31 މާޗް 2022
އޮސްކާގައި ކްރިސް ރޮކް މޫނުމަތީގައި ވިލް ސުމިތު ޖެހި ގޮތަށް ޖަހައިފި ނަމަ، އޭގެ ބަދަލުގައި 200 މިލިއަން ޑޮލަރު ހޯދަން ކޯޓަށް ދާނެ ކަމަށް މަޝްހޫރު އެކްޓަރު ޖިމް ކެރީ އިއްޔެ ބުނެފި އެވެ.
އޮސްކާގައި ކްރިސް ރޮކް މޫނުމަތީގައި ވިލް ސުމިތު ޖެހި ގޮތަށް ޖަހައިފި ނަމަ، އޭގެ ބަދަލުގައި 200 މިލިއަން ޑޮލަރު ހޯދަން ކޯޓަށް ދާނެ ކަމަށް މަޝްހޫރު އެކްޓަރު ޖިމް ކެރީ އިއްޔެ ބުނެފި އެވެ.
ނިމިގެންދިޔަ އޮސްކާ އިވެންޓުގެ ތެރެއިން އެންމެ ފާހަގަކުރެވުނު ކަމަކަށްވީ ކްރިސް ރޮކުގެ ޖޯކަކާ ގުޅިގެން ވިލް ސުމިތު ސްޓޭޖަށް އަރައި އޭނާގެ މޫނުމަތީ ޖެހުމެވެ. އެކަމާ ގުޅިގެން އޮސްކާ އިން ވަނީ އެ އަމަލު ކުއްވެރިކޮށް، މައްސަލަ ބަލާނެ ކަމަށް ބުނެފަ އެވެ. އަދި ހޮލީވުޑްގެ ގިނަ ބަޔަކު އަންނަނީ އެ ކަމަށް ފާޑުކިޔަމުންނެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަމުން އައިކޮނިކް އެކްޓަރު ކެރީ ބުނީ އޮސްކާގައި ވިލްގެ އަމަލު ހުރި ގޮތް އެނގި ވެސް އޭނާ އަށް އެވޯޑު ލިބުމަކީ ވަރަށް ކަމުނުދިޔަ ކަމެއް ކަމަށެވެ.
"ކްރިސްގެ ބަަދަލުގައި އަހަރެންގެ މޫނުމަތީގައި ވިލް ޖެހި ނަމަ، އަހަރެން ވަގުތުން ދާނަން އޭނާ ގޮވައިގެން ކޯޓަށް. އަދި 200 މިލިއަން ޑޮލަރު ހޯދަން ކޯޓަށް ހުށަހަޅާނަން،" އެންޓަޓެއިންމެންޓް ޑެއިލީ އަށް ދިން އިންޓަވިއުއެއްގައި ކެރީ ބުންޏެވެ.
ކެރީ ބުނީ، ކަމަކާ ހިތްހަމަނުޖެހިގެން އެކަމާ ހިޔާލު ފާޅުކުރުން އެންމެ ރަނގަޅު ކަމަށެވެ. އެކަމަކު، ލައިވް އިވެންޓެއްގައި އެންމެންގެ ތެރޭގައި ސްޓޭޖަށް އަރައި ހޯސްޓެއްގެ މޫނުމަތީގައި ޖަހަން ފުރުސަތު ދީގެން ނުވާނެ ކަމަށް ބުންޏެވެ.
އެކަންތައް ހިނގުމުން، ވިލް ވަގުތުން އެ އިވެންޓުގެ ތެރެއިން ނެރެލަން ވެސް ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
ކްރިސްގެ މޫނުމަތީގައި ޖެހި މައްސަލައިގައި ވިލް ވަނީ ކްރިސް އާއި އޮސްކާ އިންތިޒާމުކުރާ އެކެޑަމީ އޮފް މޯޝަން ޕިކްޗާސްގެ ފަރާތުން މާފަށް އެދިފަ އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރަން ކްރިސް ބޭނުމެއް ނުވި އެވެ.
ވިލް ސްމިތުގެ އޮސްކާ އަތުލަފާނެ
މިފަހަރު އޮސްކާއަށް "ކްރައިސިސް" ޓީމެއް އުފައްދައިފި
ވިލް ސްމިތު އޮސްކާ އަށް ދިއުން 10 އަހަރަށް މަނާ!
ވިލް ސުމިތު އެކެޑަމީގެ މެމްބަރުކަމުން އިސްތިއުފާ ދީފި
މައްސަލަ ބަލާނެ ކަމަށް ބުނުމުން ވިލް މާފަށް އެދިއްޖެ
ވިލް އާއި ރޮކްއަށް 15 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް
އޮސްކާގައި ހާއްސަވީ ޕްރެޒެންޓަރުގެ މޫނުމަތީގައި ޖެހުން
ސްޕްރިންގްސްޓީންގެ މިއުޒިކް ސޮނީ އަށް ވިއްކާލައިފި
"ޕެރަސައިޓް" ގެ ބަތަލާ އަށް ތައިރޮއިޑް ކެންސަރު
އައްލޫ އަރްޖުން ހައްޔަރުކުރުން؛ އާއިލާއިން ދެކޮޅު!