04 މާޗް 2022
ކިއޭވް (މާޗް 4) - ރަޝިޔާ ސިފައިން މިދިޔަ ހަފުތާގައި ޔުކްރޭނަށް އެރި ފަހުން އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަވަހާރަކޮށްލަން ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.
ކިއޭވް (މާޗް 4) - ރަޝިޔާ ސިފައިން މިދިޔަ ހަފުތާގައި ޔުކްރޭނަށް އެރި ފަހުން އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަވަހާރަކޮށްލަން ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.
ޒެލެންސްކީ އަވަހާރަކޮށްލުމުގެ ރޭވުންތައް ވަނީ ހަނގުރާމައާ ދެކޮޅު ރަޝިޔާގެ ފެޑެރަލް ސެކިއުރިޓީ ސާވިސްގެ މީހުން ފެއިލްކޮށްލައިފަ އެވެ. ޔުކްރޭނުގެ ސެކްރެޓަރީ އޮފް ނޭޝަނަލް ސެކިއުރިޓީ އެންޑް ޑިފެންސް އިން ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.
ޓައިމްސް އޮފް ލަންޑަން އިން ބުނެފައިވާ ގޮތުގައި ޒެލެންސްކީ އަވަހާރަކޮށްލަން މަސައްކަތްކޮށްފައި ވަނީ ކުލީ ސިފައިންގެ ބައެކެވެ. އެއީ މޮސްކޯ އަށް ތާއީދުކުރާ ގްރޫޕެކެވެ. އެ ގްރޫޕުގެ 400 އަށް ވުރެ ގިނަ މީހުން ވަނީ ޔުކްރޭނުގެ ވެރިރަށް ކިއޭވް އަށް އެތެރެވެފައި ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. އަދި އެ މީހުންގެ އަތުގައި "މަރަން ޖެހޭ މީހުންގެ ލިސްޓެއް" އެބައޮތް ކަމަށާއި އެ ލިސްޓުގައި 24 މީހަކު ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ. އެ ގްރޫޕުން ޒެލެންސްކީ އަވަހާރަކޮށްލި ނަމަ އެކަން ކުރީ ރަޝިޔާގެ ސީދާ ބައިވެރިވުމެއް އޮވެގެން ނޫން ކަމަށް ކްރެމްލިން އިން ބުނާނެ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
ރަޝިޔާ އިން ހަނގުރާމަ ފެށުމާ އެކު، ޒެލެންސްކީ، 44، ވަނީ ގައުމު ދޫކޮށް ވަޑައިގަތުމަށް ދެކޮޅު ހައްދަވައިފަ އެވެ. އަދި ކުރީގެ ކޮމެޑީ ބަތަލް ވަނީ ރަޝިޔާއާ ދެކޮޅަށް ވަރުގަދަ ބަހުގެ ހަމަލާތައް ދެއްވައި އޭނާ ހުންނަވާނީ ރައްޔިތުންނާ އެކު ކަމަށް ވިދާޅުވެ މަގުތަކަށް ނުކުންނަވައިގެން އުޅޭ މަންޒަރުތައް ވެސް ޓްވީޓްކުރައްވައިފަ އެވެ. ޒެލެންސްކީ ވިދާޅުވެފައި ވަނީ ރަޝިޔާގެ ހަމަލާތަކުގެ އެއްވަނަ އަމާޒަކީ އޭނާ ކަމަށެވެ.
ޒެލެންސްކީ ޔުކްރޭނުން ނެރެ، ހިމާޔަތް ދިނުމަށް އެމެރިކާ އިން ހުށަހެޅުމުން ވެސް އޭނާ ވަނީ އެކަން ގަބޫލް ނުކުރައްވައި ދޫކޮށްލައްވައިފަ އެވެ.
"ރަޝިޔާގެ 74 އަވަށެއްގެ ކޮންޓްރޯލް ލިބިއްޖެ"
ރަޝިޔާގެ ނުބަޔަށް އިތުބާރު ކުރެވޭކަށް ނެތް: ޒެލެންސްކީ
ހަނގުރާމަ މިހާރު އެ ވަންނަނީ ރަޝިޔާއަށް: ޒެލެންސްކީ
ކްރައިމިއާ ބްރިޖު އަނެއްކާވެސް ބަންދުކޮށްފި
ނޭޓޯ އިން ޒެލެންސްކީ ރުޅިއަރުވާލައިފި
ނޭޓޯ މަހާސިންތާގެ ބައިވެރިން ލިތުއޭނިއާ އަށް
އެފްރިކާގެ ރައީސް، ޕުޓިންއަށް: ހަނގުރާމަ ހުއްޓަލާ
ޑޭމް ގޮއްވައިލުމުން އެތައް ހާސް ބަޔަކަށް ނުރައްކާ
އެމެރިކާއިން ހެދި އޭއައި ޑްރޯންގެ ކޮންޓްރޯލް ގެއްލިއްޖެ
ޔޫކްރޭން އޮތީ ނޭޓޯއާ ގުޅެން ތައްޔާރު: ޒެލެންސްކީ