10 މާޗް 2022
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ ސާބިތު ކުރެވޭނެ ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން އެ މައްސަލަ މިއަދު ބަލައިގެންފި އެވެ.
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ ސާބިތު ކުރެވޭނެ ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން އެ މައްސަލަ މިއަދު ބަލައިގެންފި އެވެ.
ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ދައުލަތުން ކުރީ، މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު، ޕީޕީއެމްގެ ވެރިކަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު (ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ) ނެންގެވި ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި މި މަހުގެ އެކެއްގައި ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ މަހްލޫފަށް 33،000 ޑޮލަރު ލިބުނުކަން ސާބިތު ކުރެވެން އޮތަސް، އެއީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުން ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެއްކަން ސާބިތުކޮށްދެވޭނެ ކަމަށް ނުފެންނަ ކަމަށެވެ.
އެހެންވެ، ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންގޮސް ހެކިބަސް ނެގިޔަސް އެ ދައުވާ ސާބިތު ކުރެވޭނެ ކަމަށް ނުފެންނާތީ، އެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި ދައުވާ ބާތިލްކުރި ކަމަށް ކްރިމިނަލް ކޯޓުން ނިންމި އެވެ.
އެ މައްސަލަ ކުރިއަށް ގެންދަންޖެހޭ ވަރުގެ ހެއްކެއް ނެތް ކަމަށް ނިންމުމުގައި އެންމެ ބޮޑަށް ގާޒީ ފާހަގަކުރެއްވީ އެއީ ރިޝްވަތުގެ ފައިސާކަން ސާބިތުކުރަން ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނާ ގުޅޭ މައްސަލަ އެވެ. އަދީބަކީ ކުށް ސާބިތުވެ، ހުކުމް ތަންފީޒުކުރާ ބޭފުޅަކަށް ވާތީ އެ މަނިކުފާނުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް މަހްލޫފްގެ ފަރާތުން ބުނެފައިވެ އެވެ.
ރިޝްވަތުގެ މައްސަލައިގައި މަހުލޫފް، ކުރިން ވަނީ ވަޒީރުކަމުން ސަސްޕެންޑް ކޮށްފަ އެވެ. އެކަމަކު ފަހުން ސަސްޕެންޝަން އުވައިލި ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރުމުން، އޭނާ މަގާމުން ވަކިކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ. ނަމަވެސް އޭގެ ފަހުން ދައުލަތުން ވަނީ އެ ނިންމުން ވެސް ބަދަލު ކޮށްފަ އެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ވަޒީރަކު މަގާމުގައި ހުންނަވަނިކޮށް ޖިނާއީ ކަމެއްގައި ދައުވާކުރި ފުރަތަމަ މައްސަލަ އެވެ.
މަހްލޫފްގެ މައްސަލަ: ވައިބަ މެސެޖްތަކަކާ މެދު ސުވާލު
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
މަހުލޫފުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
މަހްލޫފްގެ ޝަރީއަތް:ބޮޑެތި ތުހުމަތުތަކާއި ބަހުގެ ހަމަލާ
މަހުލޫފުގެ މައްސަލަ: ސަރުކާރަށް ހުތުރަކަށް ނުވަނީތަ؟
ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި
އެއް މިލިއަން ޑޮލަރު ހޯދަން ބޭންކަށް ދައުވާ ނުކުރެވޭނެ
ދެމިލިއަންޑޮލަރުގެ ދައުވާ އެމްއެމްޕީއާރުސީއަށް ނާކާމިޔާބު