯއެއް ވިއްކަން ނިންމިއިރު، އެގްރޯ އިން އެ ލުނބޯ ވިއްކަނީ މީހަކަށް ތިން ކިލޯގެ މަގުންނެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން އެސްޓީއޯގެ އެގްރި ސެންޓަރުން އަންނަނީ ލުނބޯ ވިއްކަމުންނެވެ. އެކަމަކު ހެނދުނު ވެސް ބޮޑު ކިޔޫއެއް އޮއްވައި ލުނބޯ ހުސްވެއްޖެ އެވެ. އަދި މެންދުރު 1:30 ގައި އަލުްނ ލުނބޯ ވިއްކަން ފެށިތާ ދިހަވަރަކަށް މިނެޓްގެ ތެރޭގައި ލުނބޯ ހުސްވި އެވެ. އޭރު ކިޔޫގައި ފަންސާހަކަށް މީހުން ތިއްބެވެ.

އެގްރި ސެންޓަރުން ލުނބޯ ހުސްވި ނަމަވެސް އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އިން އަދިވެސް އަންނަނީ މީހަކަށް ކިލޯއެއްގެ ރޭޓުން ލުނބޯ ވިއްކަމުންނެވެ.

މި ވަގުތު ބާޒާރުގައި ލުނބޯ ކިލޯއެއް އުޅެނީ 120ރ-150ރ. އާ ދެމެދުގަ އެވެ. ލުނބޯ އަގުހެޔޮ ކުރި ނަމަވެސް ވިއްކާނީ ލިމިޓުކޮށް ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ ލުނބޯގެ އަގު ބާޒާރުގައި ހަމައަކަށް އެޅެންދެން އެސްޓީއޯގެ ފިހާރަތަކުން ލުނބޯ ވިއްކާނެ ކަމަށެވެ.