Roadha Mihaaru
މަލައިކާގެ ހެދުން ކަމުނުދިޔައީ ރިއާނާ ނުލީމަ

މަލައިކާ ބުނީ އޭނާގެ ހެދުން މީހުންނަށް ކަމުނުދިޔައީ ރިއާނާ ނުލީމަ ކަމަށް

12 މާޗް 2022

ބޮލީވުޑްގެ ތަރި، މަލައިކާ އަރޯރާ އަށް އެންމެ ގިނަ ބައެެއްގެ ފާޑުކިޔުމާ ކުރިމަތިލާން ޖެހެނީ އޭނާ ހިނގާ ގޮތަށާއި ލާ އުޅޭ ހެދުންތަކުގެ ސަބަބުންނެވެ. މިފަހަރު ވެސް އޭނާ ލީ ހެދުމެއްގެ ސަބަބުން އަދިވެސް ފާޑުކިޔުންތައް ނުހުއްޓެ އެވެ.

ބޮލީވުޑްގެ ތަރި، މަލައިކާ އަރޯރާ އަށް އެންމެ ގިނަ ބައެެއްގެ ފާޑުކިޔުމާ ކުރިމަތިލާން ޖެހެނީ އޭނާ ހިނގާ ގޮތަށާއި ލާ އުޅޭ ހެދުންތަކުގެ ސަބަބުންނެވެ. މިފަހަރު ވެސް އޭނާ ލީ ހެދުމެއްގެ ސަބަބުން އަދިވެސް ފާޑުކިޔުންތައް ނުހުއްޓެ އެވެ.

މިދިޔަ މަހުގެ 19 ގައި އެކްޓަރު ފަރްހާން އަކްތަރާއި އޭނާގެ ލޯބިވެރިޔާ ކައިވެނިކުރުމަށް ފަހު ބޭއްވި ޕާޓީއަކަށް މަލައިކާ ދިޔައީ ކަޅުކުލައިގެ ހެދުމެއްގަ އެވެ. ވަރަށް ހާމަކަން ބޮޑުކޮށް އޮތް އެ ހެދުން ލައިގެންދިއުމުން އޭނާއާ އެ ނުގުޅޭ ކަމަށް ބުނެ އެތައް ބަޔަކު ދިމާކޮށްލިއިރު، މިފަހަރު މަލައިކާ ވަނީ އެ ފާޑުކިޔުންތަކަށް ރައްދު ވެސް ދީފަ އެވެ.

އުމުރުން 48 އަހަރުގެ މަލައިކާ ސިފަކުރީ މީހުން ވަރަށް ދެފުށްކެހެރި ކަމަށެވެ. މަލައިކާ ބުނީ ހަމަ އެ ހެދުން މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ނުވަތަ ހޮލީވުޑްގެ އެކްޓަރު ޖެނީފާ ލޯރެންސް ލާފައި ހުރި މަންޒަރު ފެނުނު ނަމަ، އެތައް ތައުރީފެއް ކުރާނެ ކަމަށެވެ.

މަލައިކާ ބުނީ އެ ހެދުން އޭނާ އަށް ވަރަށް ކަމުދާ ކަމަށެވެ.

މަލައިކާ އަރޯރާ--

މަލައިކާ އަރޯރާ--

"އެ މީހުންނަކީ [ހޮލީވުޑްގެ އަންހެން ތަރިން] އަކީ ކޮންމެ ދުވަހަކު އަހަރެން ވެސް ވަރަށް އިންސްޕަޔާވާ ބައެއް. ހަމަ އެކަންތައް މިތަނުގައި [ބޮލީވުޑްގައި] ކުރުމުން ސުވާލު މީހުން އުފައްދާ. އޭނާ އަކީ މަންމައެކޭ. އޭނާ އަކީ މިއޭ އެޔޭ. މިހާ ޑަބަލް ސްޓޭންޑާސް ވާންވީ ކީއްވެ؟" މަލައިކާ ބުންޏެވެ.

މަލައިކާ ބުނީ އެ ތަރިން ލުމުން ތައުރީފްކުރާ ގޮތަށް އެހެން މީހަކު އެގޮތަށް ހެދުން އުޅެމުން ތައުރީފު ނުކުރެވެންވީ ކީއްވެ ކަން ނޭނގޭ ކަމަށެވެ.

މަލައިކާ ވަނީ ސޯޝަލް މީޑިއާގައި އޭނާ ޓްރޯލް ކުރާތީ މައިންބަފައިންނަށް ވެސް އޭގެ އަސަރުކުރާ ކަމަށް ބުނެފަ އެވެ. އެމީހުން އޭނާ ގާތުގައި މީހުން ކިޔާ އެއްޗެހީގެ ވާހަކަދައްކާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ވެސް ބުންޏެވެ. އެކަމަކު، ކޮންމެ ފަހަރަކު ވެސް މީހުން ދައްކާ ތާކުންތާކުން ނުޖެހޭ ކަން ކަމަށް އަޅާނުލަން އެދޭ ކަމަށް އޭނާ ބުންޏެވެ.