Roadha Mihaaru
މައްސަލަ ބަލާނެ ކަމަށް ބުނުމުން ވިލް މާފަށް އެދިއްޖެ

އެކެޑަމީން މައްސަލަ ބަލާނެ ކަމަށް ބުނުމުން ވިލް މާފަށް އެދިއްޖެ

30 މާޗް 2022

ކްރިސް ރޮކްގެ ކޯމަތީގައި ވިލް ސްމިތު ޖެހި މައްސަލަ ބަލާނެ ކަމަށް އޮސްކާ އެވޯޑް އިންތިޒާމުކުރާ އެކެޑަމީން އޮފް މޯޝަން ޕިކްޗާސް އިން ބުނެފައިވަނިކޮށް، ސްމިތު އެކަމަށް މާފަށް އެދިއްޖެ އެވެ.

ކްރިސް ރޮކްގެ ކޯމަތީގައި ވިލް ސްމިތު ޖެހި މައްސަލަ ބަލާނެ ކަމަށް އޮސްކާ އެވޯޑް އިންތިޒާމުކުރާ އެކެޑަމީން އޮފް މޯޝަން ޕިކްޗާސް އިން ބުނެފައިވަނިކޮށް، ސްމިތު އެކަމަށް މާފަށް އެދިއްޖެ އެވެ.

ސްމިތު އިއްޔެ އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި ބުނީ އޮސްކާ އެވޯޑްގައި އޭނާ ކަންތައްކުރެވުނީ ވަރަށް ގޯސްކޮށް ކަމަށާއި އެއީ ބަލައިގެނެވޭނެ ކަމެއް ނޫން ކަން އޭނާ ވެސް ގަބޫލުކުރާ ކަމަށެވެ.

"އެންމެންގެ ކުރިމަތީގައި އަހަރެން ކްރިސްގެ ކިބައިގެން މާފަށް އެދެން،" ސްމިތު ބުންޏެވެ. "އަހަރެން ހައްދުން ނައްޓައިގެން ކަންތައް ކުރީ ގޯސްކޮށް."

އޭނާ އަށް މީހަކު ކޮންމެ ޖޯކެއް ޖެހިޔަސް އަޅާނުލާނެ ކަމަށާއި އެކަމަކު ސީރިއަސް ބައްޔެއް ތަހައްމަލުކުރަމުން އަންނަ އޭނާގެ އަންހެނުންނަށް ޖަހާ ޖޯކެއް ބަލައިނުގަނެވޭނެ ކަމަށް ބުންޏެވެ. އެ އެވޯޑް ހަފުލާގައި ރުޅި އައިސްގެން އެގޮތަށް ކަންތައް ކުރެވުނީ އެހެންވެ، ޖަޒުބާތުގައި ޖެހިގެން ކަމަށް ބުންޏެވެ.

"އަހަރެން ވަރަށް ލަދުގަނެއްޖެ ކަންތައް ކުރެވުނު ގޮތުން، އެއީ އަހަރެން އުޅެން ބޭނުންވާ ގޮތެއް ނޫން،" އޭނާ ބުންޏެވެ.

އޮސްކާ އެވޯޑްގައި ސްމިތުގެ އަންހެނުން ޖޭޑާ އަށް ނިސްބަތްކޮށް، ކްރިސް ޖެހި ޖޯކެއް މާ ސީރިއަސްވެ، ސްމިތު ސްޓޭޖަށް އަރައި ކްރިސްގެ ކޯމަތީގައި ޖެހި އެވެ.

ޖޭޑާ އަށް އަމާޒުކޮށް ކްރިސް ބުނީ އޭނާ، "ޖީއައި ޖޭން"ގެ ރޯލުން ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އެއީ ޖޭޑާގެ އިސްތަށިގަނޑަށް އަމާޒުކޮށްގެން ޖެހި ޖޯކެކެވެ. ޖޭޑާ އިވެންޓަށް ދިޔަ އިރު އިނީ ބޯ ބާލައިފަ އެވެ. އެ ޖޯކާ އެންމެން ހޭން ފެށި އެވެ. އެކަމަކު ޖޭޑާ އަށް އެ ޖޯކު ކަމަކު ނުދިޔަ އެވެ. އޭނާ އަށް ކެމެރާ އަމާޒުކޮށްލި ވަގުތު، މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމެވެ.

ޖޭޑާ އަކީ އެލޮޕޭޝިއާ ހުންނަ މީހެކެވެ. އެކަމާ ގުޅިގެން އޭނާގެ އިސްތަށިގަނޑުން ތަންތަންކޮޅު ތަލަވެ އެވެ. މި ބައްޔާ ގުޅޭ ގޮތުން ޖޭޑާ އާންމުކޮށް ވާހަކަ ވެސް ދައްކަ އެވެ. އަދި އެކަމާ އާންމު ހޭލުންތެރި ކުރުމަށް މަސައްކަތްކުރެ އެވެ.

އޮސްކާ ސްޓޭޖުގައި އިއްޔެ ހިނގާދިޔަ ކަންތަކާ ގުޅިގެން ރޮކް ވަނީ ސްމިތުއާ ދެކޮޅަށް މައްސަލަ ފުލުހުންނަށް ރިޕޯޓްކުރަން ދެކޮޅު ހަދައިފަ އެވެ. އެހެން ނަމަވެސް، އެކެޑަމީން އިން ބުނީ އެ މައްސަލަ ރިވިއުކުރާނެ ކަމަށެވެ. އެއީ އެ އެވޯޑުގެ ދިގު ތާރީހުގައި ދުވަހަކު ވެސް ހިނގާފައިނުވާ ކަހަލަ ބޭއަދަބީ ކަމެއް ކަމަށް އެކެޑަމީން ބުނެ އެވެ.