Roadha Mihaaru
ހިންނާ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

ޕީއެސްގެ މަގާމުން އިސްތިއުފާ ދެއްވި ހިންނާ ފޮރިން މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރަކަށް

11 ސެޕްޓެމްބަރ 2024

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވި ހިންނާ ހާލިދު، ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އިއްޔެ އައްޔަން ކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވި ހިންނާ ހާލިދު، ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އިއްޔެ އައްޔަން ކުރައްވައިފި އެވެ.

އެ މިނިސްޓްރީގެ ޕީއެސްކަމުން މިިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވި ހިންނާ ފޮރިން މިނިސްޓްރީގެ ވަޒީފާ އަށް ނުކުންނަވަން ފެއްޓެވީ އިއްޔެ ކަމަށް އެނގިފައި ވެ އެވެ.

ހޯމް މިނިސްޓްރީގެ ޕީއެސްގެ މަގާމުން ހިންނާ އިސްތިއުފާ ދެއްވީ ކީއްވެ ކަމެއް ނޭނގެ އެވެ. އެކަމަކު ފަސް އަހަރުގެ ދައުރަކަށް ސިވިލް ސާވިސް ކޮމިޝަނުން އޭނާ އެ މަގާމަށް އައްޔަންކުރީ މިިދޔަ ޖޫން މަހު އެވެ. އެއީ އެ މަގާމުގައި ހުންނެވި އަބްދުއްރަހުމާން ސަލާހު ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހިންނާއަކީ ރައީސް އޮފީހުގެ އަންޑާ ސެކެޓްރީގެ މަގާމާއި މާލޭ ސިޓީ ކައުންސިލުގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން ފޮރިން މިނިސްޓްރީގައި ތިން ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވި އެވެ. ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގައި އެއްބޭފުޅަކު ހުންނެވި ކަން ވެބްސައިޓުގައިވާ މައުލޫމާތުން އެނގެ އެވެ.