31 މާޗް 2022
ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ ފުރަތަމަ ޓަވަރު ނިންމައި އަންނަ ޖޫން މަހު ހަވާލުކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ ފުރަތަމަ ޓަވަރު ނިންމައި އަންނަ ޖޫން މަހު ހަވާލުކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ފުރަތަމަ ޓަވަރުގެ މަސައްކަތުގެ 95 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. ހުރިހާ މަސައްކަތެއް އަންނަ މަހުގެ ފަހުކޮޅު ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑާ އެންމެ ގިނައިން ކުރާ ސުވާލަކީ ފްލެޓު ނިމެނީ ކޮންއިރަކުހޭ؟ ފްލެޓްތައް މޭ މަހުގެ ނިޔަލަށް ނިންމަން މިހާރު ވަނީ ކޮންޓްރެކްޓަރަށް އަންގާފައި. އެހެންވެ ބެލެވެނީ ޖޫން މަހު ފްލެޓްތައް ހަވާލު ކުރެވޭނެ ކަމަށް،" ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެ ފްލެޓްތަކަށް ކުރިމަތިލާން އިތުރު ފުރުސަތެއް ވަރަށް އަވަހަށް ހުޅުވާލާނެ އެވެ. ކުރިން ހުޅުވައިލި ފުރުސަތުގައި ވެސް ބައެއް މުވައްޒަފުން ވަނީ ފޯމު ހުށަހަޅައިފަ އެވެ.
އެމްޑަބްލިއުއެސްސީން އިމާރާތްކުރާ ކޮންމެ ޓަވަރެއްގައި 199 ފްލެޓް ހަދާނެ އެވެ. އޭގެ ތެރެއިން 50 ފްލެޓް ދޭނީ ސަރުކާރަށެވެ. ބާކީ ފްލެޓުތައް ދޭނީ އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށެވެ.
- އެއް ކޮޓަރީގެ އެޕާޓްމަންޓެއް: 1.2-1.3 މިލިއަން ރުފިޔާ.
- ދެ ކޮޓަރީގެ އެޕާޓްމަންޓެއް: 1.9-2.2 މިލިއަން ރުފިޔާ.
- ތިން ކޮޓަރީގެ އެޕާޓްމަންޓެއް: 2.4-2.6 މިލިއަން ރުފިޔާ.
ހިޔާ ޓަވަރުގައި ފެން މީޓަރާ ގުޅޭ އެތައް މައްސަލައެއް
ހިޔާ ފްލެޓުތަކުގެ ނަރުދަމާގެ މަސައްކަތް ފަށައިފި
ހިޔާ ފްލެޓްތަކުން ކަރަންޓާއި ފެން ކެނޑިއްޖެ
ހިޔާގައި ފެނުގެ މެއިންޓަނަންސް އުނދަގޫވާނެ: ޝާހް
ހިޔާގައި ފެންބިލް ބޮޑުވަނީ މީޓަރުތަކުގެ މައްސަލައަކުން
މީހުން ނޫޅޭ ފްލެޓަކަށް ހަ ލައްކަ ރުފިޔާގެ ފެން ބިލެއް
ބައެއް ފްލެޓްތަކުގެ ފެންބިލު މާބޮޑުކަމުން އެކަން ބަލަނީ
މީހުން ނޫޅޭ ފްލެޓެއްގެ ފެން ބިލަށް 6،700 ރުފިޔާ!
ހިޔާ ފްލެޓުތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމެނީ
ފްލެޓްތައް އަންނަ އަހަރު ނިމޭނެ: އެމްޑަބްލިއުއެސްސީ