21 މާޗް 2022
ވެޑިން ގައުން ފެހުމަށް މަޝްހޫރު ޔުކްރެއިންގެ ފެޝަން ބްރޭންޑް "މިލަ ނޯވާ" އިން ސިފައިންގެ ޔުނީފޯމާއި މެޑިކަލް ވޯކާސްގެ ޔުނީފޯމް ފެހުމުގެ މަސައްކަތް ފަށައިފި އެވެ.
ވެޑިން ގައުން ފެހުމަށް މަޝްހޫރު ޔުކްރެއިންގެ ފެޝަން ބްރޭންޑް "މިލަ ނޯވާ" އިން ސިފައިންގެ ޔުނީފޯމާއި މެޑިކަލް ވޯކާސްގެ ޔުނީފޯމް ފެހުމުގެ މަސައްކަތް ފަށައިފި އެވެ.
ރަޝިއާ އިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ އަސްކަރިއްޔާ އާއި ސިއްހީ ދާއިރާގައި ގިނަ ބަޔަކު ވޮލަންޓީއާ ކޮށްފައިވެ އެވެ. އެ އެންމެނަށް ބޭނުންވާ ޔުނިފޯމް ފެހުމުގެ މަސައްކަތް އެ ބްރޭންޑުން އަންނަނީ ކުރަމުންނެވެ.
ޔުކްރެއިންގެ ފެޝަން ބްރޭންޑް "މިލަ ނޯވާ" ގެ މުވައްޒަފުން ސިފައިންގެ ޔުނީފޯމް ފަހަނީ.-- ފޮޓޯ: މިލަ ނޯވާ
"މިލަ ނޯވާ" އަކީ އިންޓަނޭޝަނަލް ބްރޭންޑެކެވެ. އެ ބްރޭންޑްގެ ހެދުންތައް ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުތަކުގައި ވިއްކާއިރު، އޭގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތާއި ފްރާންސް އަދި ޗައިނާ ކަހަލަ ބޮޑެތި މާކެޓްތަކުގައި ވެސް ހިމެނެ އެވެ.
އެ ބްރޭންޑް ސީއީއޯ އުލްޔަނަ ކްރީޗަކް ބުނީ އިންޓަނޭޝަނަލް މާކެޓަށް ބޭނުންވާ ހެދުންތައް އުފެއްދުމާ އެކު މިދިޔަ ދެ ހަފުތާ ތެރޭގައި އެ ބްރޭންޑުން ވަނީ ހަނގުރާމައިގައި ގައުމަށް ވެދޭ އެހީއެއްގެ ގޮތުން ސިފައިންނާއި މެޑިކަލް ވޯކާސްގެ ޔުނީފޯމް ފެހުމުގެ މަސައްކަތް ފަށައިފަ އެވެ.
ބޭރު ގައުމުތަކުގައި ތިބި އެ ބްރޭންޑް ސަޕްލަޔާސްގެ އެހީގައި އެ މަސައްކަތް ކުރުމަށް ބޭނުންވާ މެޓީރިއަލްސް ހޯދާއި، މިހާތަނަށް 1،500 ވުރެ ގިނަ ޔުނީފޯމް ފަހާފައިވެ އެވެ.
"މިލަ ނޯވާ" ގައި 600 މީހުން މަސައްކަތް ކުރެ އެވެ. އެއީ 98 ޕަސެންޓް އަންހެނުންނެވެ.
ޔުކްރެއިންގެ ފެޝަން ބްރޭންޑް "މިލަ ނޯވާ" ގެ މުވައްޒަފުން ޕޮލެންޑްގައި ހުންނަ ވަގުތީ ވޯކްޝޮޕްގައި މަސައްކަތްކުރަނީ.-- ފޮޓޯ: މިލަ ނޯވާ
ހަނގުރާމައާ ގުޅިގެން ޔުކްރެއިންގައި ތިބި އެ ބްރޭންޑްގެ މުވައްޒަފުންނަށް ވަނީ ޕޮލެންޑްގައި މަސައްކަތް ކުރަން ދިއުމުގެ ފުރުސަތު ވެސް ދީފަ އެވެ. ހަނގުރާމައާ ގުޅިގެން ޕޮލެންޑްގައި އެ ބްރޭންޑްގެ ވަގުތީ ވޯކްޝޮޕެއް ހަދާފައިވެ އެވެ. މިހާރު ޔުކްރެއިންގައި ތިބީ އެމީހުންގެ 450 މުވައްޒަފުންނެވެ.
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ޔޫކްރޭންގައި ބިންގަރާސް ސްކޫލްތަކެއް ހަދަނީ
ރަޝިޔާގެ ނުބަޔަށް އިތުބާރު ކުރެވޭކަށް ނެތް: ޒެލެންސްކީ
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ކިމްއާ އެކު ހުރިހާ ދާއިރާއަކުން މަޝްވަރާ ކުރެވޭނެ
ޕުޓިންއާ މަޝްވަރާ ކުރައްވަން ކިމް ރޭލުގައި ރަޝިޔާއަށް
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ރަޝިޔާގެ ހަ ސަރަހައްދަކަށް ޑްރޯން ހަމަލާތަކެއް
ރަޝިޔާއަށް ހަމަލާ ދޭންއުޅުނު ޑްރޯންތަކެއް ވައްޓާލައިފި
ރަޝިޔާގެ ބޮޑު ތެޔޮ ޓޭންކަރެއް ގޮއްވާލައިފި