28 މާޗް 2022
މި ހަފުތާ ބަންދުގައި ފަށާ މި އަހަރުގެ ރޯދަމަހާ ދިމާކޮށް، ގިނަ އަދަދެއްގެ މުދާ އައްޑޫ ހިތަދޫ ޕޯޓަށް ގެންގޮސްފި އެވެ.
މި ހަފުތާ ބަންދުގައި ފަށާ މި އަހަރުގެ ރޯދަމަހާ ދިމާކޮށް، ގިނަ އަދަދެއްގެ މުދާ އައްޑޫ ހިތަދޫ ޕޯޓަށް ގެންގޮސްފި އެވެ.
އެސްޓީއޯގެ ދަށުން ހިންގާ ޝިޕިން ކުންފުނި އެމްއެސްއެސްގެ އެމްވީ ބޮންތި 2 ވަނީ އިއްޔެ މުދާ ހިފައިގެން ހިތަދޫ ޕޯޓަށް ބަނދަރުކޮށްފަ އެވެ.
މި ޝިޕްމަންޓްގައި 8،593 ބިސް ކޭސް، 7،940 ފިޔާ ބަސްތާ، 2،525 އަލުވި ބަސްތާ ގެންދިޔަ އެވެ. އަދި 340 ބަސްތާ ކެބެޖު، 348 ބަސްތާ ޓޮމާޓޯ، 170 ދޮންކެޔޮގަނޑު، 24 ބަސްތާ ބަރަބޯ، 980 ބަސްތާ ކަރާ، 110 ބަސްތާ އަލަނާސި ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ހިތަދޫ ޕޯޓްގެ ޗީފް މެނޭޖަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ހަލާކުވާ ޒާތުގެ ކާބޯތަކެތި އެއްކޮށް ކްލިއާކޮށް ދޫކޮށްފައިވާ ކަމަށެވެ. އައްޑޫ ޕޯޓަށް އެންމެ ގިނައިން ގެންގޮސްފައި ވަނީ އެސްޓީއޯގެ މުދަލެވެ. އޭގެ އިތުރުން އާންމު ވިޔަފާރިވެރިން ރޯދައަށް ހާއްސަކޮށް ގެނައި މުދާތައް ވެސް ހިމެނެ އެވެ.
އިއްޔެގެ ޝިޕްމެންޓުގައި ހިމެނެނީ އައްޑު އަށް އާންމުކޮށް ކޮންމެ މަހަކު ގެންދާ މުދަލަށް ވުރެ ބޮޑު އަދަދެކެވެ. މި ފަހަރުގެ ޝިިޕްމަންޓްގައި 71 ޓަނުގެ ހަލާކުވާ ޒާތުގެ ކާބޯތަކެއްޗާއި 1،000 ބަސްތާ ސިމެންތި ގެންދިޔަ އެވެ.
އެ ބޯޓުން އައްޑު އަށް ގެންދިޔަ މުދާތައް ކުރިއަށް އޮތް ދެ ދުވަހު ކްލިއާކޮށް ނިމޭނެ އެވެ.
ތިން ވަނަ ދަތުރުގައި އައްޑު އަށް 800 ޓަނުގެ މުދާ!
އިންޑިއާއިން ސީދާ އައްޑުއަށް ކާގޯ ބޯޓުތައް ބާއްވަނީ!
ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
ހިތަދޫ ޕޯޓުގެ މުވައްޒަފުންނަށް ތަމްރީނު ދެނީ
ކޮންޓެއިނަރުތަކުން ހިތަދޫ ޕޯޓު ފުރާލައިފި
ވަޒީފާއިން ވަކިކުރި މައްސަލަ ރައީސް ބައްލަވަނީ
ވަޒީފާއިން ވަކިކުރި މައްސަލާގައި ފާރަވެރިވާނަން: އިންތި
އައްޑުއަށް އެތެރެކުރަން އުޅުނު 2ކިލޯ ޑްރަގްސް ހޯދައިފި
އިއްމިގެ ހެޓްރިކް ހުއްޓުވޭނެ ގޮތެއް އައްޑޫއަށް ނުހޯދުނު
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ