Roadha Mihaaru
ވޮޝިންގްޓަން އަށް "ޗެރީ ބްލޮސަމް" އަތުވެއްޖެ

ވޮޝިންގްޓަން އަށް "ޗެރީ ބްލޮސަމް" އަތުވެއްޖެ

26 މާޗް 2022

އެމެރިކާގެ ވެރިކަން ކުރާ ސްޓޭޓް ވޮޝިންގްޓަން އަށް "ޗެރީ ބޮލަސަމް" އައިސް، އެ މަންޒަރު ބަލަން އެތައް ހާސް ބަޔަކު މަގުތަކާއި ޕާކުތަކަށް ޖަމާވެއްޖެ އެވެ.

އެމެރިކާގެ ވެރިކަން ކުރާ ސްޓޭޓް ވޮޝިންގްޓަން އަށް "ޗެރީ ބޮލަސަމް" އައިސް، އެ މަންޒަރު ބަލަން އެތައް ހާސް ބަޔަކު މަގުތަކާއި ޕާކުތަކަށް ޖަމާވެއްޖެ އެވެ.

ވޮޝިންޓަންގެ ނޭޝަނަލް ޕާކް ސާވިސް އިން ބުނި ގޮތުގައި ހުދާއި ފިޔާތޮށި ކުލައިން ފޮޅޭ ޖަޕާނަށް ހާއްސަވެފައިވާ ޗެރީ ބްލޮސޮމް މާ ނުވަތަ މަޝްހޫރު ސަކޫރާ މާ ހެދޭ ގަސްތައް އެންމެ ގިނައިން ހުރި އެ ސްޓޭޓްގެ ޓައިޑަލް ބޭސިން ސަރަހައްދުގައި 70 ޕަސެންޓް ގަސްތަކުގައި މާތައް ފޮޅިފައިވެ އެވެ.

ވޮޝިންގްޓަންގެ މަގުތަކުގައި ހައްދާފައިވާ ޗެރީ ބްލޮސަމް ގަސްތަކުގައި މާ އަޅާ ބާރާވެފައި.-- ފޮޓޯ: ރޮއިޓާސް

ވޮޝިންގްޓަންގެ މަގުތަކުގައި ހައްދާފައިވާ ޗެރީ ބްލޮސަމް ގަސްތަކުގައި މާ އަޅާ ބާރާވެފައި.-- ފޮޓޯ: ރޮއިޓާސް

އެ ސްޓޭޓްގައި ހުންނަ ސަކޫރާ މާ އަޅާ ގަސްތަކަކީ 1912 ވަނަ އަހަރު ޖަޕާނުން އެމެރިކާ އަށް ހަދިޔާކުރި ގަސްތަކެކެވެ.

ކޮންމެ އަހަރަކު ވޮޝިންގްޓަންގައި ބާއްވަމުން އަންނަ ޗެރީ ބްލޮސަމް ފެސްޓިވަލް މިދިޔަ ހަފުތާގައި ބަންދުގައި ވަނީ ފަށައިފަ އެވެ. އަންނަ މަހު 17 ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ފެސްޓިވަލު ބާއްވަނީ، ޖަޕާނުން ހަދިޔާކުރި 3،000 ސަކޫރާ މާ ގަސްތަކުގައި މާ ފޮޅޭ ދުވަސްވަރާ ދިމާކޮށް ދެ ގައުމުގެ އެކުވެރިކަން ފާހަގަކުރުމުގެ ގޮތުންނެވެ.

ވޮޝިންގްޓަންގެ މަގުތަކުގައި ހައްދާފައިވާ ޗެރީ ބްލޮސަމް ގަސްތަކުގައި މާ އަޅާ ބާރާވެފައި.-- ފޮޓޯ: ރޮއިޓާސް

ވޮޝިންގްޓަންގެ މަގުތަކުގައި ހައްދާފައިވާ ޗެރީ ބްލޮސަމް ގަސްތަކުގައި މާ އަޅާ ބާރާވެފައި.-- ފޮޓޯ: ރޮއިޓާސް

އެ ފެސްޓިވަލުގައި ޕެރޭޑާއި މިއުޒިކާއި ހަވާއެރުވުމާއި ބާސްކެޓް މުބާރާތަކާއި ކައިޓް ފްލައިން އާއި އާޓާއި އަދި އާއިލާ އާއި ރައްޓެހިންނަށް ހާއްސަކޮށްގެން އެކި ހަރަކާތްތައް ބާއްވާނެ އެވެ. އަދި ދެ ގައުމުގެ ސަގާފީ ހަރަކާތްތައް ވެސް ބާއްވާން ރާވާފައިވެ އެވެ.