Roadha Mihaaru
ކަންޔޭގެ އާ ބައިވެރިޔަކީ އައިރީނާ؟

ކަންޔޭގެ އާ ބައިވެރިޔަކީ އައިރީނާ؟

05 ޖޫން 2021

އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަން ފިރިމީހާ ކަންޔޭ ވެސްޓްގެ ގާތުން ވަރިވާން ކޯޓަށް ހުށަހަޅާފައިވާ އިރު، ކަންޔޭގެ މިހާރުގެ ބައިވެރިޔަކީ ރަޝިއާގެ މަޝްހޫރު މޮޑެލް އައިރީނާ ޝޭކް ކަމަށް ބައެއް ރިޕޯޓްތަކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަން ފިރިމީހާ ކަންޔޭ ވެސްޓްގެ ގާތުން ވަރިވާން ކޯޓަށް ހުށަހަޅާފައިވާ އިރު، ކަންޔޭގެ މިހާރުގެ ބައިވެރިޔަކީ ރަޝިއާގެ މަޝްހޫރު މޮޑެލް އައިރީނާ ޝޭކް ކަމަށް ބައެއް ރިޕޯޓްތަކުން ބުނެފި އެވެ.

އައިރީނާ، 35، އަކީ ކުރިން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕާގެ ލޯބިވެރިޔާ އެވެ. އެ ދެ މީހުން 2018 ގައި ވަކިވި އިރު ދަރިއަކު ވެސް ލިބިފައިވެ އެވެ.

ގޮސިޕް ޚަބަރުތައް ގެނެސްދޭ އެމެރިކާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ކަންޔޭ އާއި އައިރީނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އިރު، އެ ދެ މީހުން ކުރިން ވެސް އެކަކު އަނެކަކު ދަންނަ ކަމަށެވެ. އެގޮތުން ކަންޔޭ އާއި އައިރީނާއާ ދެމެދު އެކުވެރިކަމެއް އޮންނަތާ 10 ވަރަކަށް އަހަރުވެދާނެ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

ކަންޔޭ 2010 ގައި ގެނެސްދިން ވީޑިއޯ ލަވަ "ޕަވާ" ގައި އޭނާއާ އެކު ގިނަ އަންހެނުންތަކެއް އުޅޭ ތަން ދައްކާ އިރު އޭގެ ތެރޭގައި ވެސް އައިރީނާ ހިމެނެ އެވެ. އަދި ވަރަށް ފަހުން ކަންޔޭ ނެރުނު ލަވައެއްގެ ޅެމުގައި ވެސް އައިރީނާގެ ވާހަކަ ހިމަނާފައިވެ އެވެ.

މިދިޔަ އަހަރު އެމެރިކާގެ ރައީސް ކަމަށް ވެސް ވާދަކުރި ކަންޔޭ، 43، ކައިރިން ވަރިވާން ކިމް ފެބްރުއަރީ މަހުގެ ތެރޭގައި ކޯޓަށް ހުށަހެޅި އިރު، ޖިންސު ބަދަލުކޮށްގެން އުޅޭ ޖެފްރީ ސްޓާ ކިޔާ މޭކަޕް ގްރޫއަކާ ހިތާވެގެން އުޅޭ ކަމަށް ވެސް މީޑިއާގައި ވާހަކަ ދެކެވުނެވެ.

ކަންޔޭ އާއި އައިރީނާގެ ވާހަކަ މިހާރު މީޑިއާތަކުގައި ދެކެވެމުން އަންނަ އިރު ކިމްގެ ގާތް ބަޔަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އެ ވާހަކައިގައި އެއްވެސް ހަގީގަތެއް އޮތް ކަމަށް ކިމް ގަބޫލުނުކުރާ ކަމަށާއި އެއީ މީޑިއާގެ ސަމާލުކަން ހޯދަން ކަންޔޭ ކުޅޭ ކުޅިވަރުގެ ބައެއް ކަމަށެވެ.