Roadha Mihaaru
ވިލާ މާޓްގެ ފިހާރައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި

ވިލާ މާޓްގެ ފިހާރައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވައިފި

21 މާޗް 2022

ވިލާ ޓްރޭޑިން އިން ހިންގާ ސުޕަމާޓް ޗެއިން "ވިލާ މާޓް" ގެ ފިހާރައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވިލާ ޓްރޭޑިން އިން ހިންގާ ސުޕަމާޓް ޗެއިން "ވިލާ މާޓް" ގެ ފިހާރައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވައިފި އެވެ.

އެއީ ވިލާ ޓްރޭޑިންގެ ދަށުން ފެށި ސުޕަމާޓް ޗެއިންގެ ހަތަރު ވަނަ ފިހާރަ އެވެ. އާ ފިހާރަ ހުޅުވާފައި ވަނީ ހިޔާ ފްލެޓުތަކުގެ 14 ވަނަ ޓަވަރުގަ އެވެ.

ވިލާއިން ބުނީ ދެވަނަ ފިޔަވަހީގައި ފިހާރައެއް ހުޅުވީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާ އެކު ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ހުޅުމާލެއަކީ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް ތަނަށް ވެފައި އެންމެ ކުރިއަރަމުން އަންނަ ތަނަށް ވުމަކީ ވެސް އެ ފިހާރަ އެތަނުގައި ހުޅުވި ސަބަަބެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ވިލާ އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ފިހާރައިގެ އެތެރެ--

ވިލާ އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ފިހާރައިގެ އެތެރެ--

"ވިލާ މާޓް 4" ގެ ނަމުގައި ހުޅުވި އެ ފިހާރައިން ކާބޯތަކެއްޗާއި ތައްޔާރީ ކާނާގެ އިތުރުން ރީތިވާ ސާމާނާއި ގޭތެރެއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ލިބެން ހުންނާނެ އެވެ. އެ ފިހާރައިން ވިއްކާ ހުރިހާ ޕްރޮޑަކްޓަކީ ވެސް ކޮލިޓީ ރަނގަޅު އަގުހެޔޮ ޕްރޮޑަކްޓުތަކެއް ކަމަށް ވިލާ އިން ބުންޏެވެ.

ދެވަނަ ފިޔަވައްސަކީ ގިނަ ބަޔަކު ދިރިއުޅޭ ތަނަކަށްވުމުން އެތަނުގައި ހުޅުވި ފިހާރައިގައި އެކްސްޕްރެސް ކިޔޫއެއް ހަދަން ވަނީ ހަމަޖެހިފަ އެވެ. އެއީ މަދު އެއްޗެހި ގަންނަ މީހުންނަށް އަވަސް ހިދުމަތް ދިނުމަށް ހަދާ ކިޔޫ އެކެވެ.

ވިލާ މާޓުގައި މޭވާ އާއި ތަރުކާރީ ވިއްކަން ބަހައްޓާފައި--

ވިލާ މާޓުގައި މޭވާ އާއި ތަރުކާރީ ވިއްކަން ބަހައްޓާފައި--

ވިލާ މާޓުން ލިބެން ހުންނަ ހުރިހާ ސާމާނެއް އެ ފިހާރައިގެ ވެބްސައިޓުންނާއި މޯބައިލް އެޕްލިކޭޝަނުން ވެސް ލިބެން ހުންނާނެ އެވެ. ވެބްސައިޓުންނާއި އެޕުން އޯޑަރު ކުރުމުން މާލެ އާއި ހުޅުމާލޭގެ ކޮންމެ ތަނަކަށް ޑެލިވަރީ ކޮށްދޭނެ އެވެ. އަދި އަތޮޅުތަކަށް ދަތުރުކުރާ ބޯޓުތަކަށް ވެސް އެ ފިހާރައިން ޑެލިވަރީ ކޮށްދޭނެ އެވެ.

ވިލާގެ ފިހާރަތަކަށް މިހާރު ވެސް އާއްމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެ ކުންފުނީގެ ދަށުން ހުޅުވި އެހެން ފިހާރަތައް ހުންނަނީ ރެހެންދި މަގު، ގ. ފަތުރުވެހީގަޔާއި މާޖީދީމަގު، މއ. ކަޝިޝް އަދި ފަރީދީ މަގު، މ. ސްޓާ ބިލްޑިންގަ އެވެ.