22 މާޗް 2022
އއ. އުކުޅަހުގެ ކުނިގޮނޑުން، އެ ތަނާ ކައިރީގައި ހުންނަ ސްކޫލަށް ދުމުގެ އަސަރުކޮށް މެންދުރު ފަހުގެ ދަންފަޅީގެ ދަރިވަރުން މިއަދު ގެއަށް ފޮނުވާލައިފި އެވެ.
އއ. އުކުޅަހުގެ ކުނިގޮނޑުން، އެ ތަނާ ކައިރީގައި ހުންނަ ސްކޫލަށް ދުމުގެ އަސަރުކޮށް މެންދުރު ފަހުގެ ދަންފަޅީގެ ދަރިވަރުން މިއަދު ގެއަށް ފޮނުވާލައިފި އެވެ.
އެ ސްކޫލުން ވާހަކަދެއްކި ޓީޗަރަކު ބުނީ، ސްކޫލްގެ އިންފާރާ ޖެހިގެން އޮންނަ ކުނިގޮނޑުގައި އާއްމުކޮށް ކުނި އަންދަނީ ރޭގަނޑު ކަމަށެވެ. ނަމަވެސް މިއަދު މެންދުރު ފަހުގެ ދަންފަޅީގެ ކިޔެވުން ފަށަން ވަރަށް ކައިރިވެފައި ހުއްޓައި ކުނިގޮނޑުގައި ރޯކޮށްލުމުން، އެ ދުމުގެ އަސަރު މުޅި ސްކޫލްތެރެއަށް ފޯރީ ކަމަށެވެ.
އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން، ދުމުގެ މައްސަލަ ހައްލުވަންދެން މެންދުރު ފަހުގެ ދަންފަޅީގެ ދަރިވަރުން ގެއަށް ފޮނުވާލަން އެންގި އެވެ.
އުކުޅަހު ސްކޫލްގެ ތެރޭގައި ދުންބޯވެފައި.
"ދުން ބޯވުމުގެ މައްސަލަ މި ވަގުތަށް ހައްލުވެއްޖެ. އެކަމަކު ސްޓާފްރޫމާއި އެކި ތަންތަނުގައި އެބަހުރި ދުން ވަސް ވަރަށް ބޮޑަށް،" އެ ޓީޗަރު ބުންޏެވެ.
"އިންޓަވަލަށް ފަހު 3:30 ގައި ސްކޫލަށް ހާޒިރުވާން ދަރިވަރުންނަށް އަންގާފައިވަނީ މިހާރު،"
އުކުޅަހު ސްކޫލް ތެރޭގައި ދުންބޯވެފައި.
އޭނާ ބުނީ މި ފަހުން ތިން ދުވަހެއްގައި ދުވާލު ގަޑީގައި ކުނި އަންދައިގެން ދަރިވަރުންނަށް ދަތިވި ކަމަށެވެ. އެކަމަކު، ސްކޫލުން ފޮނުވާލަން ޖެހޭ ވަރެއް މީގެ ކުރިން ނުވެ އެވެ.
"މީގެ ކުރިން ހަވީރު ވެސް ރޯކޮށްލަފާނެ ދަރިވަރުން ސްކޫލްގައި ތިއްބައި. ވަރަށް ޒަމާންވީ މައްސަލައެއް މިއީ،" އެ ޓީޗަރު ބުންޏެވެ.
ރޭގަނޑު ކުނި އެންދިއަސް އެކަމުގެ އުނދަގޫ ރަށުގެ އާއްމުންނަށް ކުރާ ކަމަށް، އުކުޅަހުން ވާހަކަދެއްކި ބައެއް މީހުން ބުނެ އެވެ.
ނެށުމާ ދެކޮޅުހެދި ޓީޗަރު ވަޒީފާއިން ވަކިކުރީ ގޯސްކޮށް
ނެށުމާ ދެކޮޅުހެދި ޓީޗަރުންނަށް އިސްލާހީ ފިޔަވަޅު އަޅަނީ
އުކުޅަހުގެ 3 ޓީޗަރެއްގެ ސަސްޕެންޝަން އިތުރު ކޮށްފި
ނަށަން ދަސްކޮށްދޭން ދެކޮޅުހެދި ތިން ޓީޗަރަކު ސަސްޕެންޑް
އުކުޅަހު ދަަރިވަރުންގެ އީޖާދު މަގު ބައްތިތަކަށް!
ކޮމިޓީތަކުން އެދުނު ކަންކަން ހަމަޖައްސައިދޭނަން: ރައީސް
ތިނަދު އާއި ރަކީދޫ ސެޓެލައިޓް ސްކޫލު ހުހަށް!
ގްރޭޑް އެކަަކަށް ވައްދަން 2،135 ޖާގައަށް އެދިއްޖެ
ސީއެޗްއެސްއީގައި މެރިން ސައިންސް ކިޔަވައިދޭން ފަށައިފި
ކިޔެވުމަށްޓަކައި މާލެއަަށް، ހައްލެއް ފެންނާކަށް ނެތް؟!