22 މާޗް 2022
ކުރިން މަސް ކިރުވުމުގެ ހިދުމަތް ދެމުން އައި ތ. ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެންނަށް މިފްކޯއާ ސަރުކާރުން ހަވާލުކޮށްފި އެވެ.
ކުރިން މަސް ކިރުވުމުގެ ހިދުމަތް ދެމުން އައި ތ. ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެންނަށް މިފްކޯއާ ސަރުކާރުން ހަވާލުކޮށްފި އެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ "މިހާރު" އަށް ވިދާޅުވީ ފުނައްޑޫ ތަރައްގީ ކުރަން އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ މި މަހުގެ ކުރީ ކޮޅު ކަމަށެވެ. ސަރުކާރުން އެ ރަށް ހަވާލުކޮށްފައި ވަނީ ބޭންކަށް ދައްކަން ޖެހޭ އިކުއިޒިޝަން ކޯސްޓް ދެއްކުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން އެ ރަށުގައި ދެމުން އައި ހިދުމަތްތައް މެދުކަނޑާލަން ޖެހުނީ ބީއެމްއެލުން ނަގާފައިވާ ލޯނަކަށް އަނބުރާ ފައިސާ ނުދައްކައިގެން ބޭންކަށް އެ ރަށް ނެގުމުންނެވެ.
އިސްމާއިލް ވިދާޅުވީ އެ ރަށުގެ އޮޕަރޭޝަންތައް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން މުޅި ރަށް ވީރާނާވެފައިވާ ކަމަށެވެ. އެހެންވެ، އަލުން އޮޕަރޭޝަނަށް ގެންނައިރު ބޮޑު މަރާމާތެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ރަށުގެ އެސެސްމަންޓެއް ހެދީ. ބައިވަރު ކަންކަން އެބަހުރި ކުރަން. ބަނދަރު ވެސް ހަދަން ޖެހޭ މަސްވެރިންނަށް ހިދުމަތް ދިނުމުގެ ކުރިން،" އިސްމާއިލް ވިދާޅުވި އެވެ.
ބަނދަރު ހެދުމުގެ އިތުރުން އެ ރަށުގެ ބްލާސްޓް ފްރީޒާ ވެސް މަރާމާތު ކުރަން ޖެހެ އެވެ.
އިސްމާއިލް ވިދާޅުވީ ފައިސާގެ ތާށިވުމެއް ނެތް ނަމަ 10 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އެ ރަށް ހިންގާނީ ހަރަދު ކުޑަކުރެވޭ މެކޭނިޒަމެއްގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިފްކޯއިން ވެސް ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެންނައިރު ދޭނީ މަސް ކިރުވުމުގެ ހިދުމަތެވެ. ނަމަވެސް ހިދުމަތްތައް ދާ ގޮތަށް ބަލައި ހިދުމަތް ފުޅާ ކުރަން ވެސް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.
މިފްކޯއިން މަސް ގަންނަ އަގު 25ރ. އަށް ބޮޑުކޮށްފި
އާ މަސް ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށްފި
މިފްކޯގެ އާ ބޯޓުން މަސްކިރަން ފަށައިފި
މިފްކޯގެ އާ ބޯޓު "ޖަޒީރާ 103" ރާއްޖެ ގެނެސްފި
ދޯންޏަކުން 57ޓަނުގެ މަސް ކިރުވައި މިލިއަނެއްހާ ރުފިޔާ
އައިސްޕްލާންޓުތައް ދޫކޮށްލުމުން މިފްކޯއަށް ވާނީ ރަނގަޅު
މިފްކޯގެ ފިހާރައެއް ހުޅުމާލެ 2 ގައި ހުޅުވައިފި
"ފުނައްޑޫން މަސް ގަންނަން ފެށޭނީ އަންނަ އަހަރު"
މަސްދަޅު ކޭހަކުން 150ރ. ބޮޑުކޮށްފި
މިފްކޯ އިން ފުނައްޑޫ ގަނެފި