01 ޖޫން 2022
މިފްކޯއިން މަސްދަޅުގެ ކޭހަކުން 150ރ. ބޮޑުކޮށްފި އެވެ.
މިފްކޯއިން މަސްދަޅުގެ ކޭހަކުން 150ރ. ބޮޑުކޮށްފި އެވެ.
މިފްކޯއިން މިދިޔަ މާޗް މަހު ވަނީ އަގުތަކަށް ބަދަލު ގެންނާނެކަން އިއުލާނުކޮށްފަ އެވެ. ނަމަވެސް ރޯދައާ ދިމާކޮށް މި ބަދަލުތައް ނުގެނެސް މަޑުޖައްސާލުމަށް ފަހު މިއަދުން ފެށިގެން އަގު ވަނީ ބޮޑުކޮށްފަ އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިިގެން މަސްދަޅުގެ އަގަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށެވެ. މިފަހަރު މިހާ ބޮޑު ބަދަލެއް ގެންނަން ޖެހުނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސްދަޅުގެ އޮޕަރޭޝަންގެ 70 ޕަސެންޓް ހިންގަނީ ޑީސަލް ބޭނުންކޮށްގެން. ޑީސަލްގެ އަގު މިވަނީ ވަރަށް ބޮޑަށް އުފުލިފައި. އަނެއްކޮޅުން ދުނިޔޭގެ ބާޒާރުގައި، ކެއުމަށް ބޭންކުރާ ތެލުގެ އަގު ވެސް މިވަނީ އުފުލިފައި،" އޭނާ ވިދާޅުވި އެވެ.
ބާޒާރުގައި ކުރިން ޑީސަލް ލީޓަރެއް 7ރ. އަށް ލިބެން ހުރި ނަމަވެސް މިހާރު ލިބެނީ 15ރ. އަށެވެ.
މިފްކޯ މަސް ފިހާރަ: އެތަނުން ވިއްކާ އުފެއްދުންތަކުގެ އަގު ވަނީ ބޮޑުކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
މިފްކޯގެ ތެޔޮ މަސްދަޅުތަކަށް އަޅަނީ ސަން ފްލާވާ އޮއިލް އެވެ. ބާޒާރުގައި ސަންފްލާވާ އޮއިލްގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. މިފްކޯއިން މަސް ފިނިކުރުމަށާއި މަސްދަޅު ހެދުމަށް ޕެކް ކުރުމުގެ މަސައްކަތްތުގައި ބޭނުންކުރާ ޕްލާންޓްތައް އޮޕަރޭޓުކުރަން ބޭނުންކުރަނީ ޑީސަލެވެ.
ބާޒާރުގައި އާންމުންނަށް މަސްދަޅު ކޭހެއް ވިއްކަނީ 610ރ. އަށެވެ. ނަމަވެސް މިފްކޯއިން ހޯލްސޭލްކޮށް ވިޔަފާރިތަކަށް ވިއްކަމުން އަންނަނީ 590ރ. އަށެވެ. އަގަށް ގެނައި ބަދަލާ އެކު ތެޔޮ މަސްދަޅު ކޭހެއް ވިއްކާނީ 760ރ. އަށެވެ. އަދި ފެން މަސްދަޅު ކޭހެއް ވިއްކަނީ 715ރ. އަށެވެ. އަގަށް ބަދަލު ގެނައުމުގެ ކުރިން ފެން މަސްދަޅު ކޭހެއް ވިއްކަމުން އައީ 560ރ. އަށެވެ.
ވަކިން ތެޔޮ މަސްދަޅު ލިބެނީ 15ރ. އަށެވެ. އަދި ތެޔޮ މަސްދަޅެއް ލިބެނީ 12ރ. އަށެވެ. އަލަށް ގެނައި ބަދަލާ އެކު ތެޔޮ މަސްދަޅެއް ލިބޭނީ 18ރ. އަށެވެ. އަދި ފެން މަސްދަޅެއް ލިބޭނީ 17ރ. އަށެވެ.
އިސްމާއިލް ވިދާޅުވީ، މަސްދަޅު ކޭސް ވިއްކަނީ ގާތްގަނޑަކަށް 10 ޕަސެންޓް ޕްރޮފިޓް މާޖިންއެއްގައި ކަމަށެވެ. އަގަށް ގެނައި މިބަލަކީ މިހާރު ބާޒާރުގައި އުފުލުނު އަގުތަކާ އަޅާބަލާ އިރު ރަނގަޅު އަގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްދަޅު އުފައްދަން ކުރާ ހަރަދު ވަރަށް ބޮޑުވެއްޖެ
ހުސްނުވާ ވަރަށް މަސްދަޅު އެބަހުރި: މިފްކޯ
މަހުގެ އެކްސްޕޯޓް 50 ޕަސެންޓް ދަށަށް
މިފްކޯގެ ޒަމާންވީ ލޯގޯ ބަދަލުކޮށްފި
މިފްކޯއިން މަސް ގަންނަ އަގު 25ރ. އަށް ބޮޑުކޮށްފި
އާ މަސް ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށްފި
މިފްކޯގެ އާ ބޯޓުން މަސްކިރަން ފަށައިފި
މިފްކޯގެ އާ ބޯޓު "ޖަޒީރާ 103" ރާއްޖެ ގެނެސްފި
ދޯންޏަކުން 57ޓަނުގެ މަސް ކިރުވައި މިލިއަނެއްހާ ރުފިޔާ
އައިސްޕްލާންޓުތައް ދޫކޮށްލުމުން މިފްކޯއަށް ވާނީ ރަނގަޅު