20 މާޗް 2022
މާވެލްގެ ސުޕަހީރޯ "ލޯކީ"ގެ ރޯލުން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޓޮމް ހިޑްލްސްޓަން އާއި އޭނާގެ ބައިވެރިޔާ ޒޯވީ އޭޝްޓަން އެންގޭޖުވެއްޖެ އެވެ.
މާވެލްގެ ސުޕަހީރޯ "ލޯކީ"ގެ ރޯލުން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޓޮމް ހިޑްލްސްޓަން އާއި އޭނާގެ ބައިވެރިޔާ ޒޯވީ އޭޝްޓަން އެންގޭޖުވެއްޖެ އެވެ.
ހިޑްލްސްޓަން އާއި އޭޝްޓަންގެ ކައިވެނީގެ ވާހަކަތަކެއް ދައުރުވާންް ފަށާފައި ވަނީ ދާދި ފަހުން ބޭއްވި ބްރިޓިޝް އެކެޑެމީ ފިލްމް އެވޯޑްސް (ބާފްޓާ) ހަފުލާގައި ދެމީހުން އެކީގައި ފެނުމުންނެވެ. އެކަމާ ގުޅިގެން ސުވާލު ކުރުމުން ހިޑްލްސްޓަން ވަނީ އެންގޭޖްމެންޓްގެ ވާހަކަ ކަށަވަރު ކޮށްދީފަ އެވެ.
ޓޮމް އެކޭ އެއްގޮތަށް ޒޯއީ އަކީ ވެސް އެކްޓިން ދާއިރާގައި މަސައްކަތް ކުރާ ޒުވާނެކެވެ. ޓޮމް އާއި ޒޯއީ ދިމާވީ އެކީގައި ކުޅުނު ފިލްމެއްގެ ތެރެއިން 2019 ވަނަ އަހަރުގަ އެވެ. "ބިޓްރެޔަލް" ނަމަކަށް ކިޔާ އެ ފިލްމުގައި ދެމީހުން ފެނުނީ ވެސް ދެމަފިރިންގެ ރޯލުންނެވެ.
އެ ދެމީހުން އެންގޭޖުވިޔަސް ކައިވެނި ކުރާނެ ދުވަހެއް ހާމަކޮށްފައެއް ނުވެ އެވެ. ޓޮމް އަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ވީހާ ވެސް މީޑިއާއާ ދުރުގައި ގެންގުޅޭ މީހެކެވެ. އޭނާ ވަނީ މީގެ ކުރިން އެ ވާހަކަ އިންޓަވިއުއެއްގައި ވެސް ބުނެފަ އެވެ.
ޓޮމް އާއި ހޮޮލީވުޑް ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް މީގެ ކުރީން ވަނީ ރައްޓެހިވެފަ އެވެ. އެ މުއްދަތުގައި ދެމީހުންގެ ގުޅުމާއި ވާހަކަތައް ވަރަށް ބޮޑަށް އާންމުންގެ ތެރޭގައި ދެކެވުނެވެ. އެގޮތަށް ކަންތައް ވުމަކީ ޓޮމް އެހާ ބޭނުންވާ ކަމެއް ނޫން ކަމަށް އޭނާ ކުރިން ބުންޏެވެ.
ޖޯޝް ރީތީގެ ރާނީއަކާ އިންނަނީ
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
ކަމިލަ އާއި މެންޑޭޒްގެ ލޯބީގެ ގުޅުމުގައި ސިއްކަ
ހޮލީވުޑްގެ އާ ލޯބިވެރިންނަކީ ކްރިސް އާއި ސެލީނާ؟
ކަންޔޭގެ އާ ބައިވެރިޔަކީ އައިރީނާ؟
"ފްރެންޑްސް" ގެ މެތިއުގެ އެންގޭޖްމަންޓް ރޫޅާލައިފި
އެންގޭޖްމަންޓް ރޫޅާލި ވާހަކަ ޖެނިފާ ލޮޕޭޒް ދޮގުކޮށްފި
ޖޯލީ އަށް ޕިޓް ހަދިޔާއަކަށް ދިން ކުރެހުމެއް ނީލަމަކަށް
ގާގާގެ އާ ބައިވެރިޔަކީ މައިކަލް
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި