Roadha Mihaaru
ފިނޭންސް މިނިސްޓްރީގެ ނައިބަކަށް އާ ބޭފުޅެއް

ފިނޭންސް މިނިސްޓްރީގެ ނައިބަކަށް އާ ބޭފުޅެއް

22 ޑިސެމްބަރ 2016

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އާ ބޭފުޅަކު މިއަދު އައްޔަންކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އާ ބޭފުޅަކު މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަގާމަށް އައްޔަންކުރެއްވީ ނ. ފޮއްދޫ، ޔާގޫތުގޭ ހުސެއިން ޝާމް އާދަމް ކަމަށެވެ.

ފިނޭންސް މިނިސްޓްރީގައި ޝާމާއެކު މިހާރު ތިން ޑެޕިއުޓީ މިނިސްޓަރަކު ތިއްބަވަ އެވެ.

ޝާމް ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ބޯޑު މެމްބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.