18 މާޗް 2022
ލަންޑަން (މާޗް 18) - ޔޫއެފާ ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ސްޕެއިންގެ ސެވިއްޔާ މުބާރާތުން ކަޓުވާލައި، ވެސްޓް ހޭމް ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ލަންޑަން (މާޗް 18) - ޔޫއެފާ ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ސްޕެއިންގެ ސެވިއްޔާ މުބާރާތުން ކަޓުވާލައި، ވެސްޓް ހޭމް ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޔޫރޮޕާ ލީގު ގަދަ 16 ގައި ވެސްޓް ހޭމް އާއި ސެވިއްޔާ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކުރީ، ހަ ފަހަރު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައިވާ ސެވިއްޔާ އެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ރޭ ކުޅުނު ދެވަނަ ލެގު ވެސްޓް ހޭމް ވަނީ 2-0 އިން ކާމިޔާބުކޮށް، އެގްރިގޭޓް 2-1 ގެ ނަތީޖާއަކާ އެކު ކުއާޓާއަށް ދަތުރު ކޮށްފަ އެވެ.
ވެސްޓް ހޭމް އަށް ފުރަތަމަ ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ 39 ވަނަ މިނިޓުގައި މިޝޭލް އެންޓޯނިއޯ ނަގައިދިން ހުރަހަކުން ތޯމަސް ސޫޗެކެވެ. މި ލަނޑާ އެކު އެގްރިގޭޓް ނަތީޖާ އެއްވަރު ވިއެވެ. މެޗުގެ 90 މިނިޓް ކުޅުން ހަމަވިއިރު ވެސް ސޫޗެކްގެ ލަނޑުން ދެޓީމު އެއްވަރު ވުމުން، ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅޭށެވެ.
އިތުރު ވަގުތުގައި ވެސްޓް ހޭމްގެ ތަފާތަކަށް ވީ ފުރިހަމަ ވަގުތު ހަމަވަނިކޮށް ސައީދު ބެންރަހްމާގެ ބަދަލުގައި ކުޅެން އެރުވި ޔޫކްރޭންގެ ފޯވާޑް އަންޑްރީ ޔަރްމޮލެންކޯ އެވެ. އޭނާ މި ލަނޑު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ވެސްޓް ހޭމްގެ ޕަބްލޯ ފޯނަލްސް އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ސެވިއްޔާގެ ކީޕަރު ދިފާއު ކުރުމުން ލިބުނު ރީބައުންސް ބޯޅައިގައި އެއްފަހަރުން ގޯލުގެ ތެރަށް ފޮނުވާލައިގެންނެވެ.
ރަޝިއާއިން ޔޫކްރޭނުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮޔެސް ވަނީ ޔަރްމޮލެންކޯ އަށް ކުޑަ ޗުއްޓީއެއް ވެސް ދީފަ އެވެ. އޭނާ އެނބުރި އައީ މި ހަފްތާގައި ޕްރިމިއާ ލީގުގައި އެޓީމުން އެސްޓަން ވިލާ އަތުން މޮޅުވި މެޗުގަ އެވެ. އެ މެޗުގައި ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ، މެޗުގެ ފުރަތަމަ ލަނޑު ޖެެހީ ޔަރްމޮލެންކޯ އެވެ.
ވެސްޓް ހޭމް އަކީ މި ވަގުތު ޔޫރޮޕާ ލީގުގައި ކުޅޭ އިނގިރޭސިވިލާތުގެ ހަމައެކަނި ޓީމެވެ. ސްޕެއިންގެ ތިން ޓީމު ގަދަ 16 ގައި ވާދަކުރި އިރު، ކުއާޓާ އިން ޖާގަ ލިބުނީ ހަމައެކަނި ބާސެލޯނާއަށެވެ. ބާސާ ވަނީ ރޭ ފަހަތުން އަރައި ތުރުކީގެ ގެލެޓަސަރާއީ ބަލިކޮށްފަ އެވެ.
ސްޕެއިންގެ ރެއާލް ބެޓިސް، ޖަރުމަނުގެ އެއިންޓްރަކް ފްރޭންކްފާޓާ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-1 އިން ކާމިޔާބުކުރީ ފްރެންކްފާޓެވެ. ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުގެ 90 ވަނަ މިނިޓުގައި ލަނޑު ޖަހައި، އެގްރިގޭޓް ނަތީޖާ އެއްވަރުކޮށް ބެޓިސް އިން އުންމީދެއް ހޯދި ނަމަވެސް ފްރޭންކްފާޓުން ވަނީ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފުގެ ވެސް އެންމެ ފަހު މިނިޓުގައި ލަނޑު ޖަހައި، 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން މެޗު ކާމިޔާބުކޮށް ކުއާޓާ އިން ޖާގަ ހޯދައިފަ އެވެ.
އިޓަލީގެ އެޓަލާންޓާ އާއި ސްކޮޓްލެންޑުގެ ރޭންޖާސްގެ އިތުރުން ޕޯޗުގަލްގެ ބްރާގާ އަދި ފްރާންސްގެ ލިޔޯން ވެސް ވަނީ ރޭ ކުޅުނު ގަދަ 16 ގެ މެޗުތަކަށް ފަހު ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.
ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުން ފެއިލް ވެގެން ޔޫރޮޕާ ކޮންފަރެންސް ލީގު ކުޅެން ޖެހުނު އިނގިރޭސިވިލާތުގެ ލެސްޓާ ސިޓީ، ގަދަ 16 ގެ ދެވަނަ ލެގުން ފްރާންސްގެ ރެންސް އަތުން ބަލިވި ނަމަވެސް 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ލެސްޓާ ވަނީ ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.
ފުރަތަމަ ލެގު ލެސްޓާ އިން 2-0 އިން ކާމިޔާބު ކޮށްފައި ވަނިކޮށް، ރޭ ކުޅުނު ދެވަނަ ލެގުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ރެންސް އެވެ. މެޗުގެ އަށްވަނަ މިނިޓުގައި ރެންސްގެ ބެންޖަމިން ބޮރިގޭޑް ލަނޑު ޖަހައިދީފައި ވަނިކޮށް ލެސްޓާގެ ވެސްލޭ ފޮފާނާ ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ލަނޑު ޖަހައިދީފަ އެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ރެންސް މެޗު ނިންމާލީ 76 ވަނަ މިނިޓުގައި ފްލާވިން ޓައިޓް ޖެހި ގޯލުން މި ލެގު ކާމިޔާބު ކޮށްގެންނެވެ.
އިޓަލީގެ ރޯމާ ވެސް ވަނީ ނެދަލެންޑްސްގެ ވިޓޭސޭގެ މައްޗަށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައި، ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ދެ ޓީމު ކުޅުނު ފުރަތަމަ ލެގު 1-0 ގެ ހަނި ތަފާތަކުން ކާމިޔާބުކުރީ ރޯމާ އެވެ. ރޭ ކުޅުނު ދެވަނަ ލެގުގައި ވިޓޭސޭ އިން 62 ވަނަ މިނިޓުގައި ޖެހި ލަނޑުން އެގްރިގޭޓް ނަތީޖާ އެއްވަރު ވެގެން އިތުރު ވަގުތު ކުޅެން ޖެހޭނެކަމަށް ބެލެވުނު ނަމަވެސް 90 ވަނަ މިނިޓުގައި ޓެމީ އަބްރަހަމް ވަނީ ރޯމާ އަށް ލަނޑު ޖަހައިދީ، އެގްރިގޭޓް ނަތީޖާ އެޓީމު ކޮޅަށް އަނބުރާލައިފަ އެވެ.
ގުރޫޕް ސްޓޭޖުގައި ރޯމާއަތުން ބޮޑު ތަފާތަކުން މޮޅުވި ނޯވޭގެ ޗެމްޕިއަން ބޯޑޯ/ގިލްމްޓް ވެސް ވަނީ ނެދަލެންޑްސްގެ އޭޒެޑް އަލްކަމާގެ މައްޗަށް ކުރި ހޯދައި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ވިޓޭސޭ އާއި އޭޒެޑް ކެޓި ނަމަވެސް ނެދަލެންޑްސްގެ ޕީއެސްވީ އާއި ފެޔެނޫޑް ވަނީ ފުރިހަމަ ކާމިޔާބީއަކާ އެކު ކުއާޓާ އަށް ދަތުރު ކޮށްފަ އެވެ.
ކޮންފަރެންސް ލީގުގެ ކުއާޓާ އިން ޖާގަ ހޯދި އިތުރު ޓީމުތަކުގެ ތެރޭގައި ދެން ހިމެނެނީ ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގާއި ގްރީސްގެ ޕާއޮކް އަދި ފްރާންސްގެ މާސޭ އެވެ.
މޮރޮކޯގެ އައްނަސީރީގެ ގޯލުތަކުން ޔުނައިޓެޑް ކަޓުވާލައިފި
ފުރަތަމަ މޮޅާއެކު ނިސްޓެލްރޫއީއަށް ހޫނު މަރުހަބާއެއް
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
ލިވަޕޫލުން ލަނޑު ގޯންޏެއް، ލެވަކޫސަން ދެއްކީ ޖާދޫ
ޔޫރަޕާއި ދެކުނު އެމެރިކާ ގުޅިގެން ކްލަބް މެޗެއް ތައާރަފް ކޮށްފި
ޔޫރޮޕާ ލީގު ޗެމްޕިއަންކަން ސެވިއްޔާ ހޯދައިފި
މޮރީނިއޯ ރޯމާ ގޮވައިގެން ޔޫރޮޕާ ލީގު ފައިނަލަށް
ރޯމާ އަށް އެޑްވާންޓޭޖް، ޔުވެންޓަސް ސަލާމަތްވީ ކިރިޔާ
ފަހު ވަގުތު ސެވިއްޔާ އިން ޔުނައިޓެޑާ އެއްވަރުކޮށްފި
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް