03 ސެޕްޓެމްބަރ 2020
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ޕްރޮޖެކްޓުގެ ދަށުން އެމްޑަބްލިއުއެސްސީން އަޅާ ޓަވަރުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި 26 އަށް ނިމޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ޕްރޮޖެކްޓުގެ ދަށުން އެމްޑަބްލިއުއެސްސީން އަޅާ ޓަވަރުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި 26 އަށް ނިމޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މުޅި ޓަވަރުގެ ގާތްގަނޑަކަށް 55 ޕަސެންޓާއި 60 ޕަސެންޓުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ އަންނަ އަހަރު ޖޫން މަހަށް ފްލެޓުތައް ނިންމަން މަސައްކަތް ކުރި ނަމަވެސް ކޮވިޑް-19އާ ގުޅިގެން މަސައްކަތް ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ތާވަލާ އެއްގޮތަށް ނިމިއްޖެ ނަމަ ފްލެޓުތަކަށް ހޮވުުނު މުވައްޒަފުންނާ އަންނަ އަހަރު ފްލެޓުތައް ހަވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިވަގުތު މި ބަލަނީ 2021ގެ ޖޫން މަހު ނިންމާލެވޭނެ ކަމަށް. އެކަމަކު ކޮވިޑް-19އާ ގުޅިގެން ބޭނުންވާ މެޓީރިއަލް ނުލިބި އަދި ހޯދުމުގައި ދަތިތައް ހުރުމުން ވަރަށް ބޮޑު ގޮންޖެހުންތަކާ ދިމާވޭ. މި ހާލަތުގައި ވެސް އަޅުގަނޑުމެން މިދަނީ މި މަސައްކަތް ނިންމާލައި އަންނަ އަހަރު މުވައްޒަފުންނަށް ފްލެޓްތަކަށް ވަދެވޭވަރު ކޮށްދޭން މަސައްކަތް ކުރަމުން." ޝާހު ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ ދެ ޓަވަރުގެ ކުރެހުމެއް--
އެމްޑަބްލިއުއެސްސީން ދެވަނަ ފިޔަވަހީގައި 15 ބުރީގެ ދެ ޓަވަރު އެޅުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް މިހާރު ކުރިއަށްދަނީ އެންމެ ޓަވަރެއްގެ މަސައްކަތެވެ. ދެވަނަ ޓަވަރު އަޅަން ފަށާނީ ފުރަތަމަ ޓަވަރުގެ ފެލްޓުތަކަށް ލިބޭ ތަރުހީބަށް ބެލުމަށް ފަހު ކަމަށް އެ ކުންފުނިން ބުންޏެވެ.
މިހާރު އަޅަމުންދާ ޓަވަރުގައި ހުންނާނީ އެއް ކޮޓަރީގެ 92 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 40 އެޕާޓްމަންޓުގެ އިތުރުން ތިން ކޮޓަރީގެ 60 އެޕާޓްމަންޓެވެ. މި ފްލެޓުތަކަށް އެދި ކުރިމަތިލި މުވައްޒަފުންގެ ތެރެއިން 72 މުވައްޒަފަކަށް ފްލެޓް ލިބޭނެ ކަން ވަނީ ކަށަވަރުވެފަ އެވެ. އެއީ އެ ކުންފުނީގެ ގައިޑްލައިންތަކަށް ބަލައި އިވެލުއޭޓް ކުރުމަށްފަހު ނެގި މުވައްޒަފުން ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. މީގެ ތެރޭގައި ކުންފުންޏަށް 20 އަހަރު ވަންދެން ހިދުމަތް ކޮށްފައިވާ މުވައްޒަފުން ވެސް ހިމެނެ އެވެ.
ފްލެޓުތައް ލިބޭ މުވައްޒަފުންނަށް ފައިނޭންސް ހޯދައިދިނުމުގެ މަސައްކަތް ވެސް އެެމްޑަބްލިއުއެސްސީން އަންނަނީ ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި ކަންތައް ނިމި މުވައްޒަފުންނަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
- އެއް ކޮޓަގަރީގެ އެޕާޓްމަންޓުތައް، 1.2-1.3 މިލިއަން ރުފިޔާ.
- ދެ ކޮޓަރީގެ އެޕާޓްމަންޓުތައް، 1.9-2.2 މިލިއަން ރުފިޔާ.
- ތިން ކޮޓަރީގެ އެޕާޓްމަންޓުތައް، 2.4-2.6 މިލިއަން ރުފިޔާ.
އެމްޑަބްލިއުއެސްސީން އެ ކުންފުނީގެ ފްލެޓުތަކަށް އަގު ކަނޑައަޅާފައިވަނީ ހަރަދުތަކާއި ސޯޝަލް ހައުސިންގެ މިންގަނޑުތަކަށް ބަލައިގެންނެވެ. އެހެންކަމުން މި އަގުތައް ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން ދޫކުރާ ފްލެޓުތަކާ ތަފާތުވާނެ ކަމަށް ޝާހު ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ ފްލެޓުތައް ޖޫން މަހު ހަވާލު ކުރަނީ
ހިޔާ ޓަވަރުގައި ފެން މީޓަރާ ގުޅޭ އެތައް މައްސަލައެއް
ހިޔާ ފްލެޓުތަކުގެ ނަރުދަމާގެ މަސައްކަތް ފަށައިފި
ގޯތިތަކަށް އަރާފައިވާ ނެޓްވޯކުތައް ބަދަލުކުރަން ފަށައިފި
މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށަނީ
"ޕަމްޕްތައް ރަނގަޅު، މައްސަލަައަކީ ޑިޒައިންކުރި ގޮތް"
އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނާ ފްލެޓް ހަވާލުކޮށްފި
ސާފު ބޯފެން އުފައްދާ ނިޒާމެއް ގުޅިފަޅުގައި ހަދަނީ
މިއަހަރު ނަރުދަމާގެ 20 ޕްރޮޖެކްޓް ނިންމާނަން: ޝާހު
"ތާޒާ ފެނުގައި ޖަރާސީމު ނެތްކަން ކަށަވަރުވެއްޖެ"